ފުރަތަމަ ލެގުގައި ޔުނައިޓެޑާއި ޔުވެންޓަސް އަށް މޮޅެއް، އާސެނަލް އެއްވަރު

Mar 10, 2023, 3:59 AM
ފުރަތަމަ ލެގުގައި ޔުނައިޓެޑާއި ޔުވެންޓަސް އަށް މޮޅެއް، އާސެނަލް އެއްވަރު

މެންޗެސްޓާ (މާޗް 10) - ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސް މޮޅުވިއިރު، އާސެނަލް ކުޅުނު މެޗުން އެއްވަރުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އަތުން ޔުނައިޓެޑް ވަނީ 4-1 އިން މޮޅުވެފަ އެވެ. ފްރައިބާގްގެ މައްޗަށް ޔުވެންޓަސް އިން 1-0 އިން ކުރިހޯދިއިރު، ރަށުންބޭރުގައި ސްޕޯޓިން ލިޒްބަންއާ ކުޅެގެން އާސެނަލް ވަނީ 2-2 އިން އެއްވަރުވެފަ އެވެ.

ޔުނައިޓެޑްގެ މާކަސް ރެޝްފޯޑް ވަނީ ހަ ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، މެޗުގެ 32 ވަނަ މިނިޓްގައި ބެޓިސް އަށް ކުޅޭ އަޔޯޒީ ޕެރޭޒް ވަނީ އެ ޓީމަށް ހަމަހަމަކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ބެޓިސް އަށް ލީޑުނަގައިދޭން އަޔޯޒީ ޕެރޭޒަށް ލިބުނު ފުރުސަތުގައި ކުރި އެޓޭކުގައި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުން ޔުނައިޓެޑް މޮޅުވީ ދެ ވަނަ ހާފުގެ ގޯލުތަކާ އެކު އެވެ. އެ ގޮތުން، އެ ޓީމުން ވަނީ ދެ ވަނަ ހާފުގައި އިތުރު ތިން ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަތް މިނިޓް ތެރޭ، މެޗުގެ 52 ވަނަ މިނިޓްގައި އެންޓޮނީ ޔުނައިޓެޑަށް ލީޑުނަގައިދިނީ ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުންނެވެ. އޭގެ ހަ މިނިޓް ފަހުން، ފެނާންޑޭސް ވަނީ ގޯލެއް ޖަހައި، ޔުނައިޓެޑަށް ޕްރެޝަރު ކަނޑުވާލައިފަ އެވެ. ޔުނައިޓެޑްގެ ފަހު ލަނޑު ޖެހީ ލޫކް ޝޯ ދިން ބޯޅައަކުން ވައުޓް ވެގްހޯސްޓް އެެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޔުވެންޓަސް އިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 53 ވަަނަ މިނިޓްގަ އެވެ. މިއީ ފިލިޕް ކޮސްޓިޗް ދިން ބޯޅައަކުން އެންހެލް ޑި މާރިއާ ޖެހި ގޯލެކެވެ. ޔުވެންޓަސް އިން ޔޫރަޕް ފުޓްބޯޅަ މުބާރާތުގެ ތަށްޓެއްގައި އެންމެ ފަހުން އަތްލީ 1996 ވަނަ އަހަރު އެވެ. އެހެންކަމުން، މި ފަހަރުގެ ޔޫރޮޕާ ލީގު ކާމިޔާބުކޮށް، އެ އިންތިޒާރަށް ނިމުން ގެނައުމުގެ ފުރުސަތު އޮތީ ފަހިކޮށް ކަމަށް އެ ޓީމުން ދެކެ އެވެ.

ސްޕޯޓިން ލިޒްބަން ސަޕޯޓަރުންގެ ކުރިމަތީގައި އާސެނަލުން ވަނީ ވިލިއަމް ސަލީބާ ބޮލުން ޖެހި ގޯލަކުން ލީޑުނަގައިފަ އެވެ. އެކަމަކު، ފުރަތަމަ ހާފު ވެސް އެ ޓީމުގައި ނިންމައިނުލެވުނެވެ. އެ ގޮތުން، މެޗުގެ 34 ވަނަ މިނިޓްގައި ސްޕޯޓިންގެ ގޮންޒާލޯ އިނާޝިއޯ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އަދި ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، 10 މިނިޓް ތެރޭ ޑިއާޒް ފެނާންޑޭޒް ވަނީ ސްޕޯޓިން އަށް ލީޑުނަގައިދީފަ އެވެ. ސްޕޯޓިން އިން ޖެހި ދެ ގޯލުގައި ވެސް އާސެނަލްގެ ފަހަތުން ހެދި ގޯސްތަކުގެ ފައިދާ ވަނީ ރަނގަޅަށް ނަގައިފަ އެވެ.

އާސެނަލަށް އެއްވަރުކޮށްދިން ލަނޑަކީ ސްޕޯޓިންގެ ޖަޕާނުގެ މިޑްފީލްޑަރު، ހިޑެމާސާ މޮރީޓާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ގަދަ 16 ބުރުގައި ރޭ ކުޅުނު އެހެން ބައެއް މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ހޯސޭ މޮރީނިއޯގެ ރޯމާ އިން ވަނީ 2-0 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށްފަ އެވެ. ސެވިއްޔާ އިން 2-0 އިން ފެނަބާޗޭ ކައިރިން ކުރިހޯދިއިރު، ޝަހުތަރު ޑޮނެސްކާއި ފެޔަނޫޑް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox