ލީގު ކަޕް ކާމިޔާބުކޮށް ޔުނައިޓެޑުން ތަށްޓަކަށް ކުރި އިންތިޒާރު ނިމުމަކަށް

Feb 26, 2023, 7:03 PM
ޔުނައިޓެޑްގެ ކަސެމީރޯ ލީގު ތަށި ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ކަސެމީރޯ ލީގު ތަށި ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ފެބްރުއަރީ 26) - އިނގިރޭސި ލީގު ކަޕް ފައިނަލުގައި މިރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ހަ ވަނަ ފަހަރަށް ލީގު ކަޕްގެ ތަށި އުފުލާލައިފި އެވެ.

މިއީ ފާއިތުވި ހަ އަހަރު ތެރޭ ޔުނައިޓެޑުން ތަށްޓެއް ހޯދި ފުރަތަމަ ފަހަރެވެ. މި ވޭތުވެދިޔަ މުއްދަތަކީ ފާއިތުވި 40 ވަރަކަށް އަހަރު ތެރޭ ޔުނައިޓެޑުން ތަށްޓެއް ހޯދަން ކުރި އެންމެ ދިގު އިންތިޒާރެވެ. ޔުނައިޓެޑުން އެންމެ ފަހުން ތަށްޓެއް ހޯދީ 2017 ވަނަ އަހަރު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ލީގު ކަޕާއި ޔޫރޮޕާ ލީގެވެ.

މި ފަހަރު ނެދަލެންޑްސްގެ ކޯޗު އެރިކް ޓެން ހާގް ހަވާލުވެ، ފުރަތަމަ ސީޒަނުގައި މި ވަނީ ޔުނައިޓެޑަށް ތަށްޓެއް ހޯދައިދީފަ އެވެ. މި ސީޒަނުގައި ޓެން ހާގްގެ ޔުނައިޓެޑުން އަންނަނީ އަނެއް ތިން މުބާރާތަށް ވެސް ވާދަކުރަމުންނެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޔޫރޮޕާ ލީގެވެ.

Advertisement

ލީގު ކަޕް ކާމިޔާބު ކުރުމަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ލަންޑަންގެ ވެމްްބްލީ ސްޓޭޑިއަމްގައި ޔުނައިޓެޑުން މިރޭގެ ފައިނަލުގައި ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 33 ވަނަ މިނިޓްގައި ޔުނައިޓެޑުން ލީޑުނެގީ ކަސެމީރޯ ޖެހި ގޯލުންނެވެ. މިއީ ލޫކް ޝޯ ހިލޭ ޖެހުމަކުން ނެގި ބޯޅައަކުން ކަސެމީރޯ ބޮލުން ޖެހި ގޯލެކެވެ. މިއީ އެންމެ ފަހުން ކުޅުނު 12 މެޗުގައި ކަސެމީރޯ ޖެހި ހަތަރު ވަނަ ގޯލެވެ.

ލީޑުނެގިތާ ހަ މިނިޓް ފަހުން ޔުނައިޓެޑުން ދެ ވަނަ ގޯލެއް ޖެހި އެވެ. މިއީ ޔުނައިޓެޑްގެ ވައުޓް ވެގްހޯސްޓް ދިން ބޯޅައަކަށް އޭރިއާތެރެއަށް އަރައި، މާކަސް ރެޝްފޯޑް ފޮނުވާލި ބޯޅައެއްގައި ނިއުކާސަލްގެ ޑިފެންޑަރު ސްވެން ބޮޓްމަން ފައިގައި ޖެހިފައި ގޯލަށް ވަން ބޯޅައެކެވެ.

ނިއުކާސަލް އިން ގޯލެއް ޖެހޭތޯ ކުރި މަސައްކަތުގައި ފޮނުވާލި ބައެއް ބޯޅަތައް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. އަނެއްކޮޅުން، ޔުނައިޓެޑަށް ތިން ވަނަ ގޯލެއް ޖަހައިދޭން ރަޝްފޯޑާއި ބްރޫނޯ ފެނާންޑޭސް ޖެހި ބޯޅަތައް ނިއުކާސަލް ގޯލުގައި ހުރި ކީޕަރު ލޮރިސް ކާރިއަސް ވަނީ މަތަކޮށްފަ އެވެ.

މިއީ ކާރިއަސް މިދިޔަ ދެ އަހަރު ތެރޭ ކުުޅުނު ފުރަތަމަ މެޗެވެ. ކާރިއަސް އަށް މި މެޗުގައި ކުޅެން ފުރުސަތު ލިބުނީ ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕް ސަސްޕެންޝަނެއްގައި ހުރިއިރު، އަނެއް ކީޕަރު މާޓިން ޑުބްރާވްކާ ސީޒަނުގެ ކުރީކޮޅުގައި މި މުބާރާތުގައި ޔުނައިޓެޑްގެ ޓީމު ސްކޮޑުގައި ހިމެނިފައިވާތީ އެވެ.

ޔުނައިޓެޑުން ހަ ވަނަ ފަހަރަށް ލީގު ތަށި ހޯދިއިރު، އެ ޓީމުން ކުރިން މި މުބާރާތް ކާމިޔާބުކުރީ 1992، 2006، 2009، 2010، 2017 އަދި 2023 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox