ޒޯން އެކެއްގެ ސެމީން ޖާގަ ޔަގީންކުރި ފުރަތަމަ ޓީމަކީ ކަނޑިތީމު

Feb 27, 2023, 5:56 AM
ރޭގެ މެޗުގައި ކަނޑިތީމުގެ ޝާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް/ އިމޭޖަސް.އެމްވީ

ރޭގެ މެޗުގައި ކަނޑިތީމުގެ ޝާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް/ އިމޭޖަސް.އެމްވީ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ކުޅުން ނިމި ޒޯން ބުރުގެ މެޗުތައް ފަށާފައިވާއިރު، ޒޯން އެކެއްގެ ސެމީ ފައިނަލުން ށ. ކަނޑިތީމު ޖާގަ ޔަގީންކޮށްފި އެވެ.

ކަނޑިތީމު ވަނީ ރޭ ޒޯން އެކެއްގެ ދެ ވަނަ ގްރޫޕްގެ މެޗުގައި ހއ. ރަނަރަޕް، ފިއްލަދޫ އަތުން 4-2 އިން މޮޅުވެފަ އެވެ. ކަނޑިތީމު ވަނީ ޒޯން ފުރަތަމަ މެޗުން، ށ. ޗެމްޕިއަން، ފޯކައިދޫއާ ކުޅެގެން 1-1 އިން އެއްވަރުވެފަ އެވެ. އެހެންވެ، އެ ޓީމަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބި ސެމީ ޔަގީންވީ އެވެ. ދެން މި ގްރޫޕުން ސެމީގެ ޖާގަ ލިބޭނީ ފިއްލަދޫ އާއި ފޯކައިދޫ ކުޅޭ މެޗުންނެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ފޯކައިދޫ އަށް ޒޯން ސެމީ އަށް ދެވޭނެ އެވެ.

ޒޯން އެކެއްގެ ފުރަތަމަ ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން ހދ. ޗެމްޕިއަން، ނައިވާދޫ އަތުން ބަލިވި ހދ. ރަނަރަޕް ނޭކުރެންދޫން ވަނީ ރޭ ކުޅުނު ޒޯން ގްރޫޕްގެ މެޗުގައި ހއ.ގެ ޗެމްޕިއަން، އުތީމު އަތުން 3-0 އިން މޮޅުވެފަ އެވެ. މި ގްރޫޕްގައި ދެން އޮތީ އުތީމާއި ނައިވާދޫ ކުޅޭ މެޗެވެ. މި ގްރޫޕުން ސެމީ އަށް ދާ ދެ ޓީމެއް އެނގޭނީ އެ މެޗުގެ ނަތީޖާ އަށް ފަހު އެވެ.

ޒޯން ހައެއްގައި ރޭ ދެ މެޗު ކުޅުނުއިރު، އެއް މެޗުގައި ގދ. އަތޮޅުގެ ޗެމްޕިއަން، ވާދޫ ވަނީ 2-2 އިން ލ. އަތޮޅުގެ ޗެމްޕިއަން ގަމާ އެއްވަރުވެފަ އެވެ. ގއ. އަތޮޅުގެ ޗެމްޕިއަން މާމެންދޫ ވަނީ 2-1 އިން އެ އަތޮޅުގެ ރަނަރަޕް މާމެންދޫ ބަލިކޮށްފަ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ކަނޑިތީމަށް ގޯލުތައް ޖަހައިދިނީ މުހައްމަދު ޝާން ދެ ގޯލާއި އަހުމަދު ޝިރުހާން އަދި އާދަމް ތައުފީގު އެވެ. ފިއްލަދޫގެ ގޯލުތައް ޖެހީ މުހައްމަދު ހުސާމް އާއި އިބްރާހިމް ފަޒީލް އެވެ. ނޭކުރެންދޫން ފަސޭހައިން އުތީމު ބަލިކުރިއިރު، ގޯލުތައް ޖެހީ ޝިފާޒް އާދިލް (ތުއްތު) އާއި މުހައްމަދު ފަރުހާން (ފަރުއްކޮ) އެވެ.

ސަސްޕެންޝަންގެ ސަބަބުން ވާދޫ އިން ޓީމުގެ މުހިންމު ދެ ކުޅުންތެރިން ނުލައި ކުޅުނު މި މެޗުގައި ވަނީ ގަން ކައިރީގައި ރަނގަޅަށް ކުޅެފަ އެވެ. އެ ގޮތުން، ގަމުން އަލީ ޝާމިސް (ތޮއްޕޭ) އާއި ހުސެއިން ޝަރީފް (އޮންލީ) ގޯލުތައް ޖެހިއިރު، ވާދޫގެ ލަނޑުތައް ޖެހީ މުސައްނިފު މުހައްމަދު (މުއްސަ) އާއި އަރުގަމް އިބްރާހިމް އެވެ.

ނިލަންދޫ ކޮޅަށް މާމެންދޫގެ ދެ ގޯލު ޖެހީ ރައުހާން ރިއްފަތު އާއި މުސީފް އަބްދުލް ގަފޫރު އެވެ. މެޗުގައި ނިލަންދޫގެ ހަމައެކަނި ގޯލު ޖެހީ އަލީ ޝާހިލް މުހައްމަދު އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިރޭ އޮތީ ޒޯން ތިނެއް ހަތަރެއް އަދި ފަހެއް، ކޮންމެ ޒޯނެއްގެ ދެ މެޗާއި ޒޯން ދޭކާއި ހަތެއްގެ މެޗެކެވެ.

މިރޭގެ މެޗު ޝެޑިއުލް:

ޒޯން ތިނެއް: ކ. ގާފަރު - އއ. ބޮޑުފޮޅުދޫ (20:00)

ޒޯން ތިނެއް: ކ. ދިއްފުށި - ޅ. ކުރެންދޫ (20:00)

ޒޯން ހަތެއް: ޏ. ފުވައްމުލަކު/ދަނޑިމަގު - ސ. ފޭދޫ (21:00)

ޒޯން ދޭއް: ރ. އިނގުރައިދޫ - ބ. އޭދަފުށި (21:00)

ޒޯން ފަހެއް: ދ. ކުޑަހުވަދޫ - ފ. މަގޫދޫ (22:00)

ޒޯން ފަހެއް: ތ. ތިމަރަފުށި - ތ. ކިނބިދޫ (22:00)

ޒޯން ހަތަރެއް: އދ. މާމިގިލި - މ. ދިއްގަރު (23:00)

ޒޯން ހަތަރެއް: އދ. މަހިބަދޫ - މ. ނާލާފުށި (23:00)

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox