ލީގު ކަޕް ފައިނަލް: ނިއުކާސަލް އާއި މެންޗެސްޓާ ޔުނައިޓެޑް ވެސް ތައްޓެއްގެ އިންތިޒާރުގައި

Feb 26, 2023, 10:05 AM
ިއިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން ޔުނައިޓެޑްގެ ކަސެމީރޯ (ވ) ނިއުކާސަލްގެ ބްރޫނޯ ގިމާރޭސް އަތުން ބޯޅަ ހޯދަން ޓެކަލްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ިއިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން ޔުނައިޓެޑްގެ ކަސެމީރޯ (ވ) ނިއުކާސަލްގެ ބްރޫނޯ ގިމާރޭސް އަތުން ބޯޅަ ހޯދަން ޓެކަލްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (26 ފެބްރުއަރީ) - އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ކުރިމަތިލާއިރު، މި ދެ ޓީމު ވެސް އޮތީ ތައްޓަކަށް ފެންބޮވައިގަނެފަ އެވެ. ޔުނައިޓެޑަށް އެންމެ ފަހުން ތައްޓެއް ލިބުނީ 2017 ވަނަ އަހަރެވެ. އަނެއްކޮޅުން، ނިއުކާސަލް އިން ތައްޓެއް ނުލިބި، ގާތްގަނޑަކަށް 54 އަހަރު ހޭދަކޮށްފި އެވެ.

ޔުނައިޓަޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ 2017 ވަނަ އަހަރުގެ ސީޒަންގައި ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން ޔުނައިޓަޑަށް ތައްޓެއް ނުލިބެވެ. މިއީ ވޭތުވެދިޔަ 40 ވަރަކަށް އަހަރަށް ބަލާއިރު، ޔުނައިޓެޑުން ތަށްޓެއް ނުލިބި އެންމެ ދިގު މުއްދަތެއް ހޭދަކުރަން ޖެހޭ ފަހަރެވެ.

Advertisement

އެފްއޭ ކަޕްގެ ފައިނަލްގައި 1999 ވަނަ އަހަރު ޔުނައިޓެޑް އަތުން ބަލިވި ނިއުކާސަލް އަށް އެންމެ ފަހުން ތައްޓެއް ލިބުނީ 1969 ވަނަ އަހަރު އެވެ.

ޔުނައިޓެޑް އޮތީ މި ސީޒަންގައި ހަތަރު މުބާރާތެއްގެ ތައްޓަށް ވާދަކުރެވޭ ހާލަތުގަ އެވެ. ޔޫރޮޕާ ލީގުގެ ގަދަ 16 އަށް މިދިޔަ ހަފުތާގައި އެ ޓީމު ދަތުރުކުރީ ސްޕެއިންގެ ބާސެލޯނާ ކަޓުވާލުމަށް ފަހު އެވެ. އެފްއޭ ކަޕާއި ޕްރިމިއާ ލީގުގައި ވެސް ޔުނައިޓެޑް އޮތީ ތައްޓަށް ވާދަކުރެވޭ ހިސާބުގަ އެވެ.

ލީގު ކަޕް ފައިނަލަށް ކުރިމަތިލާއިރު ޔުނައިޓަޑް އޮތީ ރަނގަޅު ފޯމެއްގައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން އެ ޓީމުން ބަލިވީ އެންމެ މެޗަކުންނެވެ. އެންމެ ފަހުން ކުޅުނު ނުވަ މެޗުގައި ވެސް ޔުނައިޓެޑް ބައްޔެއް ނުވެ އެވެ.

ނިއުކާސަލްގެ ކޯޗު ހޯވް (ކ) އާއި ޔުނައިޓެޑްގެ ކޯޗު ޓެން ހާގް.

މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ޔުނައިޓެޑް މި ވަގުތު އޮތީ ރަނގަޅު މިސްރާބުގައި ކަމަށެވެ. އަދި މި ވަގުތު ތައްޓެއް ހޯދުމަކީ އެ ޓީމަށް ލިބޭނެ ބޮޑު ހިތްވަރެއް ކަމަށް ޓެން ހާގްގެ ވާހަކައިގައި ފާހަގަކުރި އެވެ.

"ޔުނައިޓެޑް ކަހަލަ ކްލަބަކަށް ކުޅޭއިރު، (ކޮންމެ ކުޅުންތެރިއެއް ވެސް) އަމިއްލަ ލެގަސީއެއް ބިނާކުރަން މަސައްކަތްކުރާއިރު، މުބާރާތްތަކެއް ކާމިޔާބުކުރުމަކީ މުހިންމު ކަމެއް. މި ވަގުތު ޓީމު އޮތީ ރަނގަޅު މިސްރާބުގައި އަދި މި ލިބެނީ ތައްޓެއް ހޯދުމުގެ ފުރުސަތު،" ޓެން ހާގް ބުންޏެވެ.

ނިއުކާސަލް މި ވަގުތު އޮތީ ޕްރިމިއާ ލީގުގެ ތާވަލްގެ ފަސް ވަނައިގަ އެވެ. ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ކްލަބާ ހަވާލުވި ފަހުން، ކްލަބުގެ ކޯޗަކަށް، އިނގިރޭސި ޒުވާން ކޯޗު، އެޑީ ހޯވް ހަމަޖައްސައި، އެ ޓީމުން ގެނައި ކުޅުންތެރިންނާ އެކު ނިއުކާސަލްގެ ނަތީޖާތައް ވަނީ ރަނގަޅުވެފަ އެވެ.

މެޗުގެ ކުރިން ނިއުކާސަލްގެ ކޯޗު ހޯވް ބުނީ މިއީ "ތާރީހު ބަދަލުކޮށްލަން" އެ ޓީމަށް ވެސް ލިބޭ ފުރުސަތެއް ކަމަށެވެ.

"މި ކްލަބުގެ ސަޕޯޓަރުން ތައްޓަކަށް އިންތިޒާރުކުރާތާ ވަރަށް ގިނަ އަހަރުތަކެއްވެއްޖެ. އެހެންވީމަ، އަހަރެންގެ އުންމީދަކީ ސަޕޯޓަރުންގެ ދެކެމުން އަންނަ ހުވަފެން ހަގީގަތަަކަށް ހެދުން،" ހޯވް ބުންޏެވެ.

ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ބޯންމައުތުގެ ކޯޗަކަށް ހުރި، ހޯވް ބުނީ ފައިނަލަށް ނުކުންނައިރު، ނިއުކާސަލްގެ ޓީމަށް އިތުބާރު އެބައޮތް ކަމަށެވެ. އަދި، މި ސީޒަންގައި ވެސް ބޮޑެތި ޓީމުތަކެއް އަތުން ނިއުކާސަލް މޮޅުވެފައިވާ ކަމަށާއި މަސައްކަތް ކޮށްފިނަމަ ފައިނަލްގައި ވެސް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅޭ ފައިނަލުގައި ނިއުކާސަލް އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox