ހަށިވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބިދޭސީ ދެ އަންހެނުން ޑީޕޯޓުކޮށްލަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 43 އަހަރުގެ ދިވެހި ފިރިހެން މީހާ ވަނީ ޝަރުތުތަކާއެކު ކޯޓުން ދޫކޮށްލާފަ އެވެ.
އަދި އެ މައްސަލާގައި ހައްޔަރުކުރި ބިދޭސީ ދެ އަންހެނުން ޑީޕޯޓުކުރުމަށް އިއްޔެ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ މާލޭގައި ހުންނަ 'ރޯޅި' ނަމަަކަށް ކިޔާ ގެސްޓުހައުސްއަކުންނެވެ.

ފުލުހުން ބުނީ ހައްޔަރުކުރި ދިވެހި ފިރިހެން މީހާ އަދި ބިދޭސީ އަންހެނަކު ހައްޔަރުކުރީ ޖިންސީ ގުޅުން ހިންގަމުންދަނިކޮށް ކަމަށެވެ.












