ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޗެލްސީ އާއި ރެއާލް އަދި ސިޓީ އާއި ބަޔާންގެ ކުރިމަތިލުމެއް

Mar 17, 2023, 11:25 AM
މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ޗެލްސީ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ޗެލްސީ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ

ޒިއުރިކް (މާޗް 17) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިދިޔަ ދެ އަހަރުގެ ޗެމްޕިއަނުން ކަމަށްވާ ރެއާލް މެޑްރިޑާއި ޗެލްސީ ބައްދަލުކުރަން ޖެހުނުއިރު، މި ފަހަރުގެ މުބާރާތުގެ އެންމެ ފޯމުގައި އޮތް މެންޗެސްޓާ ސިޓީ އާއި ބަޔާން މިއުނިކް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ކުއާޓާގެ އަނެއް ދެ މެޗުގައި، އިންޓަ މިލާނާއި ބެންފީކާ ބައްދަލުކުރާއިރު، އޭސީ މިލާނުން ނުކުންނާނީ ނަޕޯލީއާ ދެކޮޅަށެވެ.

ފުރަތަމަ ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ރެއާލާއި ޗެލްސީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ސިޓީ އާއި ބަޔާން ކުޅެގެން މޮޅުވާ ޓީމެކެވެ. އަދި ދެ ވަނަ ސެމީ ފައިނަލުގައި ކުޅޭނީ މިލާނާއި ނަޕޯލީ ކުޅެގެން މޮޅުވާ ޓީމަކާއި އިންޓަ އާއި ބެންފީކާގެ ކުރިމަތިލުމުން ކާމިޔާބު ހޯދާ ޓީމެކެވެ. މިހާރު އޮތްގޮތުން 2017 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އިޓަލީގެ ޓީމަކަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ލިބުން ހުއްޓުވުމުގެ ފުރުސަތު އޮތީ ބެންފީކާ އަށް އެކަންޏެވެ. މިއީ ފާއިތުވި 17 އަހަރު ތެރޭ އިޓަލީގެ ތިން ޓީމެއް ޗެމްޕިއަންސް ލީގުގެ ކުއާޓާގައި އޮތް ފުރަތަމަ ފަހަރެވެ.

ރެއާލުން މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ތަށި 14 ވަނަ ފަހަރަށް ހޯދިއިރު، ކުއާޓާ ފައިނަލުގައި ވަނީ ޗެލްސީ ކަޓުވާލައިފަ އެވެ. އަދި ސެމީ ފައިނަލުގައި ރެއާލުން ވަނީ ސިޓީގެ މައްޗަށް ކުރިހޯދައިފަ އެވެ. މި ފަހަރު ވެސް ރެއާލުން ފައިނަލަށް ދެވެން އޮތީ އެކަން ހާސިލްކޮޮށްގެންނެވެ. ޗެލްސީން މީގެ ދެ އަހަރު ކުރިން ޗެމްޕިއަންސް ލީގުގެ ތަށި ހޯދިއިރު، ސެމީ ފައިނަލުގައި ވަނީ ރެއާލްގެ މައްޗަށް ކާމިޔާބު ހޯދައިފަ އެވެ.

ކުއާޓާގައި ބަޔާން މިއުނިކާއި ސިޓީގެ މެޗު ހާއްސަަވަނީ ކޯޗު ޕެޕް ގާޑިއޯލާ އަށެވެ. ބާސެލޯނާއާ އެކު 2009 އާއި 2011 ގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ގާޑިއޯލާ އަށް އޭނާ ދެން ހަވާލުވި ދެ ކްލަބް، ބަޔާން އާއި ސިޓީގައި އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިނުވެ އެވެ. ސިޓީ ގޮވައިގެން 2021 ވަނަ އަހަރުގެ ފައިނަލުގައި ގާޑިއޯލާ ވަނީ ޗެލްސީ އަތުން ބަލިވެފަ އެވެ.

ނަޕޯލީން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން، 1990 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ހޯދުމާ ގާތުގައި އޮތްއިރު، މި ވަނީ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. ނަޕޯލީން ކުއާޓާގައި ކުޅޭ މިލާނަކީ ޗެމްޕިއަންސް ލީގުގެ ތަށި ހަތް ފަހަރު ހޯދާފައިވާ ޓީމެކެވެ. މިދިޔަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކުރި މިލާން ޗެމްޕިއަންސް ލީގުގެ ގަދަ އަށް ޓީމު ތެރޭގައި ހިމެނިގެން ކުއާޓާ ފައިނަލުގައި މި ކުޅެނީ 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތައް އޮތީ 11، 12 އާއި 18، 19 ގަ އެވެ. މި އަހަރުގެ ފައިނަލް މެޗު ކުޅޭނީ ތުރުކީގެ އިސްތަންބޫލްގައި ޖޫން 10 ވަނަ ދުވަހުގަ އެވެ. ފައިނަލަށް ހޮވޭ ޓީމުތައް ކަނޑައަޅާ ސެމީ ފައިނަލް އޮތީ އަންނަ މެއި މަހު 9، 10 އާއި 16، 17 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox