"އެންމެ ވަރުގަދައީ ޕްރިމިއާ ލީގު، އަހަންނާ ގުޅެނީ އިޓަލީ ލީގު"

Mar 7, 2023, 4:02 AM
"އެންމެ ވަރުގަދައީ ޕްރިމިއާ ލީގު، އަހަންނާ ގުޅެނީ އިޓަލީ ލީގު"

ނޭޕްލްސް (މާޗް 7) - ދުނިޔޭގެ ފުޓްބޯޅަ އަށް ބެލިޔަސް ގިނަ ބަޔަކު ދެކޭގޮތުގައި އެންމެ ވަރުގަދަ ލީގަކީ، އިނގިރޭސި ޕްރިމިއާ ލީގު ކަމަށާއި އެހެން ނަމަވެސް މި ވަގުތު އޭނާއާ އެންމެ ގުޅެނީ އިޓަލީ ލީގު ކަމަށް ނަޕޯލީ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ނައިޖީރިއާ ފޯވާޑް، ވިކްޓަ އޮސީމެން ބުނެފި އެވެ.

ދާދި ފަހުން އިޓާލިއަން ލީގުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ހޯދި އޮސީމެން، 24، ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ބައެއް ރިޕޯޓްތައް ބުނާގޮތުން އޮސީމެން ގަންނަން 100 މިލިއަން ޑޮލަރުގެ ޕެކޭޖެއް ހުށަހަޅަން އެ ދެ ކްލަބުން ގަދަހިފުމަކަށް ދާން ތައްޔާރަށް އޮތް ކަމަށް ވެ އެވެ.

މީގެ ތިން އަހަރު ކުރިން ފްރާންސްގެ ލިލް ދޫކޮށް 85 މިލިއަން ޑޮލަރަށް ނަޕޯލީ އަށް ބަދަލުވެ، ތަފާތު ފޯމެއްގައި ކުޅެމުން އަންނަ އޮސީމެން ބުނީ ނަން މަޝްހޫރު ކްލަބްތަކުން އޭނާ ހޯދަން ޝައުގުވެރިވި ކަމުގައި ވިޔަސް ފޯކަސް އަކީ ނަޕޯލީގައި މަޑުކުރުން ކަމަށެވެ.

"ގިނަ ބަޔަކު ބުނޭ އެންމެ ވަރުގަދަ ލީގަކީ އިނގިރޭސި ޕްރިމިއާ ލީގު ކަމަށް. އެހެންވެދާނެ، އެކަމަކު، އެ އަށް އަހަންނެއް ނުވިސްނަން. އަހަރެން ދެކޭ ގޮތުގައި އަހަންނާ އެންމެ ގުޅެނީ އިޓާލިއަން ލީގު. އަހަރެން މި ލީގުގައި މި ކުޅެނީ އުފަލުން،" އޮސީމެން ބުންޏެވެ.

"ކޮންމެ ވެސް ދުވަހެއްގައި އަހަރެން ޕްރިމިއާ ލީގުން ފެނިދާނެ. އެކަމަކު، މިއީ އަހަރެން ނަޕޯލީއާ އެކު ކުރެވޭ އުންމީދުތައް ހާސިލްކުރަން މަަަސައްކަތް ކުރަން ބޭނުންވާ ވަގުތެއް،"

ނަޕޯލީން މި ވަގުތު އޮތީ އިޓާލިއަން ލީގުގެ އެއް ވަނައިގައި 15 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބާކީ 13 މެޗު އޮތްއިރު، އޮސީމެން ބުނީ ކޮންމެ މެޗެއްގައި ވެސް ފޯކަސް ގެއްލުވައިނުލައި ކުޅުން މުހިންމު ކަމަށެވެ. އަދި ނަޕޯލީ ސަޕޯޓަރުން ތިބީ 1990 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ތަށްޓެއްގެ އިންތިޒާރުގައި ކަމަށާއި އެ އުންމީދު ހާސިލްކޮށްދޭން ހުރިހާ މަސައްކަތެއް ކުރާނެ ކަަމަށެވެ.

ނަޕޯލީއާ އެކު 2025 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ކޮންޓްރެކްޓް އޮތް އޮސީމެން ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 26 މެޗުން 21 ގޯލު ޖަހައި، ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox