ވާގޮތް: ހަގީގަތް ނުހޯދުނު ހުވަފެން

ވާގޮތް: ހަގީގަތް ނުހޯދުނު ހުވަފެން

އިންސާނުން ދުނިޔޭގައި އުޅެން ފެށީއްސުރެ މޮޅެތި ހިޔާލުތަކާއި އިންގިލާބުކުރަނިވި އުފެންދުންތައް ހުވަފެންތަކުގެ ސަބަބުން އައިސްފައި އެބަހުއްޓެވެ. ކުއެންޓަމް ފިސިކްސްގެ "ބައްޕަ"، ނީލްޒް ބޯ އަށް އެޓޮމްގެ ސްޓްރަކްޗާ ފެނުނީ ހުވަފެނަކުންނެވެ. ފަހާ ފޮށި އުފެއްދި އެލާޔަސް ހައު އަށް އެކަން ހާސިލްވީ، ފޮތީ ތެރެއަށް ތިނޯސް ވަދެގެންދާ ގޮތުގެ މެކޭނިކްސް ސާފުކޮށް ހުވަފެނުން ފެނުމުންނެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އަލްބާޓް އައިންސްޓައިންގެ މަޝްހޫރު "ތިއަރީ އޮފް ރިލޭޓިވިޓީ" ގެ ހިޔާލު އުފެދުމުގެ ފަހަތުގައި ވެސް ވަނީ ހުވަފެނެކެވެ. ހަމައެޔާއެކު ހުވަފެންތަކުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުން ވެސް ލިބިފައި އެބަ ހުއްޓެވެ. ހުވަފެންތަކުގެ ސަބަބުން އެތައް ބައެއްގެ ހިތުގައި ރުޅިވެރިކަމާއި ހަސަދަ އުފެދި ކައިވެނިތައް ރޫޅޭ ހިސާބަށް ވެސް ދެ އެވެ.

ކުރުކޮށް ބުނާ ނަމަ ހުވަފެނުން ފައިދާ އާއި ގެއްލުންވެ އެވެ. ނަމަވެސް ގިނައީ އަހަރުމެންނަށް ފެނި ހަނދާން ނެތޭ ހުވަފެނެވެ. އެހެންކަމުން ހުވަފެންތަކުގައި މި ފެންނަ ތަސްވީރުތަކާއި އިވޭ އަޑުތަކާއި ލިބޭ އިހްސާސްތަކުގެ އަސްލަކީ ކޮބައިހެއްޔެވެ؟ މިއީ ނިދުމުން އަހަރުން އެހެން އާލަމަކަށް ކޮށްލާ ޒިޔާރަތެއްހެއްޔެވެ؟ ނޫނީ ސިކުނޑި ނިއްވާލުމުން އަރާ ގްލިޗެއް ހެއްޔެވެ؟

Advertisement

ޒަމާނާއެކު އައި ތަރައްގީއާއި ސައިންޓިފިކް ކުރިއެރުންތަކާއި އެކީ ވެސް މި ސުވާލުތަކުގެ ސީދާ ޖަވާބެއް އެއްވެސް ބަޔަކަށް އަދިވެސް ނުހޯދެ އެވެ. އެނގޭ މިންވަރަކީ ނިދުމުން ހުވަފެން ފެންނަ ވަގުތާއި ހުވަފެން ބަލާ ވަގުތު ހަށިގަނޑަށް އަންނަ ބަދަލުތަކެވެ. ހުވަފެނުގެ ހަގީގަތުގެ ޖަވާބަށް ހުރީ ހުސް "ތިއަރީ" އެވެ.

ހުވަފެނަކީ ކޮބާ؟

ހުވަފެނަކީ އިންސާނާގެ ނިދުމުގެ ހަރުފަތްތަކުގެ ތެރެއިން ބައެއް ހަރުފަތްތަކުގައި ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކާއި ކުރެވޭ އިހްސާސްތަކުގެ އިތުރުން އަންނަ ހިޔާލުތަކުގެ ތަޖުރިބާ އެވެ. ހުވަފެނުގެ ބާރު އެންމެ ގަދަވަނީ "ރެޕިޑް އައި މޫވްމެންޓް" ނުވަތަ "އާރްއީއެމް" ހަރުފަތުގަ އެވެ.

ހޭލާ ހުންނަ ވަގުތުގައި އިންސާނުންގެ ހިޔާލުތައް ވަކި ތަރުތީބަކުން އައި ކަމުގައި ވިޔަސް، ހުވަފެނުގައި ފެންނަ ކަންކަމުގައި އެއްވެސް ތަރުތީބެއް ނެތް ހަމަނުޖެހޭ ކަންކަމަށް ވެދާނެ އެވެ. މި ތަޖުރިބާ އާންމުކޮށް ބިނާވަނީ ހޭލާ ހުންނަ ވަގުތު އެމީހެއްގެ ހިޔާލުތަކާއި ކުރާކަންކަމާއި ދައްކާ ވާހަކަތަކުގެ އިތުރުން ދިރިއުޅުމުގެ ކަންކަމަށެވެ.

ކޮންމެ މީހަކަށް ފެންނަ ހުވަފެނުގައި ވެސް މިފަދަ އެއްގޮތް ކަންތައްތަކެއް ހުރުމުން ސައިންޓިސްޓުންގެ މެދުގައި މިކަންކަމާއި ގުޅުވައިގެން ހުވަފެނުގެ ހަގީގަތާއި މެދު އުފެދިފައިވާ ތިއަރި ތަކެއް އެބަވެ އެވެ. މީގެތެރޭގައި ހުވަފެނަކީ ނަފްސާނީ އެހީކަމަށް، ހަނދާންތަކާއި ގުޅޭ ކަމެއް ކަމަށް، ކްރިއޭޓިވް ކަންކަމަސް އެހީއެއް ކަމަށް ނުވަތަ މައުލޫމާތު ތަރުތީބުކުރާކުރުމެއް ކަމަށް އެކި ފަރާތްތަކުންދެކެ އެވެ.

މައުލޫމާތު ތަރުތީބުކުރުން

ބައެއް ސައިންސްވެރިން ގަބޫލު ކުރާގޮތުގައި ހުވަފެނުގެ މައިގަނޑު ބޭނުމަކީ ދުވަހަކަށް ފަހު ދުވަހެއް އަހަރުމެންނަށް ލިބެމުންދާ މައުލޫމާތުތައް ސިކުނޑީގައި ތަރުތީބުކުރުމެވެ. އެލަން ހޮބްސަން އަދި ރޮބާޓް މެކްކާލީގެ "އެކްޓިވޭޝަން ސިންތަސިސް މޮޑެލް އޮފް ޑްރީމިން" ގައި ބުނާ ގޮތުން، ނިދުމުގެ އާރްއީއެމް މަރުހަލާގައި ސިކުނޑީގެ ސާކިޓްތައް އެކްޓިވޭޓްވެ އެވެ. މިކަމުގެ ސަބަބުން ސިކުންޑީގެ ބައެއް ހިސާބުތަކުގައި އިލެކްޓްރިކް އިމްޕަލްސްތަކެއް އުފެދެ އެވެ. ނަތީޖާއަކަށް ވާނީ އެތައް މަންޒަރާއި އަޑުތަކާއި ހިޔާލުތަކަށް ވަރަށް އަވަހަށް ސިކުނޑިއަށް އައުމެވެ. އަހަރުމެން ހޭލުމުން ހުވަފެނެއް ކަމަށް ގަބޫލުކުރެވޭ ތަޖުރިބާ އަކީ މިހުރިހާ މައުލޫމާތުތަކުގެ ތެރެއިން އަހަރުން އަމިއްލައަށް އުފައްދާ ވާހަކައެއް ނުވަތަ ނެރޭޓިވްއެއް ކަމަށް އެފަދަ ސައިންސްވެރިން ދެކެ އެވެ.

ހަނދާންތައް ރައްކާތެރިކޮށްދިނުން

ހުވަފެނާއި ބެހޭގޮތުން އެންމެ މަގުބޫލު އެއް ތިއަރީ އަކީ، ހުވަފެނަކީ ހަނދާން ރައްކާތެރިކޮށްދިނުމަށް ސިކުނޑި ގެންގުޅޭ ނިޒާމެއް ކަމަށެވެ. އެގޮތުން ނިދުމުގެ ކުރިން ދަސްކޮށްފައިވާ މުހިންމު ކަންކަން ހަނދާނުގައި ހަރުކޮށްދީ ބޭކާރުކަމަށް ފެންނަ ހަނދާންތައް ފުހެލާކަމަށް ބުނެ އެވެ. ބައެއް ދިރާސާތަކުން މިކަމަށް ބާރުވެސް ދެއެވެ. އެއް ދިރާސާ އިން ދައްކާ ގޮތުގައި އައު ކަމެއް ނުވަތަ މައުލޫމާތެއް ދަސްކުރުމަށް ފަހު އިރުކޮޅެއްތެރޭ ނިދުމުން އެ މައުލޫމާތު ހަނދާނުގައި ހަރުލާފަ ހުންނަ މިންވަރު އިތުރުވެ އެވެ.

މީގެ އިތުރުން އާރްއީއެމް މަރުހަލާގައި ސިކުނޑީގެ ފްރަންޓަލް ލޯބް ގައި "ތޭޓާ ވޭވްސް" އެކްޓިވްވާ ކަންވެސް ބައެއް ދިރާސާތަކުން ވަނީ ހޯދިފައެވެ. "ތޭޓާ ވޭވްސް" އަކީ އިންސާނުން ކަމަކަށް ހާއްސަ ސަމާލުކަމެއް ދޭ ވަގުތު އެކްޓިވޭޓްވާ ބްރެއިން ވޭވްސް އެވެ. އެގޮތުން ކިޔަވާ ވަގުތު ނޫނީ މަސައްކަތް ކުރާ ވަގުތު މިފަދަ ވޭވްސް އެކްޓިވޭޓް ވެއެވެ.

ކްރިއޭޓިވިޓީ ބޫސްޓް

ހުވަފެނުގެ ބޭނުމަކީ ކްރިއޭޓިވިޓީ އިތުރުކުރުން ނުވަތަ މައްސަލަތަށް ހައްލު ހޯދުން ކަމަށް ވެސް ބައެއް ސައިންސްވެރިން ގަބޫލުކުރެ އެވެ. މި ތިއަރީގައި ބުނާގޮތުން ހުވަފެނީ ދުނިޔޭގައި، އަހަރުމެންގެ އާންމު ދިރިއުޅުމުގައި ކުރިމަތިވާ ޑިސްޓްރެކްޝަންތަކާއި ފިއްތުންތަކުން ސިކުނޑި މިނިވަންވެ، އައު ގޮތްތަކަށް ކަންކަމާއި މެދު ވިސްނާ ހިޔާލުކުރުމަށް މަގު ފަހިވެ އެވެ.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ހުވަފެނަކީ "ކްރިއޭޓްވިޓީ ބޫސްޓް" އެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެވެ. އަދި ބައެއް މީހުން އެމީހުންގެ ހުވަފެނީ ދުނިޔެ ބޭނުންކޮށްގެން އައު ހިޔާލުތައް ހޯދާ މައްސަލަތަށް ހައްލުކުރާކަމަށް ވެސް ބައެއް ސައިންސްވެރިން އިއްތިފާގުވެ އެވެ.

ނިންމުން

އިސްވެ ދިޔަ ތިއަރީ ތަކުގެ އިތުރުން ވެސް އެތައް ތިއަރީ އެއް ހުވަފެނާއި ބެހޭގޮތުން ވާ އިރު، ހަގީގަތަކީ ހުވަފެނުގެ އަސްލު ބޭނުމެއް އަދިވެސް ހޯދިފައި ނުވާކަމެވެ. އަދި ހަގީގަތް ހޯދުމަށް އެތައް އިތުރު ދިރާސާތަކެއް ކުރަން ޖެހޭ ކަމެވެ. މީގެ އިތުރުން މިތަނުން އެއް ތިއަރީ އަކަށް ހުވަފެނުގެ މަގުސަދު ފެއްތުމުގެ ބަދަލުގައި، ހުވަފެނުގައި އެތައް މަގްސަދެއް އޮތުމުގެ ފުރުސަތު ގަބޫލުކުރުމަކީ ވެސް މުހިންމު ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox