މިޔަންމާގެ އަސްކަރީ ސަރުކާރުން ސޫ ކީގެ ޕާޓީ އުވާލައިފި

ސޫ ކީގެ ސަޕޯޓަރުން އަޑުއުފުލަނީ. -- ފޮޓޯ: އޭއެފްޕީ

ސޫ ކީގެ ސަޕޯޓަރުން އަޑުއުފުލަނީ. -- ފޮޓޯ: އޭއެފްޕީ

މިޔަންމާގެ އަސްކަރީ ސަރުކާރުގެ ދަށުން ހިންގާ އިލެކްޝަންސް ކޮމިޝަނުން އެ ގައުމުގެ އިންތިހާބީ ލީޑަރު އަންގް ދަން ސޫ ކީގެ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީ އުވާލަން ނިންމައިފި އެވެ.

އެގޮތަށް ނިންމީ މިޔަންމާގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި އަލަށް ތަންފީޒު ކުރަމުންދާ އިންތިހާބާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެ ޕާޓީ ރީރަޖިސްޓްރީކޮށްފައި ނުވާތީއެވެ.

އެންމެ ފަހުން 2020 ވަނަ އަހަރު މިޔަންމާގައި އޮތް އިންތިހާބު ކާމިޔާބު ކުރީ އެންއެލްޑީ ޕާޓީންނެވެ. އެކަމަކު އެ ޕާޓީން ވޯޓު އޮޅުވާލި ކަމަށް ބުނެ، ފެބްރުއަރީ 2021 ގައި ބަގާވާތް ކުރި އެވެ.

މިދިޔަ ޖެނުއަރީ މަހު އިލެކްޝަންސް ކޮމިޝަނުން ޕާޓީތައް ރަޖިސްޓްރީ ކުރަން ދިނީ ދެ މަހުގެ މުއްދަތެކެވެ. އެއީ ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް ފާސްކުރި ހަރުކަށި އާ ގާނޫނެއްގެ ދަށުންނެވެ.

އާ އިންތިހާބަކީ މިނިވަން، އިންސާފުވެރި އިންތިހާބަކަށް ހަދާނެ ކަމަށް އަސްކަރީ ސަރުކާރުން ބުނި ނަމަވެސް، އިންތިހާބާ ދިމާކޮށް ހަރުކަށި ގާނޫނެއް ތައާރަފު ކުރުމުން އެއީ ހަގީގީ ވާހަކައެއް ނޫން ކަމަށް ޕާޓީތަކުން ބުނެ އެވެ.

މިޔަންމާގެ 90 ސިޔާސީ ޕާޓީގެ ތެރެއިން އަލުން ރަޖިސްޓްރީ ކުރަން ހުށަހެޅީ 50 ޕާޓީ އެވެ. ބާކީ ހުރިހާ ޕާޓީއެއް އުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެންއެލްޑީއަކީ 1988 ވަނަ އަހަރު ސޫ ކީ އުފެއްދި ޕާޓީއެކެވެ. އޭގެ ފަހުން 1990 ވަނަ އަހަރުގެ އިންތިހާބުގައި އެ ޕާޓީއަށް ބޮޑު ކާމިޔާބެއް ލިބުނެވެ. އެކަމަކު އޭރު ވެސް އޮތް އަސްކަރީ ސަރުކާރުން އެ އިންތިހާބުގެ ނަތީޖާ ބާތިލްކުރި އެވެ.

އެ ޕާޓީގެ އަމާޒަކީ މިޔަންމާގައި އޮތް އަސްކަރީ ވެރިކަމާއި ބަގާވާތް ހިންގުމުގެ ތާރީހު ބަދަލުކޮށް، ޑިމޮކްރެޓިކް ވެރިކަމެއް ގާއިމްކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox