ޕާލަމެންޓުން ޑިސްކޮލިފައި ކުރީ ސިޔާސީ ބޭނުމެއްގައި: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ޕާލަމެންޓުން ޑިސްކޮލިފައި ކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވައިފި އެވެ.

ރާހުލް ގާންދީގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވިތާ އެއް ދުވަސް ފަހުން އެމަނިކުފާނުގެ ޕާލަމެންޓު ގޮނޑި ގެއްލިފައިވާ ކަމަށް އަންގައި ނޯޓިސް ފޮނުވި އެވެ.

ޕާލަމެންޓުން ފޮނުވި ނޯޓިސްއެއްގައި ބުނީ "ލޮކް ސަބާގެ މެމްބަރުކަމުން ޑިސްކޮލިފައިވެފައިވާ" ކަމަށެވެ. ލޮކް ސަބާއަކީ އިންޑިއާގެ ޕާލަމެންޓުގެ ތިރިގެ އެވެ.

ގުޖަރާތުގެ ކޯޓުން އިދިކޮޅު ލީޑަރާ ދެކޮޅަށް ނިންމީ 2019 ވަނަ އަހަރު އޮތް ކެމްޕެއިން އެއްވުމެއްގެ ތެރެއިން ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ނަމާ ބެހޭ ގޮތުން ދެއްކި ވާހަކައަކާ ގުޅިގެންނެވެ.

ވެރިކަން ކުރާ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އިން ބުނީ ޕާލަމެންޓު ގޮނޑި ގެއްލުނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު ނެރުނު އަމުރެއްގައި ބުނީ ކުށެއް ސާބިތުވި ދެ އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކުރިމަތިވެއްޖެ ނަމަ ވަގުތުން ޕާލަމެންޓު ގޮނޑި ގެއްލޭނެ ކަމަށެވެ.

ހޮނިހިރު ދުވަހު ރާހުލް ގާންދީ ނޫސްވެރިންނަށް ވިދާޅުވީ "އުމުރަށް ޑިސްކޮލިފައި ކުރި ނަމަވެސް، މަސައްކަތް ހުއްޓާ ނުލާނެ" ކަމަށެވެ.

ސިޔާސީ މައްސަލަތަކުގައި އިންޑިއާގެ އިދިކޮޅު ޕާޓީތަކުން އެއްބައިވަނީ މަދު ފަހަރަކު އެވެ. އެހެން ނަމަވެސް ރާހުލް ގާންދީއަށް ހުކުމްކޮށް، ޑިސްކޮލިފައި ކުރުމުން އިދިކޮޅު ޕާޓީތައް ވަނީ އެއްބައިވެފަ އެވެ.

ހުކުރު ދުވަހު 14 ޕާޓީއެއް ގުޅިގެން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައެއްގައި ބުނީ އިންޑިއާގެ މައި ސަރުކާރުން ތަހުގީގީ އިދާރާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބީޖޭޕީއާ ވާދަވެރި ފަރާތްތަކަށް ޓާގެޓު ކުރަމުންދާ ކަމަށެވެ.

ކޮންގްރެސް ޕާޓީއިން ތުހުމަތު ކުރާ ގޮތުގައި އެ ޕާޓީގެ ލީޑަރަށް ޓާގެޓު ކުރަމުން ދަނީ މޯދީއާ ގާތް ގުޅުމެއް އޮންނަ މަހުޖަނެއްގެ ކުންފުންޏާ ގުޅޭ ތުހުމަތުތައް ބެލުމަށް ޕާލަމެންޓު ތެރެއިން ބާރު އަޅާތީ ކަމަށެވެ.

ބިލިއަނަރު ގޯތަމް އަދަނީގެ އަދަނީ ގްރޫޕުން ހިއްސާގެ ބާޒާރުގެ އަގުތައް ކޮންޓްރޯލް ކުރަމުން ދިޔަ ކަމަށް އެމެރިކާގެ ދިރާސާ ކުރާ ޖަމިއްޔާއަކުން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox