ކަސެމީރޯ އަށް ދެއްކި ރަތް ކާޑަށް އެޕީލް ނުކުރަން ޔުނައިޓެޑުން ނިންމައިފި

Mar 14, 2023, 6:12 AM
ކަސެމީރޯ އަށް ދެއްކި ރަތް ކާޑަށް އެޕީލް ނުކުރަން ޔުނައިޓެޑުން ނިންމައިފި

ލަންޑަން (މާޗު 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑް އާއި ސައުތެމްޓަން ބައްދަލުކުރި މެޗުގައި ޔުނައިޓެޑްގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ އަށް ދެއްކި ރަތް ކާޑު އެޕީލްނުކުރަން އެ ކްލަބުން ނިންމައިފި އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ލަނޑެއް ނުޖެހި އެއްވަރުވި މެޗުގެ ފުރަތަމަ ހާފުގައި ސައުތެމްޓަންގެ ކާލޮސް އަލްކަރާޒަށް ކަސެމީރޯ ކުރި ޓެކަލްއަކާ ގުޅިގެން ރެފްރީ އެންތަނީ ޓޭލާ އެންމެ ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. އެހެން ނަމަވެސް، ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު، ރެފްރީ ޓޭލާ ވަނީ އޭނާގެ ނިންމުން ސީދާ ރަތް ކާޑަކަށް ބަދަލުކޮށްފަ އެވެ.

ސީދާ ރަތްކާޑުގެ ސަބަބުން، ކަސެމީރޯ ހަތަރު މެޗަށް ސަސްޕެންޑްވާނެ އެވެ. ސީދާ ރަތް ކާޑަކާ އެކު ތިން މެޗުގެ ސަސްޕެންޝަނެއް އަންނަ ގޮތަށް އޮތް ނަމަވެސް، މިއީ މި ސީޒަންގައި ކަސިމޭރޯ އަށް ދެއްކި ދެ ވަނަ ރަތް ކާޑު ކަމަށްވާތީ ކަސެމީރޯގެ ސަސްޕެންޝަނަށް އެއް މެޗު ވަނީ އިތުުރުވެފަ އެވެ.

މި ސަސްޕެންޝަނާ ގުޅިގެން އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ފުލަމްއާ ދެކޮޅަށް ކުޅޭ މެޗާއި ޕްރިމިއާ ލީގުގައި ނިއުކާސަލް، އެވަޓަން އަދި ބްރެންޓްފޯޑާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުތަކުގައި ކަސެމީރޯ އަށް ނުކުޅެވޭނެ އެވެ.

ޔުނައިޓެޑް ރަތްކާޑަށް އެޕީލްނުކުރި އެންމެ ބޮޑު ސަބަބަކީ އެޕީލް ކާމިޔާބުވާނެކަމުގެ ފުރުސަތު ކުޑަވުމެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ މެޗަށް ފަހު ކަސެމީރޯ އަށް ދެއްކި ރަތްކާޑާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

"ޔޫރަޕްގައި 500 މެޗު ކުޅުނުއިރު، ކަސެމީރޯ އަށް އެންމެ ރަތްކާޑެއް ނުދައްކާ. އެކަމަކު މިހާރު އޭނާ ދެ ރަތްކާޑު ހޯދައިިފި. ކަސެމީރޯ އަކީ ވަރުގަދަކޮށް ކުޅޭ ކުޅުންތެރިއެއް. އެކަމަކު އޭނާ އަކީ ފެއާ ކުޅުންތެރިއެއް،" ޓެން ހާގް ބުންޏެވެ. "ރީޕްލޭ ސްލޯކޮށްގެން ބަލާއިރު، މަންޒަރު ވަރަށް ތަފާތުވާނެ. ފުޓްބޯޅަ އެނގޭ މީހުންނަށް ބަލާފައި އެނގޭނެ ގޯސް ފައުލެއްވެއްޖެއްޔާ،"

ރެއާލް މެޑްރިޑަށް ކަސެމީރޯ ކުޅުނު 336 މެޗުން އެންމެ ރަތް ކާޑެއް ވެސް ދައްކާފައިނުވެ އެވެ. އެކަމަކު، ޔުނައިޓެޑަށް ކުޅެދިން 37 މެޗުގައި ކަސެމީރޯ މި ވަނީ ދެ ރަތް ކާޑު ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox