ޕެލަސް ބަލިކޮށް އާސެނަލުން ލީގުގެ ކުރީގައި ލީޑުފުޅާކޮށްފި

Mar 19, 2023, 7:02 PM
ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ސަކާ އާއި މާޓިނޭލީ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ސަކާ އާއި މާޓިނޭލީ އުފާފާޅުކުރަނީ.

ލަންޑަން (މާޗް 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެލަސް 4-1 އިން ބަލިކޮށް އާސެނަލުން ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

މި ހަފްތާގައި ސިޓީން އެފްއޭ ކަޕްގައި ކުޅެން ޖެހޭ މެޗު އޮތުމުން ލީގުގެ ކުރީގައި ލީޑުފުޅާކުރަން ލިބުނު ފުރުސަތުގެ ބޭނުން އާސެނަލުން މި ވަނީ ރަނގަޅަށް ހިފައިފަ އެވެ. އާސެނަލަށް 28 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެފައިވާ މެންޗެސްޓާ ސިޓީގެ އޮތީ 27 މެޗުން 61 ޕޮއިންޓެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 28 ވަނަ މިނިޓްގައި ބުކާޔޯ ސަކާ ދިން ބޯޅައަކުން އާސެނަލަށް ލީޑުނަގައިިދިނީ ގަބްރިއެލް މާޓިނޭލީ އެވެ. އޭގެ ކުރިން، ޕެލަސް އަށް ލީޑުނަގައިދޭން ވިލްފްރިއެޑް ޒަހާ ޖެހި ބޯޅަ އާސެނަލް ކީޕަރު އާރޮން ރަމްސްޑޭލް އަތުގަޔާއި ދަނޑީގައި ޖެހިފައި ބޭރުވީ ކޯނަރަކަށެވެ.

Advertisement

ފުރަތަމަ ހާފު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް، ސަކާ ވަނީ ޕެލަސްގެ 19 އަހަރުގެ ކީޕަރު، ޖޯ ވިޓުވޯތު ކައިރިން ގޯލެއް ޖަހައި، އެ ޓީމަށް ލީޑުފުޅާކޮށްދީފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިތާ 10 މިނިޓް ތެރޭ، ލެއަންޑްރޯ ޓްރޮސާޑް ހުސްކޮށްލާފައި ދިން ބޯޅައަކުން ގްރޭނިޓް ޝަކާ އާސެނަލްގެ ތިން ވަނަ ގޯލު ޖަހައި، އެ ޓީމަށް ހަމަޖެހުމެއް ހޯދައިދިނެވެ. އެކަމަކު، މެޗުގެ 63 ވަނަ މިނިޓްގައި އާސެނަލްގެ އޭރިއާތެރެއަށް ދޫވި ބޯޅައެއް ހޯދައި ޖެފްރީ ޝްލަޕް ވަނީ ޕެލަސް އަށް ގޯލެއް ޖަހައިދީފަ އެވެ.

އާސެނަލަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ޖެހީ 74 ވަނަ މިނިޓްގައި ސަކާ އެވެ. މިއީ ބަދަލަކަށް ކުޅެން އެރި، ކިއެރަން ޓިއެރަނީ އޭރިއާތެރެެއަށް ނެގި ހުރަހެއް އެއް ފަހަރުން ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިގެން ސަކާ ޖެހި ގޯލެކެވެ. ސަކާ އަކީ މި ފަހަރު ލީގުގައި މަދުވެގެން 10 ގޯލު ޖަހައި، 10 ގޯލު ޖަހަން ފުރުސަތު ތަނަވަަސްކޮށްދިން ފުރަަތަމަ ކުޅުންތެރިޔާ އެވެ.

ލީގުގެ އެއް ވަނައިގައި އާސެނަލް ރަނގަޅު ލީޑަކާ އެކު އޮތްއިރު، 2004 ވަނަ އަހަރުގެ ފަހުން ލީގު ތަށްޓެއް ހޯދަން މަސައްކަތް ކުރަމުން އަންނަ އާސެނަލަށް ދެން ލީގުގައި ބާކީ އޮތީ 10 މެޗެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ކުރިއަށް އޮތް ކޮންމެ މެޗަކީ ވެސް ފައިނަލެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox