ކީޕަރުންނަށް އާ ގަވާއިދެއް: ޕެނަލްޓީ ޖަހާ ކުޅުންތެރިޔާއަށް އުނދަގޫ ނުކުރެވޭނެ!

Mar 26, 2023, 8:18 AM
އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް، ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ތެރެއިން.

އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް، ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ތެރެއިން.

ޒިއުރިކް، ސްވިޒަލެންޑް (މާޗް 26) - ޕެނަލްޓީގައި ގޯލްކީޕަރުގެ ހަރަކާތްތައް މަދުކޮށް، ޕެނަލްޓީ ޖަހަންދާ ކުޅުންތެރިޔާ އަށް އުނދަގޫ ނުކުރުމަށް ބާރުއަޅާ ގޮތަށް ގޯލްކީޕަރުންގެ އާ ގަވާއިދެއް ނެރެފި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ގަވާއިދުތައް ކަނޑައަޅާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ފާސްކޮށް އާ ގަވާއިދެއް ނެރުނީ ޕެނަލްޓީ ޖަހާ ކުޅުންތެރިޔާގެ ސަމާލުކަން ގެއްލުވާލުމަށް ކީޕަރުން ގިނަ އުކުޅުތަކެއް ބޭނުންކޮށް މެޗުގެ ނަތީޖާތައް ބަދަލުކޮށްލުމުގައި އޭގެ ބޭނުން ހިފުން އާންމުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެންމެ ފަހުން ނިމުނު ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ފީފާ ވޯލްޑްކަޕްގައި ވެސް މި ކަންތައް ވަރަށް ބޮޑަށް ފާހަގަވި އެވެ. އެ ގޮތުން ވޯލްޑް ކަޕްގެ ފައިނަލުން އާޖެންޓީނާ މޮޅުވިއިރު ޕެނަލްޓީ ޝޫޓް އައުޓްގައި އެ ޓީމްގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒްގެ ފަރާތުން ފެނުނު ކަންތައްތަކާއި ކުއާޓާ ފައިނަލުގައި ނެދަލޭންޑްސް އަތުން މޮޅުވި މެޗުގެ ޕެނަލްޓީ ޝޫޓް އައުޓްގައި ފެނުނު ކަންތައްތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. މާޓިނޭޒް ވަނީ ޕެނަލްޓީ ޖަހަން އައި ކުޅުންތެރިންގެ ފޯކަސް ގެއްލުވާލައި ސޭވްތަކެއް ކޮށް އާޖެންޓީނާ މޮޅުކޮށްދީފަ އެވެ.

ޕެނަލްޓީ ޝޫޓް އައުޓްގައި ގޯލްކީޕަރުން ބޭނުންކުރާ ތަފާތު އުކުޅުތައް ހުއްޓުވަން އައިފެބް އިން ފާސްކުރި އާ ގަވާއިދުގައިވާ ގޮތުން، ޕެނަލްޓީ ޖެހުން ލަސްކުރަން ގޯލްކީޕަރުންނަށް އެއްވެސް ކަމެއް ނުކުރެވޭނެ އެވެ. އެ ގޮތުން ޝާކުވާ ކުރުމާ ބޯޅަ އަތަށް ލައިގެން ލަސްކުރަން އުޅުން ފަދަ ކަންކަން ނުކުރެވޭނެ އެވެ.

މީގެ އިތުރުން ޕެނަލްޓީ ޖަހާ ކުޅުންތެރިޔާ އަށް އުނދަގޫކުރުމުގެ ގޮތުން ކުރާ ކަންތައްތައް ވެސް މި ގަވާއިދުގެ ދަށުން ވަނީ މަނާކޮށްފަ އެވެ. ބައެއް ފަހަރު ބޯޅަ ދުރަށްލުން ކަހަލަ ކަންކަން ކީޕަރުން ކުރެ އެވެ. މިކަހަލަ ކަންކަން އާ ގާވާއިދުގެ ދަށުން ނުކުރެވެ އެވެ.

ޕެނަލްޓީ ޖަހާ ކުޅުންތެރިޔާގެ ފޯކަސް ނަގާލުމަށް ކީޕަރުން ކުރާ މަސައްކަތުގައި ގޯލުގެ ދަނޑީގައި އަތްލައި އެކި "އާޓު" ދައްކަ އެވެ. އާ ގަވާއިދުގެ ދަށުން ގޯލުގެ ދަނޑީގައި އަތެއް ނުލެވޭނެ އެވެ.

މި އާ ގަވާއިދާ އެކު މަސްހުނި ހިޔާލުތަކެއް ފުޓްބޯޅަ ކުޅުންތެރިން ހިއްސާކުރަމުން އަންނައިރު އެންމެ ބޮޑަށް ނުރުހުން ފާޅުކުރަމުން އަންނަނީ ކީޕަރުންނެވެ. ގިނަ ކީޕަރުން ބުނާ ގޮތުން ޕެނަލްޓީ ޝޫޓް އައުޓްގައި ކީޕަރުންނަށް އޮންނަ ހަމައެކަނި ފުރުސަތަކީ "މައިންޑް ގޭމް" ކަމަށާއި، އެކަން ނުކުރެވޭ ގޮތަށް ނިންމުމަކީ ކީޕަރުންނަށް ކުރެވޭ ބޭ އިންސާފެއް ކަމަށެވެ. މިހާރު ކަންތައްތައް ހިނގާ ގޮތަށް ބަލާނަމަ ބޯޅަ އަށް ފުރަގަސްދީގެން ތިބެން ޖެހޭ ގޮތަސް ވެސް ގަވާއިދު ބަދަލުކޮށްފާނެ ކަމަށް ބައެއް ކީޕަރުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox