ކްލަބް މޯލްޑިވްސް އިން މުއްކި އަށް ތިން އަހަރުގެ ސަސްޕެންޝަނެއް

Mar 22, 2023, 8:11 AM
މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ މެޗެއްގެ ތެރެއިން ފެނަކަ ޓީމުގެ ކެޕްޓަން އޮންލީ (ކ) އާއި މުއްކި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ މެޗެއްގެ ތެރެއިން ފެނަކަ ޓީމުގެ ކެޕްޓަން އޮންލީ (ކ) އާއި މުއްކި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ އަހަރު ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލްގައި އެމްޕީއެލް އާއި ޓީމު ފެނަކަ ބައްދަލުކުރި މެޗަށް ފަހު ހިނގައިދިޔަ ހަމަނުޖެހުމުގެ މައްސަލަ ބަލައި، ކްލަބް މޯލްޑިވްސް އިން ޓީމު ފެނަކަ އަށް ކުޅުނު އިބްރާހިމް މުބީން (މުއްކި) ތިން އަހަރަށް ސަސްޕެންޑްކޮށްފި އެެވެ.

ފައިނަލުގައި އެމްޕީއެލް އަތުން 2-1 އިން ފެނަކަ މޮޅުވި މި މެޗު ނިމުމާ އެކު ދަނޑުމަތީގައި މުއްކި އާއި އެމްޕީއެލްގެ އަލީ ހައިޝަމް (ޗުމްޕު)އާ ދެމެދު ހަމަަނުޖެހުމެއް ހިނގައިދިޔަ އެވެ. މި ހަމަނުޖެހުމުގައި ޗުމްޕުގެ އަތަށް ލިބުނު އަނިޔާ އަކަށް ފަރުވާ ވެސް ހޯދި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފްވެރިކޮށްދެއްވި މި ފައިނަލް މެޗަށް ފަހު ހިނގައިދިޔަ މި ހަމަނުޖެހުމާއި މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ހިނގައިދިޔަ އެހެން ކަންތައްތަކުގެ މައްސަަލަ ބަލައި ކްލަބް މޯލްޑިވްސް އިން މި ވަނީ ފިޔަވަޅު އަޅަައިފަ އެވެ.

އެ ގޮތުން، ކްލަބް މޯލްޑިވްސް އިން މައުލޫމާތު ދޭ ގޮތުގައި، ޑިސިޕްލިނަރީ މި މައްސަލަތައް ބެލުމަށް ފހު ނިންމާފައިވަނީ މުއްކި ތިން އަހަރަށް ސަސްޕެންޑް ކުރުމަށެވެ. އަދި މި ގޮތަށް ނިންމިއިރު، ޓީމު ފެނަކަ ވަނީ ހަމަނުޖެހުމުގެ ސަބަބުން 10،000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.

ހަމަނުޖެހުމުގެ ސަބަބުން، ޗުމްޕު ވެސް 3000 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިތުރުން އެމްޕީއެލް ޓީމު ވެސް ވަނީ 5000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ކްލަބް އެޗްޑީސީން ޕެނަލްޓީ ޖަހައިގެން އެމްޕީއެލް އަތުން ކެޓި މެޗަށް ފަހު، އެޗްޑީސީ ކުޅުންތެރިންނާއި އޮފިޝަލުން ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއް ހިންގާފައިވާތީ އެޗްޑީސީ 10،000 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިތުރުން، އެޗްޑީސީގެ އެސިސްޓަންޓް ކޯޗު، އަހުމަދު ސިނާން މުހައްމަދު ވަނީ ދެ އަހަރަށް ސަސްޕެންޑްކޮށްފަ އެވެ. އަދި އެޗްޑީސީގެ ކުޅުންތެރިޔާ، އަބްދުﷲ ޝާފިއު (ޝާއްޕެ) އެއް މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން 5000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ކްލަބް މޯލްޑިވްސް އިން ވަނީ މި އަހަރުގެ މުބާރާތް މެއި މަހުގެ 27 ވަނަ ދުވަހު ފަށަން ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox