ރ. އަތޮޅުގެ ތަށި އިނގުރައިދޫ އަށް، ފ. އަތޮޅު ޗެމްޕިއަންކަން މަގޫދޫ އަށް

Feb 25, 2023, 1:41 PM
ރ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި އިނގުރައިދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި އިނގުރައިދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން މޮޅުވެ، ފ. އަތޮޅުގެ ޗެމްޕިއަންކަން މަގޫދޫން ހޯދިއިރު، ރ. އަތޮޅުގެ ތަށި އިނގުރައިދޫން ކާމިޔާބުކޮށްފި އެވެ.

މަގޫދޫން ފ. އަތޮޅުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލީ ފައިނަލުގައި ނިލަންދޫ އަތުން 2-1 އިން މޮޅުވެގެންނެވެ. ރ. އަތޮޅުގެ ފައިނަލްގައި ބައްދަލުކުރި އިނގުރައިދޫ އާއި ދުވާފަރުގެ މެޗު 3-3 އިން އެއްވަރުވިއިރު، ނަތީޖާ ނެރެން ވަނީ ޕެނަލްޓީ ޖަހައިފަ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު ފ. އަތޮޅުގެ ފައިނަލަށް ނުކުތްއިރު، މި ފަހަރު އަތޮޅުގެ ލީގު ބުރުގައި މަގޫދޫން ވަނީ 1-0 އިން ނިލަންދޫ ބަލިކޮށްފަ އެވެ. އެ ރޫހުގައި ފައިނަލަށް ނުކުމެ މަގޫދޫން ވަނީ ދެ ގޯލު ޖަހައި ލީޑުނަގައިފަ އެވެ. މަގޫދޫގެ ލަނޑުތައް ޖެހީ ޓީމުގެ ކެޕްޓަން، މޫސާ މާހިލް މިގުދާދް އާއި އަހުމަދު މުއާޒް އެވެ.

ނިލަންދޫގެ ހަމައެކަނި ލަނޑު ޖެހީ އަބްދުލް އަޒީޒް އިބްރާހިމް އެވެ.

ފ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި މަގޫދޫ ޓީމުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރ. އަތޮޅުގެ ލީގު ބުރުގައި އިނގުރައިދޫން ފަސޭހަކަމާ އެކު ދުވާފަރު ބަލިކުރި ނަމަވެސް މިއަދުގެ ފައިނަލުގައި ދުވާފަރުން ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ.

ރެހެންދި ފުޓްސަލް ދެ ވަނަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑުނެގީ ދުވާފަރުންނެވެ. މިއީ އިނގުރައިދޫގެ ކީޕަރު، އަހުމަދު އިހުސާނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ދުވާފަރުގެ ކެޕްޓަން، އާދަމް އިލްޔަސައު ޖެހި ގޯލެކެވެ. ފުރަތަމަ ހާފުގައި އިނގުރައިދޫ އަށް އެއްވަރުކޮށްދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ.

މުހައްމަދު މަމްދޫހުގެ ގޯލުން އިނގުރައިދޫން އަލުން ލީޑުނެގިއިރު، މުހައްމަދު އިސާމް ޖެހި އިންޑިވިޖުއަލީ މޮޅު ގޯލުން ދުވާފަރުން އެއްވަރުކުރި އެވެ. މެޗުގައި ދެ ވަނަ ފަހަރަށް އިނގުރައިދޫ އަށް ލީޑުނަގައިދިނީ އަހުމަދު އައިހަމް ދިން ބޯޅައަކުން ހާއްޕެ އެވެ. ހާއްޕެ ކޮންޓްރޯލް ކޮށްލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.

އިނގުރައިދޫ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި އިސާމް ވަނީ ގޯލެއް ޖަހައި އަނެއްކާ ވެސް ދުވާފަރަށް ނަތީޖާ ހަަމަހަމަކޮށްދީފަ އެެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، އިނގުރައިދޫން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އެ ޓީމުން ޕެނަލްޓީ ފޮނުވާލީ އައިހަމް، މަމްދޫހު، އަހުމަދު މަޝީދު، އަބްދުﷲ ސަނޫން އަދި ހާއްޕެ އެވެ. ދުވާފަރުގެ ފުރަތަމަ ހަތަރު ޕެނަލްޓީ، އިލްޔަސައު، މުހައްމަދު ނޫހު އިބްރާހިމް، އަހުމަދު މައިސޫން ކާމިޔާބުކޮށްފައިވަނިކޮށް އިސާމް ޖެހި ޕެނަލްޓީ އަމާޒުވީ އިނގުރައިދޫ ކީޕަރު އިހުސާން ގަޔަށެވެ.

މުބާރާތުގައި މިރޭ ފަސް އަތޮޅެއްގެ ފައިނަލް މެޗު އޮންނާނެ އެވެ. އެއީ ބ. މ. ދ. ސ. އަދި ކ. އަތޮޅުގެ ފައިނަލެވެ.

މިރޭގެ މެޗުތައް ކުޅޭ ގަޑިތައް:

20:00 - ބ. އޭދަފުށި/ ބ. ފެހެންދޫ

20:00 - މ. ނާލާފުށި/ މ. ދިއްގަރު

21:00 - ދ. މާއެނބޫދޫ/ ދ. ކުޑަހުވަދޫ

21:00 - ސ. ފޭދޫ/ ސ.މަރަދޫފޭދޫ

22:00 - ކ. ގާފަރު/ ކ. ދިއްފުށި

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox