ގަދަ 16 ބުރުގައި ތިމަރަފުށްޓާއި ގާފަރުގެ ކުރިމަތިލުމެއް

Mar 7, 2023, 3:30 AM
މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުމުގެ ކުރިން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ގާފަރާއި ތިމަރަފުށި ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުމުގެ ކުރިން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ގާފަރާއި ތިމަރަފުށި ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގަދަ 16 ބުރުގައި މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި ކ. ގާފަރާއި ތ. ތިމަރަފުށި ބައްދަލުކުރަން ޖެހިއްޖެ އެވެ.

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ގާފަރާއި ތިމަރަފުށި ބައްދަލުކުރިއިރު، ދެ ޓީމު އޮތީ، މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު، 2-2 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ތިމަރަފުށި މޮޅުވީ 3-2 އިންނެވެ. އެކަމަކު، މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ފަށަން ކުޅުުނު ޗެރިޓީ ޝީލްޑް މެޗުން ތިމަރަފުށި އަތުން ގާފަރު ވަނީ 3-0 އިން މޮޅުވެފަ އެވެ.

މި ފަހަރުގެ މުބާރާތުގައި ކ. އަތޮޅު ބުރުގައި ގާފަރު ވަނީ ފައިނަލުގައި ކ. ދިއްފުށި އަތުން ބަލިވެފަ އެވެ. އެކަަމަކު، ޒޯން ތިނެއްގެ ފައިނަލުގައި ރޭ ވަނީ އއ. އަތޮޅުގެ ޗެމްޕިއަން، ބޮޑުފޮޅުދޫ ބަލިކޮށްފަ އެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ދެ ފައިނަލުގައި ކުޅެ ބަލިވެފައިވާ ގާފަރުން މި ފަހަރުގެ މުބާރާތަށް ނުކުތީ ތަށްޓަށް އަމާޒުކޮށް ދުރާލާ ތައްޔާރުވެގެންނެވެ. އެއީ ކޯޗު އަބްދުﷲ ނަސީރު (އަބޯ)ގެ އިރުޝާދުގެ ދަށުންނެވެ.

ގޯލްޑަން ފުޓްސަލް ޗެެލެންޖްގެ ތަށި ތިން ފަހަރު ހޯދި ތިމަރަފުށްޓަށް މި ފަހަރުގެ މުބާރާތަކީ އެންމެ ރަނގަޅު މުބާރާތެއް ނޫނެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ގާފަރާ ކުޅެ ޝީލްޑް ގެއްލުނުއިރު، އަތޮޅު ތަށި ގެއްލުނީ ފައިނަލުގައި ފަހު ވަގުތު ތ. ކިނބިދޫ އަތުން ބަލިވެގެންނެވެ. ޒޯން ބުރުގައި ކުޅުން ރަނގަޅުކުރި ނަމަވެސް ޒޯން ފައިނަލުގައި ރޭ ވަނީ ދ. ކުޑަހުވަދޫ އަތުން ބަލިވެފަ އެވެ. ތިމަރަފުށީގެ ކޯޗު އަލީ ފަހުމީ (އައްޔަ) ހުރީ ގަދަ ކުރިއަށް އޮތް މެޗުން ރަނގަޅު ކުރުމުގެ އަމާޒުގަ އެވެ.

ގދ. 16 ބުރުގެ ހުރިހާ މެޗެއް މާދަމާ ރެ އަށް ތާވަލުކުރެވިފައިވާއިރު، ޒޯން އަށެއްގެ ޗެމްޕިއަން، ހދ. ނައިވާދޫ ކުޅޭނީ ޒޯން އަށެއްގެ ރަނަރަޕް، ވިލިމާލެއާ އެވެ. ޒޯން ދޭއްގެ ޗެމްޕިއަން، ރ. އިނގުރައިދޫ ކުޅޭނީ ޒޯން ހަތެއްގެ ރަނަރަޕް، ސ. ފޭދޫއާ އެެވެ. ޒޯން ހަތަރެއްގެ ޗެމްޕިއަން، ދިއްގަރު ބައްދަލުކުރާނީ ޒޯން ހައެއްގެ ރަނަރަޕް، ލ. ގަމާ އެވެ. ޒޯން ތިނެއްގެ ޗެމްޕިއަން، ގާފަރުން ޒޯން ފަހެއްގެ ރަނަރަޕް، ތިމަރަފުށްޓާ ކުޅޭއިރު، ޒޯން އަށެއްގެ ޗެމްޕިއަން، މާފަންނު ކުޅޭނީ ޒޯން ތިނެއްގެ ރަނަރަޕް، އއ. ބޮޑުފޮޅުދޫއާ އެވެ.

ޒޯން ހައެއްގެ ޗެމްޕިއަން، ގދ. ވާދޫން ނުކުންނާނީ ޒޯން ހަތަރެއްގެ ރަނަރަޕް، އދ. މާމިގިއްޔާ ދެކޮޅަށެވެ. ޒޯޯން ފަހެއްގެ ޗެމްޕިއަން، ކުޑަހުވަދޫން ޒޯން އެކެއްގެ ރަނަރަޕް، ށ. ކަނޑިތީމާ ކުޅޭއިރު، ޒޯން ހަތެއްގެ ޗެމްޕިއަން، ޏ. ފުވައްމުލަކު، ދަނޑިމަގު ބައްދަލުކުރާނީ ޒޯން ދޭއްގެ ރަނަރަޕް ބ. އޭދަފުށްޓާ އެވެ.

ގަދަ 16 ބުރުގެ މެޗުތައް

8 މާޗް 2023

20:00 - ހދ. ނައިވާދޫ/ ވިލިމާލެ

20:00 - ރ. އިނގުރައިދޫ/ ސ. ފޭދޫ

21:00 - މ. ދިއްގަރު/ ލ. ގަން

21:00 - ކ. ގާފަރު/ ތ. ތިމަރަފުށި

22:00 - މާފަންނު/ އއ. ބޮޑުފޮޅުދޫ

22:00 - ގދ. ވާދޫ/ އދ. މާމިިގިލި

23:00 - ދ. ކުޑަހުވަދޫ/ ށ. ކަނޑިތީމު

23:00 - ޏ. ފުވައްމުލަކު ދަނޑިމަގު/ ބ. އޭދަފުށި

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox