އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ ޕާލަމެންޓް ގޮނޑި ގެއްލިއްޖެ

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވިތާ އެއް ދުވަސް ފަހުން އެމަނިކުފާނުގެ ޕާލަމެންޓު ގޮނޑި ގެއްލިފައިވާ ކަމަށް ނިންމައިފި އެވެ.

ޕާލަމެންޓުން ފޮނުވި ނޯޓިސްއެއްގައި ބުނީ "ލޮކް ސަބާގެ މެމްބަރުކަމުން ޑިސްކޮލިފައިވެފައިވާ" ކަމަށެވެ. ލޮކް ސަބާއަކީ އިންޑިއާގެ ޕާލަމެންޓުގެ ތިރިގެ އެވެ.

ގުޖަރާތުގެ ކޯޓުން ކޮންގްރެސް ޕާޓީގެ ލީޑަރާ ދެކޮޅަށް ނިންމީ 2019 ވަނަ އަހަރު އޮތް ކެމްޕެއިން އެއްވުމެއްގެ ތެރެއިން ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ނަމާ ބެހޭ ގޮތުން ދެއްކި ވާހަކައަކާ ގުޅިގެންނެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ރާހުލް ގާންދީ ލޮކް ސަބާގައި ތަމްސީލް ކުރެއްވީ ކެރަލާ ސްޓޭޓުގެ ވަޔަނަޑް ޑިސްޓްރިކްޓެވެ.

އެމަނިކުފާނު މިހާރު ކަފާލާތުގެ ދަށުން ދޫކޮށްފައި ހުރީ 30 ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތުގައި ހުކުމް އިސްތިއުނާފު ކުރާނެ އެވެ.

ކޮންގްރެސް ޕާޓީއިން ބުނީ ރާހުލް ގާންދީއާ ދެކޮޅަށް ހިންގަނީ ސިޔާސީ މައްސަލައެއް ކަމަށާއި އެއީ ސަރުކާރުގެ "އަނދިރި އަމަލުތައް" ހާމަކުރާތީ ކަމަށޭވެ.

ހުކުރު ދުވަހު ކޮންގްރެސް ޕާޓީގެ އިދިކޮޅު ލީޑަރުން ވެރިރަށް ނިއު ދިއްލީގެ މަގުތަކަށް ނިކުމެ އަޑުއުފުލި އެވެ. ޕާލަމެންޓު ކައިރިއަށް މީހުން އެއްވާތީ އެ ތަނުގެ ސެކިއުރިޓީ އޮތީ ވަރުގަދަކޮށްފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ އެއްވުމުގެ ތެރެއިން ބައެއް ޕާލަމެންޓް މެމްބަރުން ހައްޔަރު ކުރި ކަމަށެވެ. އެއްވި މީހުން މަސައްކަތް ކުރީ ރައީސް ދްރޫޕަދީ މުރްމޫގެ ރަސްމީ ގެކޮޅު، ރާޝްތްރަޕަތީ ބަވަން ކައިރިއަށް ދިޔުމަށެވެ.

ކޮންގްރެސް ޕާޓީއިން ތުހުމަތު ކުރާ ގޮތުގައި އެ ޕާޓީގެ ލީޑަރަށް ޓާގެޓު ކުރަމުން ދަނީ މޯދީއާ ގާތް ގުޅުމެއް އޮންނަ މަހުޖަނެއްގެ ކުންފުންޏާ ގުޅޭ ތުހުމަތުތައް ބެލުމަށް ޕާލަމެންޓު ތެރެއިން ބާރު އަޅާތީ ކަމަށެވެ.

ބިލިއަނަރު ގޯތަމް އަދަނީގެ އަދަނީ ގްރޫޕުން ހިއްސާގެ ބާޒާރުގެ އަގުތައް ކޮންޓްރޯލް ކުރަމުން ދިޔަ ކަމަށް އެމެރިކާގެ ދިރާސާ ކުރާ ޖަމިއްޔާއަކުން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox