އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީއަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ރާހުލް ގާންދީ ގުޖަރާތުގެ ކޯޓަށް ވަޑައިގަންނަވަނީ. -- ފޮޓޯ: ރޮއިޓާޒް

ރާހުލް ގާންދީ ގުޖަރާތުގެ ކޯޓަށް ވަޑައިގަންނަވަނީ. -- ފޮޓޯ: ރޮއިޓާޒް

އަބުރާ ބެހުމުގެ ޖިނާއީ މައްސަލައެއްގައި އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ދެ އަހަރަށް ޖަލަށް ހުކުމްކޮށްފި އެވެ.

ގުޖަރާތުގެ ކޯޓުން ކޮންގްރެސް ޕާޓީގެ ލީޑަރާ ދެކޮޅަށް ނިންމީ 2019 ވަނަ އަހަރު އޮތް ކެމްޕެއިން އެއްވުމެއްގެ ތެރެއިން ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ނަމާ ބެހޭ ގޮތުން ދެއްކި ވާހަކައަކާ ގުޅިގެންނެވެ.

ހުކުމް އިއްވި އަޑުއެހުމަށް ރާހުލް ގާންދީ ކޯޓަށް ވަޑައިގެންނެވި އެވެ. އެމަނިކުފާނު މިހާރު ކަފާލާތުގެ ދަށުން ދޫކޮށްފައި ހުރީ 30 ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތުގައި ހުކުމް އިސްތިއުނާފު ކުރާނެ އެވެ.

ކޮންގްރެސް ޕާޓީއިން ބުނީ ރާހުލް ގާންދީއާ ދެކޮޅަށް ހިންގަނީ ސިޔާސީ މައްސަލައެއް ކަމަށާއި އެއީ ސަރުކާރުގެ "އަނދިރި އަމަލުތައް" ހާމަކުރާތީ ކަމަށޭވެ.

ވެރިކަން ކުރާ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އިން ބުނީ ގާނޫނީ އިޖުރާއަތުތައް މި މަައްސަލައިގައި ފުރިހަމަކޮށްފައިވާ ކަމަށާއި އެކަމުގައި އެއްވެސް ސިޔާސީ ކަމެއް ނުހިމެނޭ ކަމަށެވެ.

ރާހުލް ގާންދީއާ ދެކޮޅަށް ދައުވާ ކުރީ އެޕްރީލް 2019 ގައި ކަރްނާޓަކާ ސްޓޭޓުގައި އޮތް އެއްވުމެއްގެ ތެރެއިން ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

"މި ހުރިހާ ވަގުންގެ ފަހަތު ނަމަކަށް މޯދީ އޮންނަނީ ކީއްވެގެންތޯ؟ ނިރާވް މޯދީ، ލަލިތު މޯދީ، ނަރެންދްރަ މޯދީ،" އެ އެއްވުމުގެ ތެރެއިން އެމަނިކުފާނު ވިދާޅުވި އެވެ.

ނިރާވް މޯދީއަކީ އިންޑިއާގެ އިދާރާތަކަށް ފިލައިގެން އުޅޭ މަހުޖަނެކެވެ. އަދި ލަލިތު މޯދީއަކީ އިންޑިއާގެ ކްރިކެޓް ބޯޑުން ފިޔަވަޅު އަޅާފައި ހުރި އިންޑިއާ ޕްރިމިއާ ލީގުގެ ކުރީގެ ވެރިޔާ އެވެ.

ރާހުލް ގާންދީ ވިދާޅުވީ އެމަނިކުފާނުގެ ވާހަކަތަކުގެ މަގުސަދަކީ ކޮރަޕްޝަނަށް އަލިއެޅުވުން ކަމަށާއި އެއީ ވަކި ބަޔަކަށް އަމާޒުކޮށް ދެއްކި ވާހަކައެއް ނޫން ކަމަށެވެ.

ކޮންގްރެސް ޕާޓީގެ އިތުރުން އެހެން އިދިކޮޅު ޕާޓީތަކަށް ވެސް ވަނީ ފުލުހުންގެ ތަހުގީގުތަކާއި ކޯޓު މައްސަލަތައް ކުރިމަތިވެފަ އެވެ.

އެގޮތުން ވެރިރަށް ނިއު ދިއްލީގައި ވެރިކަން ކުރާ އާއްމު އާދްމީ ޕާޓީ (އޭއޭޕީ)ގެ ދެ ލީޑަރުން މިހާރުން ވެސް ތިއްބެވީ ކޮރަޕްޝަންގެ ތުހުމަތުގައި ޖަލުގައި ބަންދުކޮށްފަ އެވެ.

އެ ޕާޓީއިން ވެސް ބުނީ ހިންގަނީ ސިޔާސީ މައްސަލަތަކެއް ކަމަށެވެ. އޭގެ އިތުރުން އޭއޭޕީގެ ލީޑަރު އަދި ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް ވަނީ ރާހުލް ގާންދީގެ ދިފާއުގައި ޓްވީޓު ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox