އަދާލަތާއި ސަލަފާ ދެމެދު އޮތީ ސިޔާސީ ތަފާތެއް ކަމުގެ ތުހުމަތު

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ: އެބޭފުޅާ ވަނީ އަދާލަތާއި ސަލަފާ ދެމެދު އޮތީ ސިޔާސީ ތަފާތެއް ކަމަށް ތުހުމަތު ކުރައްވާފަ - ފޮޓޯ: ހޯމް މިނިސްޓްރީ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ: އެބޭފުޅާ ވަނީ އަދާލަތާއި ސަލަފާ ދެމެދު އޮތީ ސިޔާސީ ތަފާތެއް ކަމަށް ތުހުމަތު ކުރައްވާފަ - ފޮޓޯ: ހޯމް މިނިސްޓްރީ

އަދާލަތު ޕާޓީއާއި ޖަމީއަތުއް ސަލަފާ ދެމެދު އޮތް ތަފާތަކީ ސިޔާސީ ކަމެއް ކަމުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ސިފަކުރައްވައިފި އެވެ.

ހޯމް މިނިސްޓަރުގެ މަގާމުގައިވެސް ހުންނެވި އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ސަލަފާއި އަދާލަތާ ދެމެދު ހުރި ތަފާތަކީ ދީނީ ކަމެއްތޯ ނުވަތަ ސިޔާސީ މައްސަލަތަކެއްތޯ ސުވާލު އުފައްދަވާފަ އެވެ.

"ދީނީ މައްސަލައެއް ނަމަ އެކަން ހައްލު ކުރަން އަޅުގަނޑުމެން ވަރަށް ބޭނުންވޭ، ސިޔާސީ ކަމެއް ނަމަ އެކަން ވިސްނޭ، ހަމަ ވަރަށް ގުދުރަތީ ކަމެއްތާ (ސިޔާސީ ހިޔާލު ތަފާތުވުމަކީ)" އިމްރާން ވިދާޅުވި އެވެ.

Advertisement

މިކަމާ ގުޅިގެން ސަލަފުގެ ރައީސް ޝެއިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމަށް "އަދަދު" އަށް ވިދާޅުވީ އެ ޖަމްއިއްޔާއިން މިކަމުގައި ރަސްމީ ބަހެއް ބުނާނީ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގައުމުގެ އެކި ކަންކަމުގައި ސަލަފު އަދި އަދާލަތުގެ ވިސްނުން އަބަދުވެސް ތަފާތެވެ. ހާއްސަކޮށް މި ފަހަކަށް އައިސް ދެބައިމީހުންގެ މެދުގައި ބަދަލުކުރެވެމުންދާ ބަހުގެ ހަމަލާތައްވެސް ދަނީ އިތުރުވަމުންނެވެ.

އެގޮތުން، މި ވެރިކަމުގައި ހިނގާ އެކި ކަންކަމާ ދެކޮޅަށް ބަސްބުނެ ފާޑުކިޔަމުންދާ ސަލަފުގެ މެންބަރުން ދަނީ ވެރިކަންކުރާ ކޯލިޝަނުގައި އޮތް އަދާލަތު ޕާޓީއަށް އަދި އެ ޕާޓީގެ ލީޑަރުންނަށް ފާޑުކިޔަމުންނެވެ.

އަދާލަތު ޕާޓީގެ އެކި ފަންތީގެ މެންބަރުން ގެންދަނީ ސަރުކާރުގެ ސިޔާސަތުތައް ދިފާއުކޮށް ސަލަފަށް ރައްދުދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox