ޔުވެންޓަސް އާއި ޔުނައިޓެޑް ޔޫރޮޕާ ލީގުގެ ކުއާޓާ އަށް، އާސެނަލް ކަޓައިފި

Mar 17, 2023, 5:40 AM
ރޭގެ މެޗުގެ ތެރެއިން އާސެނަލްގެ ކީޕަރު ރާމްސްޑޭލް: ސްޕޯޓިން އިން އެއްވަރުކުރި ގޯލު ވަނީ ރަމްސްޑޭލަށް ހެދުނު ގޯހަކުން.

ރޭގެ މެޗުގެ ތެރެއިން އާސެނަލްގެ ކީޕަރު ރާމްސްޑޭލް: ސްޕޯޓިން އިން އެއްވަރުކުރި ގޯލު ވަނީ ރަމްސްޑޭލަށް ހެދުނު ގޯހަކުން.

ލަންޑަން (މާޗް 17) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު ގަދަ 16 ބުރުގެ މެޗުތަކުން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، އަމިއްލަ ދަނޑުގައި ޕެނަލްޓީ ޖަހައިގެން ސްޕޯޓިން ލިޒްބަންގެ އަތްދަށުވެ، އާސެނަލް މުބާރާތުން ކަޓައިފި އެވެ.

ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 4-1 އިން ރެއާލް ބެޓިސް އަތުން މޮޅުވި ޔުނައިޓެޑް ރޭ ވަނީ ރަށުންބޭރުގައި 1-0 އިން ބެޓިސް ބަލިކޮށްފަ އެވެ. ޖަރުމަނުގެ ފްރެއިބާގް އަތުން ރަށުންބޭރުގައި ޔުވެންޓަސް ވަނީ 2-0 އިން މޮޅުވެ، ޖުމްލަ އެގްރިގޭޓުން 3-0 އިން ކުރިހޯދައިފަ އެވެ.

ސްޕޯޓިން ދަނޑުގައި 2-2 އިން މިދިޔަ ހަފްތާގައި އެއްވަރުވިއިރު، ރޭ އާސެނަލް ދަނޑުގައި 120 މިނިޓް ކުޅުން ނިމުނުއިރު، އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ސްޕޯޓިން ކުރިހޯދީ 5-3 އިންނެވެ.

Advertisement

ޔުނައިޓެޑުން ރޭ ބެޓިސް ކޮޅަށް ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 55 ވަނަ މިނިޓްގަ އެވެ. މިއީ ކަސެމިރޯ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު އޭރިއާބޭރުން ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން މާކަސް ރަޝްފޯޑް ޖެހި ގޯލެކެވެ. މި ގޯލު ޖެހުމުގެ ކުރިން ރަޝްފޯޑަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މި ގޯލާ އެކު ރަޝްފޯޑް ވަނީ ޔޫރަޕްގެ މުބާރާތްތަކުގައި ޔުނައިޓެޑަށް 64 މެޗުން 25 ގޯލު ޖަހައިފަ އެވެ. އޭނާ އަކީ ޔުނައިޓެޑަށް ކުޅެމުން އެންމެ މަދު މެޗު ކުޅެގެން އެ އަދަދަށް ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އަނެއްކޮޅުން ޔުނައިޓެޑުން މި ވަނީ ގިނަ އަހަރުތަކަކަށް ފަހު، ޔޫރަޕްގެ މުބާރާތެއްގެ ނޮކައުޓް ބުުރުުގައި ޖެހިޖެހިގެން ދެ މެޗުން ސްޕެއިންގެ ޓީމުތައް ކަޓުވާލައިފަ އެވެ.

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ރަޝްފޯޑް އުފާފާޅުކުރަނީ.

ފްރައިބާގްގެ މެނުއަލް ގަލްޑޭ އަށް ރަތް ކާޑު ދެއްކި މެޗުގައި ރޭ ޔުވެންޓަސްގެ ގޯލުތައް ޖެހީ ޕެނަލްޓީ އަކުން ޑޫސާން ވްލަހޯވިޗް އާއި މެޗުގެ އިތުރު ވަގުތުގައި ފެޑެރީކޯ ކިއޭސާ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލް އިން ރޭގެ މެޗުގެ 19 ވަނަ މިނިޓްގައި ލީޑުނެގީ އޭރިއާތެރެއިން ލިބުނު ރީބައުންސް ބޯޅައެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ގްރޭނިޓް ޝަކާ އެވެ. ސްޕޯޓިން ލިޒްބަން އިން އެއްވަރުކުރީ ހާފުގެ މެދުރޮނގާ ހަމައިން ކުޑަތަންކޮޅެއް ކުރިއަށް ޖެހުމަށްފަހު ޕެޑްރޯ ގޮންކާލްވޭސް ޖެހި ގޯލުންނެވެ. އެ ބޯޅަ ގޯލަށް ވަނީ ކުރިއަށް އަރައި ހުރި އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ބޯމަތިން ގޮހެވެ.

ބާކީ ވަގުތުގައި އާސެނަލާއި ސްޕޯޓިން އަށް އިތުރު ގޯލެއް ނުޖެހި ޕެނަލްޓީގައި ނަތީޖާ ނެރެން ޖެހުނުއިރު، ސްޕޯޓިން މޮޅުވީ ފަސް ޕެނަލްޓީ ވެސް ކާމިޔާބު ކޮށްގެންނެވެ. އާސެނަލަށް ހަތަރު ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ގަބްރިއެލް މާޓީނެލީ ފޮނުވާލި އެ ޓީމުގެ ހަތަރު ވަނަ ޕެނަލްޓީ އެވެ. އާސެނަލުން ޕެނަލްޓީ ކާމިޔާބުކުރީ މާޓީން އޮޑެގާޑް، ބުކާޔޯ ސަކާ، ލެއަންޑްރޯ ޓްރޮސާޑް އެވެ. ސްޕޯޓިންގެ ޕެނަލްޓީތައް ވައްދާލީ ޔެރެމިއާ ޖޫސްޓޭ، ރިކާޑޯ އެސްގާއިއޯ، ގޮންކާލޯ އިނާޝިއޯ، އާތޫރު ގޯމޭސް އަދި ނޫނޯ ސަންޓޯސް އެވެ.

ޔުނައިޓެޑާއި ޔުވެންޓަސް އަދި ސްޕޯޓިން ލިޒްބަންގެ އިތުރުން ދެން ކުއާޓާ ފައިނަލުން ފުުރުސަތު ހޯދީ ޖަރުމަނުގެ ބަޔާ ލެވަކޫސަން، އިޓަލީގެ ރޯމާ، ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް ގިލޯއިސް، ސްޕެއިނުގެ ސެވިއްޔާ އަދި ނެދަލެންޑްސްގެ ފެޔަނޫޑް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox