ތިމަރަފުށި، ގަން، ވާދޫ، ކުޑަހުވަދޫ އަދި އޭދަފުށި ކުއާޓާ އަށް

Mar 9, 2023, 3:37 AM
ތިމަރަފުށީގެ މެޗެއްގެ ތެރެއިން އެ ޓީމުގެ އާދަމް ނާސިހު (އާދަންނާ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ ޔަސައު

ތިމަރަފުށީގެ މެޗެއްގެ ތެރެއިން އެ ޓީމުގެ އާދަމް ނާސިހު (އާދަންނާ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ ޔަސައު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގަދަ 16 ބުރުގެ މެޗުތަކުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން، ތ. ތިމަރަފުށީގެ އިތުރުން ލ. ގަން، ގދ. ވާދޫ، ދ. ކުޑަހުވަދޫ އަދި ބ. އޭދަފުށި މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ގަދަ 16 ބުރުގައި ރޭ ތިމަރަފުށްޓާއި ކ. ގާފަރު ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، ޕެނަލްޓީގައި ތިމަރަފުށި މޮޅުވީ 5-3 އިންނެވެ. ލ. ގަމުން ވަނީ ފޯރިގަދަ މެޗަކަށް ފަހު، 2-1 އިން މ. ދިއްގަރު ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގެ ގޯލުތަކުން، ގދ. ވާދޫން ވަނީ 3-0 އިން އދ. މާމިގިލިގެ މައްޗަށް ކުރިހޯދައިފަ އެވެ. ށ. ކަނޑިތީމު އަތުން ދ. ކުޑަހުވަދޫ އަށް 2-1 އިން ކުރިހޯދުނުއިރު، ބ. އޭދަފުށިން ވަނީ 2-0 ޏ. ފުވައްމުލަކު ދަނޑިމަގު ބަލިކޮށްފަ އެވެ.

ރޭ ކުޅުނު ގަދަ 16 ގެ އެހެން މެޗުތަކަށް ބަލާއިރު، ހދ. ނައިވާދޫން ވަނީ 3-2 އިން ވިލިމާލެ ބަލިކޮށްފަ އެވެ. މާފަންނުން ވަނީ ފަސޭހަކަމާ އެކު 5-0 އއ.ގެ ޗެމްޕިއަން، ބޮޑުފޮޅުދޫ އަތުން މޮޅުވެފަ އެވެ. އަދި ރ. އިނގުރައިދޫން ވަނީ 4-1 އިން ސ. ފޭދޫގެ މައްޗަށް ކުރިހޯދައިފަ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނު ހަމައެކަނި މެޗުގައި ތިމަރަފުށިން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. ގާފަރަށް ނާކާމިޔާބުވީ ހަތަރު ޕެނަލްޓީގެ ތެރެއިން އައްޒާމް ނިޔާޒް ޖެހި ޕެނަލްޓީ އެވެ. އެ ޕެނަލްޓީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު، ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާން ވަނީ މަތަކޮށްފަ އެވެ.

ތިމަރަފުށިން ޕެނަލްޓީތައް ކާމިޔާބުކުރީ އާދަމް ނާސިހު (އާދަންނާ)، އަހުމަދު ހައިލަމް، އަބްދުﷲ ޒިޔާން، އިބްރާހިމް ސިނާހު (ސިނާ) އަދި އިބްރާހިމް އަސްވަދު (ގަބޭ) އެވެ. ގާފަރުން އަލީ މާއިސް (މައްޓު) އާއި ޝަޔާން ރަޝީދު އަދި އިބްރާހިމް ރިމާހު ޕެނަލްޓީ ކާމިޔާބުކުރި އެވެ.

ތިމަރަފުށިން މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރި ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ގާފަރު ބަލިކޮށްގެންނެވެ. އެކަމަކު، މި ފަހަރު ޝީލްޑް މެޗުގައި ގާފަރުން ވަނީ 3-0 އިން ތިމަރަފުށި ބަލިކޮށްފަ އެވެ.

ލ. ގަމުން ރޭގެ މެޗުގައި ދެ ގޯލު ވެސް ޖެހީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ. އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ޖެހި ޝޮޓަކުން އައްމަޑޭ ގަމަށް ލީޑުނަގައިދިންއިރު، އޭނާ ދެ ވަނަ ފަހަރަށް އެ ޓީމަށް ލީޑުހޯދައިިދިނީ ހިލޭ ޖެހުމަކުން ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ. ދިއްގަރު ޓީމުގެ ލަނޑުތައް ޖެހީ ހުސެއިން ފާރިޝް އާއި މުހައްމަދު އަލީ އެވެ.

މި ފަހަރުގެ މުބާރާތުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ވާދޫ ޓީމަށް ރޭގެ މެޗުގައި ތިން ގޯލު ވެސް ޖަހައިދިނީ ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ މުހައްމަދު އިޔާދު އަލީ އެވެ. އަނިޔާގެ ސަބަބުން މާމިގިލީގެ ހިސާމް ސަލީމް (ކޮކީ) އަށް މި މެޗުގައި ނުކުޅެވުނެވެ. އަނެއްކޮޅުން މި މެޗުގައި މާމިގިއްޔަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ.

ޒޯން ފަހެއްގެ ޗެމްޕިއަން، ކުޑަހުވަދޫން ރޭ ކަނޑިތީމު ބަލިކުރިއިރު، ކުޑަހުވަދޫގެ ގޯލުތައް ޖެހީ ހާރޫން އިބްރާހިމް (ހާންޑޯ) އާއި އަބްދުﷲ މުގުސިތު އެވެ. ކަނޑިތީމުގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ރިޒާން އެވެ. އޭދަފުށިން ދަނޑިމަގު ބަލިކުރިއިރު، މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑަކީ އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) ޖެހި ބޯޅައެއް ކީޕަރާއި ދަނޑިމަގުގެ އެހެން ކުޅުންތެރިއަކު ގައިގައި ޖެހިފައި ވަން ގޯލެކެވެ. ދެ ވަނަ ހާފުގައި ކައުންޓަ އެޓޭކެއްގައި އޭދަފުށިން ދެ ވަނަ ލަނޑު ޖެހިއިރު، މިއީ ދަނޑިމަގުގެ އިސްމާއިލް އަލީފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ނައިވާދޫން ރޭގެ މެޗުގައި މުހައްމަދު އަސްލަމްގެ ދެ ގޯލުން ލީޑެއް ނެގި އެވެ. ވިލިމާލެ އިން ކުޅުން ރަނގަޅުކޮށް، އަލީ ޝިޔާހު (ޝިޔާ) އާއި އިސްމާއިލް ވިފާގު (އިއްސެ) ޖެހި ލަނޑުތަކުން އެއްވަރުކުރިއިރު، މެޗު ނިމެން 30 ސިކުންތަށް ވެފައި ވަނިކޮށް ނައިވާދޫގެ އަބްދުﷲ ވިސާމް (ވިޝަންޓެ) ވަނީ އެ ޓީމު މޮޅުކޮށްދިން ގޯލު ޖަހައިފަ އެވެ. މާފަންނުން ފަސޭހައިން ބޮޑުފޮޅުދޫ ބަލިކުރިއިރު، ލަނޑުތައް ޖެހީ މުހައްމަދު އިމްރާން (އިންމި) ދެ ގޯލާއި މުހައްމަދު ލިޔާހު، ހުސެއިން ސުހެއިލް އަދި މުހައްމަދު ޔަފާއު (ޔާ) އެވެ.

ރޭ އިނގުރައިދޫން ވަނީ ފުރަތަމަ މިނިޓުގައި ލީޑުނަގައި، ސ. ފޭދޫ ކައިރީގައި މެޗުގެ ކޮންޓްރޯލް ނަގައިގެން މޮޅަށް ކުޅެފަ އެވެ. އިނގުރައިދޫގެ އަހުމަދު އައިހަމް (އައިހު) ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ލަނޑު ޖެހީ މުހައްމަދު ޖުމާން އެވެ. ފޭދޫގެ ހަމައެކަނިި ލަނޑު ޖެހީ ޔޫސުފް ސިދާމް އަލީ އެވެ.

ކުއާޓާ ފައިނަލް މެޗުތައް:

11 މާޗް 2023

އިނގުރައިދޫ - ނައިވާދޫ

މާފަންނު - ގދ. ވާދޫ

ތިމަރަފުށި - ގަން

އޭދަފުށި - ކުޑަހުވަދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox