މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސެލްފް ސާވިސް އޭޓީއެމް އެއް ވިލިމާލޭގައި މިއަދު ހުޅުވައިފި އެވެ.
މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި އިސްލާމިކް ބޭންކްގެ ޗެއާމަން މަޖީދު ރަހުމާނެވެ.
ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ހުޅުވި މި އޭޓީއެމްއަކީ މާލެ ސިޓީ ކައުންސިލާ ގުޅިގެންނެވެ. އޭޓީއެމްގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މިއީ ވިލިމާލޭ ރައްޔިތުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށެވެ.
އަދި، ކުރިއަށް އޮތް ތަނުގައި ވެސް ވިލިމާލޭގެ ރައްޔިތުންނަށް މިފަދަ ކަންކަން ކޮށްދޭނެ ކަމުގެ ޔަގީން ކަން މުއިއްޒު ދެއްވި އެވެ.









