ޗައިނާގެ ރައީސް ޔޫކްރެއިނަށް ވަޑައިގެންނެވުމަށް ދައުވަތު އަރުވައިފި

ޗައިނާގެ ރައީސް ޝީ ޖިންޕިން. -- ފޮޓޯ: އޭޕީޗ

ޗައިނާގެ ރައީސް ޝީ ޖިންޕިން. -- ފޮޓޯ: އޭޕީޗ

ޗައިނާގެ ރައީސް ޝީ ޖިންޕިން ޔޫކްރެއިނަށް ވަޑައިގެންނެވުމަށް ދައުވަތު އަރުވާފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

އޭޕީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ ޝީ ޖިންޕިންއާ އެކު މަޝްވަރާ ކުރައްވަން ބޭނުންވާ ކަމަށެވެ.

"ހަނގުރާމަ ފެށުމުގެ ކުރިން ޝީ ޖިންޕިން އާއި އަޅުގަނޑު މަޝްވަރާ ކުރިން. އެކަމަކު މި ފާއިތުވި އަހަރަކަށް ވުރެ ދިގު މުއްދަތުގައި އެންމެ ފަހަރަކު ވެސް ވާހަކަ ނުދެކެވޭ،" ޒެލެންސްކީ ވިދާޅުވި އެވެ.

ޝީ ޖިންޕިން ދާދި ފަހުން ވަނީ ރަޝިއާއަށް ވަޑައިގެން ރައީސް ލެޑިމިއަ ޕުޓިންއާ ބައްދަލުކުރައްވައިފަ އެވެ. އަދި ޔޫކްރެއިން ހަނގުރާމަ ނިންމަން ހުށަހެޅުމެއް ދެއްކެވި އެވެ.

ޗައިނާގެ ހުށަހެޅުމުގައި ގޮވާލަނީ ސުލްހައިގެ މަޝްވަރާ ފެށުމަށާއި ގައުމުތަކުގެ އިސްތިގުލާލަށް އިހްތިރާމް ކުރުމަށެވެ. އެކަމުގެ ތަފްސީލް ހާމަކޮށް ޗައިނާއިން ނެރުނު ލިޔުމުގައި 12 ނުކުތާ ހިމެނެ އެވެ.

ޝީ ޖިންޕިންގެ ދަތުރުފުޅުގައި ރަޝިއާއަށް އެއްވެސް އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ވާހަކަ ދައްކާފައި ނުވާތީ ޒެލެންސްކީ ވިދާޅުވީ އެއީ ރަނގަޅު ނިޝާނެއް ކަމަށެވެ.

"އޭގެ މާނައަކީ ކޮބައިތޯ؟ އޭގެ މާނައަކީ އެ ދަތުރުން ރަޝިއާއަށް މާ ބޮޑު ފައިދާއެއް ނުކުރެއޭ،" ޒެލެންސްކީ ވިދާޅުވި އެވެ. ޒެލެންސްކީގެ ދައުވަތާ ގުޅޭ ގޮތުން ޗައިނާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މީގެ ކުރިން ވެސް ޒެލެންސްކީ ވަނީ ޝީ ޖިންޕިންއާ ބައްދަލުކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެ ފަހަރު ވެސް ޗައިނާއިން ވަކި އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox