ކޯޗުން ވަކިކުރަން 10 އަހަރު ތެރޭ ޓޮޓެންހަމުން 67.5 މިލިއަން ޑޮލަރު ހަރަދުކޮށްފައިވޭ

Mar 29, 2023, 8:52 AM
ކޯޗުން ވަކިކުރަން 10 އަހަރު ތެރޭ ޓޮޓެންހަމުން 67.5 މިލިއަން ޑޮލަރު ހަރަދުކޮށްފައިވޭ

ލަންޑަން (މާޗު 19) - ދާދި ފަހުން ޓޮޓެންހަމް ހޮޓްސްޕާސްގެ ކުޅުންތެރިންނާއި މެނޭޖްމަންޓަށް ފާޅުގައި ފާޅުކިއުންތައް އަމާުޒުކުރި ކޯޗު އެންޓޯނިއޯ ކޮންޓޭ މި ހަފުތާގައި ޓޮޓޭންހަމް ކޯޗުކަން ދޫކޮށްލުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ޓޮޓެންހަމް އާއި ކޮންޓޭއާދެމެދު ހިތްހަމަނުޖެހުންތަކެއް އޮންނަތާ ދުވަސްކޮޅެއްވެއްޖެ އެވެ.

ކުޅުންތެރިންނާއި މެނޭޖްމަންޓް އަދި ޓޮޓެންހަމް އިން ގެންގުޅޭ އުސޫލުތަކާއި ކްލަބްގެ ވައްޓަފާޅި އަށް ކޮންޓޭ ފާޅުގައި ފާޑުކިޔަން ފެށީއެ ޓީމުން ވަކިވުމުގެ ވިސްނުމެއް އޮތުމުން ކަމަށް ވެސް ބުރަވެވޭ ސަބަބުތަކެއް އެބަހުއްޓެވެ.

ޓޮޓެންހަމް އަށް އަނެއްކާ ވެސް ކޯޗު ވަކިވުމާ އެކު ބޮޑު އަދަދެއް ބަދަލެެއްގެ ގޮތުގަޢި ދޭންޖެހުނީ އެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ކޮންޓޭގެ ކޮންޓުރެކްޓް ބާތިލްކުރުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 4.9 މިލިއަން ޑޮލަރު ޓޮޓެންހަމް އިން ދޭން ޖެހެ އެވެ.

Advertisement

މަގާމުން ވަކިވުމަށް ފަހު ކޮންޓޭ ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ވަނީ ޓޮޓެންހަމްގައި ކުރި މަސައްކަތުގައި އެންމެ ބޮޑު އެއްބާރުލުމެއް ދިން އެއް ބަޔަކީ ސަޕޯޓަރުންކަން ފާހަގަކޮށް އެ މީހުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ޓޮޓެންހަމް އިން ވަނީ 2013 ވަނަ އަހަރުން ފެށިގެން މިވީ 10 އަހަރު ތެރޭ އެ ޓީމުގައި މަސައްކަތްކުރި ހަ ކޯޗުންގެ ތެރެއިން، ފަސް ކޯޗަށް ބަދަލުގެ ގޮތުގައި ބޮޑެތި އަގުތަކެއްދީފަ އެވެ. ކޯޗުންނަށް ދޭ ބަދަލުގެ ގޮތުގައި، މިވީ މުއްދަތުގައި ޓޮޓެންހަމް އިން ވަނީ މިހާތަނަށް 67.5 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.

އެންމެ ބޮޑު ބަދަލެއް ލިބިފަިވަނީ ޕޯޗުގަލްގެ ކޯޗު ހޯސޭ މޮރިނީއޯ އަށެވެ. މޮރީނިއޯ އަށް ބަދަލެއްގެ ގޮތުގައި 24.6 މިލިއަން ޑޮލަރު އެވެ.

އޭގެ ކުރިން ހުރި ޓޮޓެންހަމަށް ކޯޗުކޮށްދިން ބައެއް ކޯޗުންނަށް ވަޒީފާ އިން ވަކިކުރިއިރު، ދޭން ޖެހުނު ބަދަލަށް ބަލާއިރު، މައުރީސިއޯ ޕޮޗެޓީނޯ އަށް ދިނީ 15.3 މިލިނަން ޑޮލަރު ދިނެވެ. ޒުވާން ކޯޗު، އަންދްރޭ ވިޔަސް ބޮއަސް އަށް 5.5 މިލިއަނަ ޑޮލަރު ދިންއިރު، މިދިޔަ 10 އަހަރު ތެރޭ ބަދަލުގައި އެއްވެސް އެއްޗެއް ނުދީ ޓޮޓެންހަމް އިން ވަކިކުރި ހަމައެކަނި ކޯޗަކީ ޓިމް ޝާވުޑް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox