އާޓެޓާ ދެކޭގޮތް: އާސެނަލްގެ ސިއްރަކީ ކުޅުންތެރިން މެދުގައި އޮތް އެއްބައިވަންތަކަން

Mar 31, 2023, 1:06 AM
އާޓެޓާ ދެކޭގޮތް: އާސެނަލްގެ ސިއްރަކީ ކުޅުންތެރިން މެދުގައި އޮތް އެއްބައިވަންތަކަން

ލަންޑަން (މާޗު 31) - އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދުމާ ދިމާލަށް އާސެނަލްގެ މިސްރާބު އޮތްއިރު، މި ސީޒަންގައި އާސެނަލް އިން ނެރެފައިވާ ނަތީޖާތަކުގެ ސިއްރަކީ ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮތް އެއްބައިވަންތަކަން ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ކޮންމެ ޓީމެއް ވެސް ބާކީ 10 މެޗު ކުޅެން އޮތްއިރު، އަށް ޕޮއިންޓްގެ ލީޑަކާ އެކު އާސެނަލް އޮތީ ތާވަލްގެ އެއް ވަނައިގަ އެވެ. އާސެނަލް އަށް 2004 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ތަށި ކާމިޔާބުކުރުމުގެ މަގު ވަނީ ފަހިވެފަ އެވެ.

ދެ ވަނައިގައި އޮތް މެންޗެސްޓަ ސިޓީ އަތުން ބަލިވެ، އާސެނަލް އަށް އެއް ވަނަ މަގާމު ކުޑަ ދުވަސްކޮޅަކަށް ގެއްލުނެވެ. އެކަމަކު، އިނގިރޭސި ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް މޮޅުވެ، ލީގު ހޯދުމުގެ ރޭހުގައި އާސެނަލް އިން ވަނީ ކޮންޓުރޯލް ނަގައިފަ އެވެ.

އާޓެޓާ ދެކޭގޮތުގައި މި ސީޒަންގައި އާސެނަލް އިން ދައްކަމުންދާ ރަނގަޅު ފޯމުގެ އަސްލަކީ ކުޅުންތެރިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމެވެ

"ޓީމުގެ ކޯޗުގެ ކާމިޔާބަކީ ޓީމު ތެރޭގައި އޮތް ގުޅުމާޢި އެއްބައިވަންތަކަން،" އާޓެޓާ ބުންޏެވެ.

"ވަރަށް އުފާވާކަމެއް މިއީ. އެކަކު އަނެކަކާ އެއްކޮށް ގުޅުން އެބަ ބާއްވާ. އެކަކުގެ ކުރިއެރުމަށް އަނެއްމީހާ އެބަ އެހީވޭ، އެހެންވީމަ މިއީ ހަގީގަތުގައި ޓީމެއް ކާމިޔާބީގެ މަގުގައި ބިނާކުރަން ވެސް ލިބޭ ފަސޭހައެއް،"

މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ކޯޗިން ކެރިއަރު ފެށި އާޓެޓާ ބުނީ މި ފަހަރުގެ ލީގުގެ ރޭހުގައި އާސެނަލުން ވާދަކުރަން ޖެހޭ ސިޓީ އަކީ މި ފަދަ ލީގު ހޯދުމުގެ ރޭސްތަކުގެ ތަޖުރިބާގިނަ ކުޅުންތެރިން ހިމެނޭ ސްކޮޑެއް ކަމަށެވެ. އެކަމަކު، އާސެނަލުން ވިސްނުން ބައްޓަން ކުރާނީ އަމިއްލަ ކޮންފިޑެންސްގައި މެޗުތަކުން މޮޅުވެ ލީގު ހޯދުމަށް ކަމަށެވެ.

އިންޓަނޭޝަނަލް ބްރޭކަށް ފަހު އާސެނަލް ލީގުގައި .ކުޅޭ ފުރަތަމަ މެޗުގައި މާދަމާރޭ ކުޅޭނީ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox