ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ "ޖަސްޓިސް" ދުނިޔޭގެ ޓުއާ ކެންސަލްކޮށްފި އެވެ.
އުމުރުން 29 އަހަރުގެ ލަވަކިޔުންތެރިޔާ ވަނީ ޓުއާގެ ބާކީ ހުރި ޝޯތައް ތަކުރާރުކޮށް ފަސްކޮށްފަ އެވެ. އެންމެ ފަހުން ޝޯތައް ކެންސަލް ކުރިއިރު، ޓިކެޓް ހުށަހެޅުމުން ރީފަންޑް ދޭނެ ކަމަށް ޓުއާގެ ރަސްމީ ޓްވިޓާ އެކައުންޓުން ބުންޏެވެ.
ރަމްސީ ހަންޓް ސިންޑްރޯމް ކުރިމަތިވެ ޖަސްޓިން ބީބާގެ މޫނުގެ އެއް ފަޅިން ވާގިނެތެން ދިމާވި ފަހުން، މިދިޔަ ސެޕްޓެމްބަރު މަހު އޭނާ ބުނީ "ސިއްހީ ކަންކަމަށް އިސްކަންދޭނެ" ކަމަށެވެ.
"ޖަސްޓިސް" ޓުއާގެ ބައެއް ޝޯތައް މީގެ ކުރިން ހުށަހަޅާފައިވާ އިރު، ޝޯ ނުދީ ހުރީ އެމެރިކާ، އޮސްޓްރޭލިއާ އަދި ޔޫރޮޕްގެ ގައުމުތަކުގަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޓުއާގެ ޝޯތަކަށް ޓިކެޓު ވިއްކައިގެން 55 މިލިއަން ޑޮލަރު ލިބުނެވެ. އެކަމަކު ކެންސަލް ކުރި ޝޯތަކަށް ރީފަންޑު ނުލިބޭ ކަމަށް ބައެއް މީހުން ބުނެ އެވެ.

ގްރެމީ އެވޯޑު ހާސިލްކޮށްފައިވާ ކެނެޑާގެ ލަވަކިޔުންތެރިޔާގެ އެންމެ ފަހުގެ އަލްބަމުގައި ގިނަ މަގްބޫލް ލަވަކިޔުންތެރިން ފީޗާކޮށްފައިވެ އެވެ.










