ޕްރިމިއާ ލީގުގެ މެޗުތަކުގެ ތެރެއިން ރޯދަ ވީއްލަން ފުރުސަތުދޭނެ

Mar 22, 2023, 5:55 AM
ޕްރިމިއާ ލީގުގެ މެޗުތަކުގެ ތެރެއިން ރޯދަ ވީއްލަން ފުރުސަތުދޭނެ

ލަންޑަން (މާޗް 22) - އިނގިރޭސި ޕްރިމިއާ ލީގުގުގެ މެޗުތަކުގެ ތެރެއިން ކުޅުންތެރިއަކު ރޯދަ ވީއްލަން ބޭނުންނަމަ އެ ފުރުސަތު ދިނުމުގެ ގޮތުން މެޗު މެދުކަނޑާލުމުގެ އިހުތިޔާރު ރެފްރީންނަށް ދޭން ޕްރިމިއާ ލީގުގެ ބޯޑުން ނިންމައިފި އެވެ.

މާދަމާ އިން ފެށިގެން އަންނަ މަހުގެ 21 ވަނަ ދުވަހާ ހަމަ އަށް ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ކުރިއަށްދާއިރު، މި މުއްދަތުގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ މުހިންމު މެޗުތަކެއް އެބަހުއްޓެވެ. ޕްރިމިއާ ލީގުގެ ކްލަބްތަކުގައި ރޯދަ ހިފައިގެން މެޗު ކުޅޭ ކުޅުންތެރިން ގިނަ އެވެ.

އިނގިރޭސި ފުޓްބޯޅައިގެ ރެފްރީންގެ ކަންކަން ބަލަހައްޓާ ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ނިންމާފައިވަނީ، ރޯދަ ހިފައިގެން މެޗުތަކުގައި ކުޅޭ ކުޅުންތެރިންނަށް، މެޗުތަކުގެ ތެރެއިން ރޯދަ ވިއްލާ ވަގުުތު ޖެހިއްޖެނަމަ އެ ފުރުސަތު ދޭން މެޗު މެދުކަނޑާލުމަށެވެ. މިއީ، ރަސްމީ ސިފައެއްގައި ރޯދަ ވިއްލުމަށް މި ގޮތަށް ފުރުސަތު ދޭން ޔޫރަޕްގެ މަޝްހޫރު ފުޓްބޯޅަ ލީގެއްގެ ބޯޑަކުން ނިންމި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު އޭޕްރީލް މަހުގައި ރޯދަ ހިފައިގެން ޕްރިމިއާ ލީގުގެ މެޗެއް ކުޅެމުންދިޔަ، އޭރު، ލެސްޓާ ސިޓީގެ ޑިފެންޑަރު، ވެސްލީ ފޮފާނާ އާއި ކްރިސްޓަލް ޕެލަސްގެ މިޑްފީލްޑަރު، ޗެއިކޫ ކުޔާޓޭ ރޯދަ ވިއްލަން ފުރުސަތު ދޭން އެ މެޗުގެ ހުއްޓާލި އެވެ. ދަނޑުގެ އަރިމަތީގައި ހުރެ، ފޮފާނާ އާއި ކުޔާޓޭ އަށް ރޯދަ ވިއްލަން ވަގުތު ދިނުމުގެ ގޮތުން ޕެލަސްގެ ކީޕަރު ވިސެންޓޭ ގައީޓާ ވަނީ ގޯލް ކިކް ޖެހުން ލަސްކޮށްލައިފަ އެވެ.

ގައީޓާގެ އެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުން އެ މެޗުގެ ރެފްރީ ވެސް ވަނީ ރޯދަ ވިއްލަން އެ ވަގުތު ދޭން ނިންމައިފަ އެވެ.

އެ މެޗަށް ފަހު ފޮފާނާ ވަނީ ޕްރިމިއާ ލީގަށް ޝުކުރު އަދާކޮށްފަ އެވެ.

ޕްރިމިއާ ލީގުގެ އިތުރުން ޖަރުމަނު ލީގުގައި ވެސް އޮފިޝަލަކު ވަނީ މިދިޔަ އަހަރު މެޗެއްގެ ތެރެއިން ކުޅުންތެރިއަކު ރޯދަ ވިއްލަން ވަގުތު ދީފަ އެވެ. އެއީ މިދިޔަ އަހަރު އޭޕްރީލް މަހު ޖަރުމަނު ލީގުގައި މައިންޒް ކުޅުނު މެޗެއްގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު، މޫސާ ނިއަކާޓޭ ފެންފޮދަކުން ރޯދަ ވިއްލަން ވަގުތު ދޭން ޖަރުމަނުގެ ރެފްރީ މަތިއަސް ޖޮލެންބެކް ނިންމި ނިންމުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox