އަހަރު ފަހުކޮޅުގައި ފީފާ ވޯލްޑް ކަޕް ދެން ނުބޭއްވޭނެ: ފިފްޕްރޯ

Mar 10, 2023, 4:37 AM
އަހަރު ފަހުކޮޅުގައި ފީފާ ވޯލްޑް ކަޕް ދެން ނުބޭއްވޭނެ: ފިފްޕްރޯ

ޒިއުރިކް (މާޗް 10) - އެކަށީގެންވާ ރަނގަޅު ޕްލޭނެއް ނެތި އަހަރު ފަހުކޮޅުގައި، ފީފާ ވޯލްޑް ކަޕްގެ އިތުރު މުބާރާތެއް ހޯސްޓް ނުކުރަން ދުނިޔޭގެ ފުޓްބޯޅައިގެ ކުޅުންތެރިންގެ ޖަމިއްޔާ، ފިފްޕްރޯ އިން ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެންމެ ފުރަތަމަ އަހަރު ފަހުކޮޅުގައި ބޭއްވި ވޯލްޑް ކަޕަކީ މިދިޔަ އަހަރުގެ ނޮވެމްބަރު/ޑިސެމްބަރު ގައިި ގަތަރުގައި ހޯސްޓްކުރި މުބާރާތެވެ. މި މުއްދަތުގައި ވޯލްޑް ކަޕް ބާއްވަން ޖެހުނީ އާންމުކޮށް ވޯލްޑް ކަޕް ބާއްވަމުން އަންނަ ޖޫން/ޖުލައި ގައި ގަތަރު ހޫނުގަދަވުމުން އޭރު މެޗުތައް ކުޅެން އެކަށީގެންނުވާތީ، ކަމާބެހޭ މާހިރުންގެ ލަފާގެ މަތިންނެވެ.

ގަތަރު ވޯލްޑް ކަޕަކީ އިންތިޒާމުގެ ގޮތުން ފުރިހަމަ ވޯލްޑް ކަޕެއް ކަމަށް ގިނަ ބަޔަކު ބުނެ، ތައުރީފުކުރި ނަމަވެސް، ޔޫރަޕާއި ދުނިޔޭގެ ގިނަ ހިސާބުތަކެއްގެ ކްލަބް ފުޓްބޯޅަ ސީޒަން މެދުކަަނޑާލުމަށް ފަހު، އެކަށީގެންވާ ޕްލޭނެއް ނެތި އެ ގޮތަށް ވޯލްޑް ކަޕެއް ބޭއްވުމުން ކޮންމެވެސް ވަރަކަށް ފާޑުކިޔުންތައް އަމާޒުވެގެންދިޔަ އެވެ.

އެ ގޮތުން، ކުޅުންތެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ، ފިފްޕްރޯ އިން ވަނީ މުހިންމު ނުކުތާތަކެއް ފާހަކޮށް، ދެން ޕްލޭނެއް ނެތި އަހަރު ފަހުކޮޅުގައި ވޯލްޑް ކަޕެއް ބާއްވަން ކުރާ މަސައްކަތަށް ތާއީދު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

އެންމެ އިސް ކަމެއްގެ ގޮތުގައި ފިފްޕްރޯ އިން ފާހަގަކޮށްފައިވާ އެއް ކަމަކީ، ކުޅުންތެރިންގެ ސިއްހަތަށް ބަލާއިރު، މި ގޮތަށް ޕްރެޝަރު ބޮޑު މުބާރާތް ބޭއްވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެ ގޮތުން މި ފަހަރުގެ ވޯލްޑް ކަޕް ނިންމާފައި ގިނަ ކުޅުންތެރިންތަކަކަށް ރިކަވަރީ އަށް ލިބުނީ އަށް ދުވަސް ކަމަށާއި އާންމު ގޮތެއްގައި އެވްރެޖްކޮށް 37 ވަރަކަށް ދުވަސް, ކޮންމެ ވޯލްޑް ކަޕަކަށް ފަހު ކުޅުންތެރިންނަށް ލިބޭ ކަމަށެވެ.

ޕޮލެންޑްގެ ކަމިލް ގްލިކް ވަނީ އެ ޓީމު ވޯލްޑް ކަޕުން ކެޓިތާ ހަަތަރު ދުވަސް ފަހުން، ކްލަބް ލެވެލްގައި މެޗެއް ކުޅެފަ އެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ރަފައެލް ވަރާން ވަނީ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވި މެޗަށް އަށް ދުވަސް ވީ ތަނުން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފަ އެވެ.

މީގެ އިތުރުން ގައުމުތަކުން އާންމުކޮށް ވޯލްޑް ކަޕަށް ތައްޔާރުވާން 31 ދުވަސް ލިބޭ ގޮތަށް ކުރިން އޮތް ނަމަވެސް އެ މި ފަހަރު އޮތީ ހަތް ދުވަހަށް ކުޑަވެފައި ކަމަށްވާތީ، އަނިޔާވެދާނެތީވެ އެ ބިރާ އެކު ކުޅެން ހަދައިގެން މި ފަހަރުގެ ވޯލްޑް ކަޕްގައި އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިންތަކަކަށް ގެއްލިފައިވާ ކަމަށް ވެސް ފިފްޕްރޯ އިން ބުނެފައިވެ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ، އަހަރު ފަހުކޮޅުގައި ވޯލްޑް ކަޕް ބޭއްވުން ރަނގަޅު ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވައިފަ އެވެ. އެ ގޮތުން، އިންފަންޓީނޯ ވިދާޅުވީ މި ފަަހަރުގެ ވޯލްޑް ކަޕްގައި ރަނގަޅު ގިނަ މެޗުތަކެއް ފެނިގެންދިޔަ އެއް ސަބަބަކީ ފުޓްބޯޅަ ސީޒަނުގެ ތެރޭގައި ކުޅެން ޖެހުން ކަމަށެވެ.

ފީފާ އިން 2030 ވަނަ އަަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރާނެ ގައުމެއް ކަނޑައެޅުމުގެ ކަންކަން މިހާރު ކުރިއަށްދާއިރު، ލިބިފައި އޮތް އެއް ބިޑްގައި އޮތީ ސައުދީ އަރަބިއްޔާ، މިސްރު އަދި ގްރީސް އެވެ. ސައުދީ އަރަބިއްޔާ އަކީ ވެސް ޖޫން/ޖުލައި ގައި ހޫނުގަދަ ގައުމެއްގެ ގޮތުގައި ފެންނަން އޮތުމުން، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެސް އަހަރު ފަހުކޮޅު ކުޅެން ޖެހިދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ފީފާގެ އޮފިޝަލަކު ދާދި ފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ވޯލްޑް ކަޕް ހޯސްޓްކުރާ ތާރީހަށް ބަދަލެއް އަންނަ ކަމަށް ވާނަމަ އެއާ ގުޅޭ އުސޫލުތަކެއް ހެދިފައި ހުންނަން ޖެހޭނެ ކަމަށާއި ފީފާގެ ޓެކްނިކަލް ސްޓަޑީ ގްރޫޕުން އެކަން ކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox