ފަލާހުއާ ބައްދަލުކުރީ އުސޫލުގެ ތެރެއިން, ނުފޫޒެއް ނުފޯރުވޭނެ: ޕީޖީ

ޝަމީމް ވިދާޅުވީ ބައްދަލުކުރަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް، އަދި އެއްވެސް މައްސަލައަކަށް ނުފޫޒު ނުފޯރުވޭނެ ކަމުގެ ޔަގީންކަންވެސް ދިން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޝަމީމް ވިދާޅުވީ ބައްދަލުކުރަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް، އަދި އެއްވެސް މައްސަލައަކަށް ނުފޫޒު ނުފޯރުވޭނެ ކަމުގެ ޔަގީންކަންވެސް ދިން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުއާ ބައްދަލުކޮށްފައިވާނެ ކަމަށާއި، އެކަންކޮށްފައި ވާނީ އުސޫލުގެ ތެރެއިން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މަސްތުވާތަަކެއްޗާ ގުޅުންހުރި ކުށެއްގެ ތުހުމަތުގާ ފަލާހުގެ ދަރިފުޅު ހައްޔަރުކުރުމާއި އެކު ޕީޖީ ޝަމީމްއާ ފަލާހް ބައްދަލުކުރައްވާ އެ މައްސަލައަށް ނުފޫޒު ފޯރުވި ކަމަށް ބައެއް ނޫސްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގާ މިކަމާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންް ޕީޖީ ޝަމީމް ވިދާޅުވީ، ފޯމު ހުށަހަޅައިގެން ބައްދަލުކުރެވޭ އުސޫލެއް އޮންނަ ކަމަށާއި، އަދި ކޮންމެ މީހަކާވެސް ބައްދަލުކުރަނީ އެ އޮންނަ އުސޫލުގެ ތެރެެއިން ކަމަށެވެ.

"އަޅުގަނޑާ ބައްދަލުކުރަން ބޭފުޅަކު ރިކުއެސްޓު ކޮށްފިއްޔާ އެކަން ކުރަން ވަކި އުސޫލެއް އޮވޭ. ފޯމެއް އޮންނާނެ އެ ފޯމު ލީމަ ދެހަފްތާ ނުވަތަ ހަފްތާއެއްގެ ތެރޭގައި ބައްދަލުވާނެ" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މިގޮތަށް ބާއްވާ ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތައް ވެސް ނޯޓުކޮށްފައި އޮންނާނެ ކަމަށެވެ.

މީގެ އިތުރުން ނުފޫޒު ފޯރުވިދާނެތޯ ކުރި ސުވާލަށް ޖަވާބުދެމުން ޝަމީމް ވިދާޅުވީ، ނުފޫޒެއް ނުފޯރުވޭނެ ކަމަށާއއި، ދައުވާއެއް ކުރަން ނިންމިއަސް ނުވަތަ ނުކުރަން ނިންމިއަސް އެކަން ކުރާ ސަބަބު ތަފްސީލްކޮށް ލިއެވިފައި އޮންނާނެ ކަމަށެވެ.

އަދި, މައްސަލަތަކުގައި ގޮތް ނިންމަނީ ޕީޖީ އޮފީހުގެ ތިން ބޭފުޅަކު އެކަމަށް އެއްބަސްވެގެން ކަމަށް ވެސް ޝަމީމް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox