އިނގުރައިދޫ، ތިމަރަފުށި، ކުޑަހުވަދޫ އަދި ދިއްފުށި ޒޯން ފެށީ މޮޅަކުން

Feb 28, 2023, 6:04 AM
ގޯލްޑަން ފުޓްސަލް ޗެެލެންޖްގައި ރޭ ތިމަރަފުށްޓާއި ކިނބިދޫ ކުޅުނު ޒޯން ބުރުގެ މެޗުގެ ތެރެެއިން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް/ އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެެލެންޖްގައި ރޭ ތިމަރަފުށްޓާއި ކިނބިދޫ ކުޅުނު ޒޯން ބުރުގެ މެޗުގެ ތެރެެއިން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް/ އިމޭޖަސް.އެމްވީ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގައި ރ. އިނގުރައިދޫ، ތ. ތިމަރަފުށި، ދ. ކުޑަހުވަދޫ އަދި ކ. ދިއްފުށި ކުޅުނު ފުރަތަމަ މެޗުތަކުން ރޭ މޮޅުވެއްޖެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ އޮތީ ޒޯން ތިނެއް ހަތަރެއް އަދި ފަހެއް، ކޮންމެ ޒޯނެއްގެ ދެ މެޗާއި ޒޯން ދޭކާއި ހަތެއްގެ މެޗެކެވެ.

އެ ގޮތުން ޒޯން ތިނެއްގައި ރޭ ކ. ގާފަރުން ވަނީ އއ. ބޮޑުފޮޅުދޫ 4-2 އިން ބަލިކޮށްފަ އެވެ. އެ ޒޯނުގެ އަނެއް މެޗުން، ޅ. ކުރެންދޫ އަތުން ކ. ދިއްފުށި މޮޅުވީ 5-1 އިންނެވެ. ޒޯން ހަތަރެއްގައި ރޭ އދ. މާމިގިލިން ވަނީ 3-1 އިން މ. ދިއްގަރު ބަލިކޮށްފަ އެެވެ. އެ ޒޯނުގެ އަނެއް މެޗުން އދ. މަހިބަދޫން ވަނީ މ. ނާލާފުށި އަތުން 4-0 އިން މޮޅުވެފަ އެވެ. ޒޯން ފަހެއްގައި ރޭ ދ. ކުޑަހުވަދޫން 4-2 އިން ފ. މަގޫދޫ ބަލިކުރިއިރު، ތ. ތިމަރަފުށިން ވަނީ 8-0 އިން ތ. ކިނބިދޫ ބަލިކޮށްފަ އެވެ. ޒޯން ދޭއްގައި ރޭ ރ. އިނގުރައިދޫ އަތުން ބ. އޭދަފުށި ބަލިވީ 3-1 އިންނެވެ. އަދި ޒޯން ހަތެއްގައި ރޭ ސ. ފޭދޫ އަތުން ޏ. ފުވައްމުލަކު ދަނޑިމަގު މޮޅުވީ 3-1 އިންނެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ކުރެންދޫ ކޮޅަށް ދިއްފުށީގެ ލަނޑުތައް ޖެހީ ޝައިހާން ފާއިޒް ދެ ގޯލާއި އަހުމަދު މާޒިން އަދި ރިލްވާން ރަޝީދުގެ އިތުރުން ކުރެންދޫގެ އަބްދުލްވާހިދު އިބްރާހިމް (ވާޑު) އަތުން ބައިކޮޅަށް ގޯލެކެވެ. ކުރެންދޫގެ ހަމައެކަނި ގޯލު ޖެހީ އަލީ އިބްރާހިމް އެވެ.

ގާފަރުން ބޮޑުފޮޅުދޫ ބަލިކުރި މެޗުގައި ލަނޑުތައް ޖެހީ ނާއިހު މުފީދު (ނާހު)، އަލީ މާއިޝް (މައްޓު) އަދި އިބްރާހިމް ރިމާހު ދެ ގޯލެވެ. ބޮޑުފޮޅުދޫގެ ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ ގާފަރުގެ ސާމިން މުހައްމަދު ނަސީރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ލަނޑު ޖެހީ ރުކުޝާން ޖަމީލް އެވެ.

ދަނޑިމަތުގެ މުހައްމަދު ޔަތޫފް ގާސިމް ދެ ގޯލު ޖެހިއިރު، މުހައްމަދު ސާދު ނިޒާރު ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. ފޭދޫގެ ހަމައެކަނި ލަނޑު ޖެހީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.

ނާލާފުށި ކޮޅަށް މަހިބަދޫގެ ލަނޑުތައް ޖެހީ ޝުއައިދު ސައީދު ދެ ގޯލާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އަދި އާދަމް ފަހުމާން އެވެ. ދިއްގަރު ކޮޅަށް މާމިގިލީގެ ހައިޝަމް އަރީފް، އަހުމަދު ނިޒާމް (ނިޒާމްބެ) އަދި އިބްރާހިމް ރިޒުހާން (ރިޒްކޮ) ވަނީ ގޯލު ޖަހައިފަ އެވެ. ދިއްގަރުގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު މިދުހަތު މަހުމޫދު އެވެ.

ކުޑަހުވަދޫން މަގޫދޫ ކޮޅަށް ގޯލު ޖެހީ މާޔިޒް ވަހީދު ދެ ގޯލާއި އަބްދުﷲ މުގުސިތު އަދި ހާރޫން ރަޝީދު އެވެ. މަގޫދޫގެ ދެ ގޯލު ޖެހީ މޫސާ މާހިލް މިގުދާދު އެވެ. ތިމަރަފުށިން ކިނބިދޫ ކޮޅަށް ޖެހި އަށް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ އިބްރާހިމް ހަމްދާން އެވެ. އެ ޓީމުގެ އަލީ ޝިފާއު (ރޮނާ) ހެޓްރިކެއް ހެދިއިރު، އަނެއް ލަނޑު ޖެހީ އަހުމަދު ހައިލަމް އެވެ.

އިނގުރައިދޫން އޭދަފުށި ބަލިކުރި މެޗުގައި އިނގުރައިދޫގެ އައިހަމް އަހުމަދު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ލަނޑު ޖެހީ ހަސަން މަމްދޫހު އެވެ. އޭދަފުށީގެ ހަމައެކަނި ލަނޑު ޖެހީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިރޭ އޮތީ ޒޯން އެކެއްގެ ދެ މެޗާއި ޒޯން ހައެއްގެ ދެ މެޗުގެ އިތުރުން ޒޯން އަށެއްގެ ދެ މެޗެވެ.

މިރޭގެ މެޗު ޝެޑިއުލް:

20:00 - ޒޯން އެކެއް: ހއ. އުތީމު - ހދ. ނައިވާދޫ

20:00 - ޒޯން އެކެއް: ށ. ފޯކައިދޫ - ހއ. ފިއްލަދޫ

21:00 - ޒޯން ހައެއް: ގދ. ވާދޫ - ގއ. ނިލަންދޫ

21:00 - ޒޯން ހައެއް: ގއ. މާމެންދޫ - ލ. ގަން

22:00 - ޒޯން އަށެއް: މާފަންނު - ހުޅުމާލެ

22:00 - ޒޯން އަށެއް: ވިލިމާލެ - މައްޗަންގޯޅި

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox