ހިޖުރަ ކުރަން އުޅެނިކޮށް ގެނބިގެން މަރުވި މީހުންގެ އަދަދު 100 އަށް އަރާފާނެ

ރެސްކިއު ޓީމުގެ މެމްބަރުން އިޓަލީގެ އައްސޭރިފަށުގައި ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޭޕީ

ރެސްކިއު ޓީމުގެ މެމްބަރުން އިޓަލީގެ އައްސޭރިފަށުގައި ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޭޕީ

ޔޫރަޕަށް ހިޖުރަ ކުރަން އުޅުނު ބަޔަކު ތިބި ބޯޓެއް އިޓަލީގެ ދެކުނުން އަޑިއަށް ދިޔުމުން ގެނބިގެން މަރުވި މީހުންގެ އަދަދު 100 އަށް ވުރެ އިތުރުވުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިހާތަނަށް 62 މީހުންގެ ހަށިގަނޑު ފެނިފައިވާ އިރު އޭގެ ތެރޭގައި 12 ކުޑަކުދިން ހިމެނެ އެވެ. ބެލެވޭ ގޮތުގައި 200 އެއްހާ މީހުން އެ ބޯޓުގައި ދަތުރު ކުރަމުން ދިޔަ އެވެ.

ބޯޓު ބިންދައިގެން ގޮސް، ގިނަ ބަޔަކު ގެނބެން މެދުވެރިވީ އާދީއްތަ ދުވަހު ކްރޮޓޯން އަވަށާ ކައިރި ކުރަން އުޅުނު ވަގުތު މޫސުން ގޯސްވެގެންނެވެ.

އޭގައި ދަތުރު ކުރަމުން ދިޔައީ އަފްގާނިސްތާން، ޕާކިސްތާން، ސޯމާލިއާ، ސީރިއާ، އިރާގް އަދި އިރާނަށް ނިސްބަތްވާ މީހުންނެވެ.

ގެނބިގެން މަރުވި ގިނަ ބަޔެއްގެ ހަށިގަނޑު ފެނުނީ އެ ސަރަހައްދުގައި ހުންނަ ރިސޯޓެއްގެ ގޮނޑުދޮށަށް ލައްގާފައި ވަނިކޮށެވެ.

އިޓަލީގެ ކޯސްޓްގާޑުން ނެރުނު ބަޔާނެއްގައި ބުނީ ބޯޓުގައި ތިބި މީހުންގެ ތެރެއިން 80 މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. ބަައެއް މީހުން ގޮނޑުދޮށާ ހަމައަށް ދިޔައީ ފަތާފަ އެވެ.

އިޓަލީ ކަސްޓަމްސް ފުލުހުން ބުނީ ސަލާމަތްވި މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާއަށް ތުހުމަތު ކުރަނީ މީހުން ޓްރެފިކް ކުރި ކަމަށެވެ.

ބޯޓުގައި ގިނައިން ތިބީ ޕާކިސްތާނުގެ ރައްޔިތުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ 25 އަށް ވުރެ ގިނަ ޕާކިސްތާން ރައްޔިތުން މަރުވެފައިވާ ކަމަށެވެ.

ދާހިލީ ހަމަނުޖެހުމާއި ފަގީރުކަމުން ސަލާމަތްވުމަށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ މީހުން އެފްރިކާއިން ފެށިގެން ކަނޑު ހުރަސްކޮށް އިޓަލީއަށް ދަތުރު ކުރަން މަސައްކަތް ކުރެ އެވެ.

މޮނީޓާކުރާ ގްރޫޕްތަކުން ބުނާ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން މެޑިޓެރޭނިއަން ކަނޑުގައި 20،000 އަށް ވުރެ ގިނަ މީހުން މަރުވެ ނުވަތަ ގެއްލިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox