ޓްވީޓެއް ކުރުމުން އިންޑިއާގައި އެކްޓަރަކު ދެ ވަނަ ފަހަރަށް ހައްޔަރުކޮށްފި

ކަންނާޑާ ފިލްމުތަކުގައި އުޅޭ އެކްޓަރު ޗޭތަން ކުމާރް. -- ފޮޓޯ: ޓްވިޓާ

ކަންނާޑާ ފިލްމުތަކުގައި އުޅޭ އެކްޓަރު ޗޭތަން ކުމާރް. -- ފޮޓޯ: ޓްވިޓާ

ހިންދޫ "ނޭޝަނަލިސްޓު" ފިކުތުރަކަށް ފާޑުކިޔައި ޓްވީޓެއް ކުރުމުން އިންޑިއާގައި އެކްޓަރު ޗޭތަން ކުމާރް ދެ ވަނަ ފަހަރަށް ހައްޔަރުކޮށްފި އެވެ.

އަންގާރަ ދުވަހު އޭނާ ހައްޔަރު ކުރީ ހިންދޫ "ނޭޝަނަލިސްޓުން ޕްރޮމޯޓް ކުރާ ފިކުރު ބިނާވެފައި އޮތީ ދޮގުތަކެއްގެ މައްޗަށް" ކަމަށް ބުނެ ޓްވީޓް ކުރުމުންނެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ ޗޭތަން ކުމާތް ހައްޔަރު ކުރީ ހިންދޫ ނޭޝަނަލިސްޓް ގްރޫޕެއްގެ މެމްބަރަކު ފުލުހުންނަށް ޝަކުވާ ހުށަހެޅުމުން ކަމަށެވެ.

ކަރްނާޓަކާ ސްޓޭޓުގެ ފުލުހުން އޭނާއަށް ތުހުމަތު ކުރަނީ ދީނީ ގޮތުން މީހުން ރުޅިއަރުވަން މަސައްކަތް ކުރުމާއި ދެކޮޅުވެރިކަން އުފައްދަން އުޅުނު ކަމަށެވެ.

އެ ސްޓޭޓުގެ ކޯޓަކުން ވަނީ ދެ ހަފުތާއަށް އޭނާ ބަންދުގައި ބަހައްޓަން ހުއްދަ ދީފަ އެވެ. މީގެ ކުރިން ވެސް އުމުރުން 40 އަހަރުގެ ޗޭތަން ކުމާރް ހައްޔަރުކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ހައްޔަރު ކުރީ ސްކޫލްތަކުގައި މުސްލިމް އަންހެން ކުދިން ބުރުގާ އެޅުން މަނާކުރި ފަނޑިޔާރަކަށް ފާޑުކިޔައި ޓްވީޓް ކުރުމުންނެވެ.

އެ ފަހަރު އޭނާ ދޫކޮށްލީ ކަފާލާތުގެ ދަށުންނެވެ. އެމެރިކާގެ ރައްޔިތެއް ކަމުގައިވާ ޗޭތަން ކުމާރްއަކީ ފުލްބްރައިޓް ޕްރޮގްރާމު މެދުވެރިކޮށް މަތީ ތައުލީމް ހާސިލްކޮށްގެން ހުރި އެކްޓިވިސްޓެކެވެ.

ދީނީ ކަންކަމާއި ވަކިން ހާއްސަކޮށް ހިންދޫ ދީނުގައި އޮންނަ ދަރަޖަ ކުރުމުގެ "ކާސްޓް" ނިޒާމަށް އޭނާ ފާޑުކިޔާތީ ހިންދޫ ދީނުގެ މީހުން ވަރަށް ގިނައިން ފުލުހުންނަށް ޝަކުވާ ހުށަހަޅަ އެވެ.

އެމެރިކާގެ ޝިކާގޯގައި އުޅެ ބޮޑުވި ޗޭތަން އިންޑިއާއަށް ގޮސް ކަންނާޑާ ފިލްމު އިންޑަސްޓްރީގެ ތެރެއަށް ވަނީ 2005 ވަނަ އަހަރު އެވެ.

ދެހާސް ހަތް ވަނަ އަހަރު އޭނާ ކުޅުނު ފިލްމު "އާ ދިނަގަލު" އަކީ ބޮޑު ކާމިޔާބެއް ލިބުނު ފިލްމެކެވެ. އެ އަހަރު ކަރްނާޓަކާ ސްޓޭޓުގެ ޓީވީ އެވޯޑެއް ވެސް އޭނާއަށް ލިބުނެވެ.

އޭގެ ފަހުން އޭނާ ވަނީ 10 ފިލްމުން ފެނިގެން ގޮސްފަ އެވެ. ފިލްމު ކުޅެމުން ދިޔަ ނަމަވެސް އޭނާގެ މައިގަނޑު މަސައްކަތަކީ ތަފާތު ކުރުން ނައްތާލުމަށް އަޑުއުފުލުން ކަމަށް ޗޭތަން ކުމާރް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox