މިޓޯމާގެ ޑިމާންޑް ބޮޑުވުމުން ބްރައިޓަން އިން މުސާރަ ބޮޑުކުރަނީ

Mar 26, 2023, 12:53 AM
މިޓޯމާގެ ޑިމާންޑް ބޮޑުވުމުން ބްރައިޓަން އިން މުސާރަ ބޮޑުކުރަނީ

ބްރައިޓަން (މާޗް 26) - އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އަށް ކުޅެމުން އަންނަ، ޖަޕާނުގެ ވިންގް، ކައޯރޫ މިޓޯމާ ހޯދަން ގިނަ ކްލަބްތަކެއްގެ އޮފާ އަންނަން ފެށުމާ އެކު، އޭނާ ކްލަބްގައި މަޑުކުރުވަން މުސާރަ ބޮޑުކުރަން ބްރައިޓަން އިން ނިންމައިފި އެވެ.

ޖަޕާނުގެ ކަވަސާކީ ފްރޮންޓޭލް އިން ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި މިޓޯމާ، ބްރައިޓަން އަށް ބަދަލުވީ ތިން މިލިއަން ޑޮލަރުގެ އަގަކަށް 2021 ވަނަ އަހަރު އެވެ.

ބްރައިޓަން އިން މިޓޯމާ އަށް ގަވާއިދުން ކުޅުމުގެ ފުރުސަތު ގިނައިން ދިނުމާއި ޑިވެލޮޮޕްމަންޓަށް ބަލައި، އެކި ގޮތްގޮތުން ވިސްނުމަށް ފަހު ނިންމީ އޭނާ ފުރަތަމަ ސީޒަނުގައި ވަނީ ލޯން އުސޫލުން ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް ގިލޮއިސް އަށް ދޫކޮށްލުމަށެވެ.

ޔޫނިއަން ސެއިންޓް ގިލޮއިސްގައި މިޓޯމާ ވަނީ ރަނގަޅު ތަޖުރިބާތަކެއް ހާސިލްކޮށް ޔޫރަޕްގެ ޕްރެޝަރު ފުޓްބޯޅަ އަށް ހޭނުމުގައި މުހިންމު ފިޔަވަޅެއް ކުރިއަށް އަޅައިފަ އެވެ.

އެކުވެރިކަމުގެ މެޗެއްގެ ތެރެއިން މިޓޯމާ (ކ) އުރުގުއޭގެ ފެޑޭ ވަލްވޭޑޭ ކައިރިން ބޯޅަ ހިފައިގެންދަނީ.

ލޯން ނިންމާލުމަށް ފަހު އެނބުރި އައިސް، މިޓޯމާ، 25، އަންނަނީ ބްރައިޓަން ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ނިމިދިޔަ ފީފާ ވޯލްޑް ކަޕްގައި ޖަޕާން ޓީމުގައި ވެސް މޮޅު ކުޅުމެއް ދެއްކި މިޓޯމާ ވަނީ މި ސީޒަނުގައި މިހާތަނަށް ބްރައިޓަން އަށް 27 މެޗުން ނުވަ ގޯލު ޖަހައި، ހަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެެވެ. މީގެ ތެރެއިން ގިނަ މެޗުތަކުގައި ކުޅެފައި ވަނީ ބަދަލަކަށެވެ.

މިޓޯމާ ގަންނަން މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް އަދި ޓޮޓެންހަމް އިން މަސައްކަތް ކުރަމުން އަންނައިރު، ބްރައިޓަންގެ ކޯޗު އިޓަލީގެ ރޮބާޓޯ ޑި ޒާބީގެ އެދުމުގެ މަތިން އެ ކްލަބުން ވަނީ މިޓޯމާގެ މުސާރަ ބޮޑުކުރަން މަޝްވަރާތައް ފަށައިފަ އެވެ.

މި ވަގުތު މިޓޯމާ، ބްރައިޓަންގެ ކޮންޓްރެކްޓްގައި ހުރީ ހަފްތާ އަކު ބޯނަހާ އެކުގައި 30،000 ޑޮލަރު ލިބޭ ގޮތަށެވެ. ބްރައިޓަން އިން ބޭނުންވަނީ ކޮންޓްރެކްޓް އާ ކޮށް މިޓޯމާ އަށް ބޯނަހާ އެކު ތިން ގުނަ ބޮޑު މުސާރަ އެއް ދޭށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox