ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިއަދު ހަތް އަތޮޅުގެ ފައިނަލް

Feb 25, 2023, 9:02 AM
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗެއްގެ ތެރެއިން އިނގުރައިދޫގެ އަލީ ހާފިޒް (ހާއްޕެ) އާއި އައިހަމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗެއްގެ ތެރެއިން އިނގުރައިދޫގެ އަލީ ހާފިޒް (ހާއްޕެ) އާއި އައިހަމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިއަދާއި މިރޭ ހަތް އަތޮޅުގެ ފައިނަލް ކުރިއަށްދާނެ އެވެ. މި ފައިނަލްތަކަށް ފަހު ދެން ކުރިއަށްދާނީ މުބާރާތުގެ ޒޯން ބުރުގެ މެޗުތަކެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދެ ދަނޑުގައި ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މި ފަހަރު 102 ޓީމުން ވާދަކުރާއިރު، ޖުމްލަ އެކު 242 މެޗު މި ފަހަރުގެ މުބާރާތުގައި އޮންނާނެ އެވެ. މިއަދު ހަތް އަތޮޅެއްގެ ފައިނަލް ޝެޑިއުލްކޮށްފައިވާއިރު، ހަވީރު ކުޅޭނީ ފ. އަތޮޅާއި ރ. އަތޮޅުގެ ފައިނަލެވެ. މިރޭ އޮންނާނީ މ. އަތޮޅާއި ބ. އަތޮޅާއި ކ. އަތޮޅާއި ދ. އަތޮޅާއި އަދި އައްޑޫ ސިޓީގެ ފައިނަލެވެ.

މިއަދު ހަވީރު ރ. އަތޮޅު ފައިނަލުގައި 16:00 ގައި ބައްދަލުކުރާނީ އިނގުރައިދޫ އާއި ދުވާފަރެވެ. ފޯރިގަދަ ކުރިމަތިލުންތަކެއް މި ދެ ޓީމުގެ މެދުގައި މީގެ ކުރިން ވެސް ފުޓްސަލް އެކި މުބާރާތްތަކުގައި ފެނިފައިވާއިރު، މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ރ. އަތޮޅުގެ ލީގު ބުރުގައި އިނގުރައިދޫން ވަނީ ދުވާފަރު އަތުން 5-1 އިން މޮޅުވެފަ އެވެ.

ފ. އަތޮޅު ފައިނަލުގައި މިއަދު ހަވީރު ނިލަންދޫން ބައްދަލުކުރާނީ މަގޫދޫއާ އެވެ. މިއަދުގެ 16:00ގައި އެ ފައިނަލް ވެސް ކުޅޭއިރު، ފ. އަތޮޅުގައި އެންމެ ފަހުން މަގޫދޫން ވަނީ 1-0 އިން ނިލަންދޫ ބަލިކޮށްފަ އެވެ.

މިރޭ، 20:00 ބ. އަތޮޅުގެ ފައިނަލުގައި ފެހެންދޫ އާއި އޭދަފުށި ކުޅޭއިރު، އެ އަތޮޅު ލީގު ބުރުގައި ފެހެންދޫ އާއި އޭދަފުށި ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ހަމަ އެ ވަގުތު މ. އަތޮޅު ފައިނަލުގައި ދިއްގަރާއި ނާލާފުށި ވާދަކުރާނެ އެވެ. ނާލާފުށިން ވަނީ ދިއްގަރު އަތުން ގްރޫޕް ސްޓޭޖުގައި މޮޅުވެފަ އެވެ.

ދ. އަތޮޅު ފައިނަލުގައި މިރޭ 21:00 ގައި އެންމެ ފަހުގެ ޗެމްޕިއަން ކުޑަހުވަދޫ ބައްދަލުކުރާނީ މާއެނބޫދޫއާ އެވެ. މާއެނބޫދޫން ވަނީ އެ އަތޮޅުގެ ފުރަަތަމަ މެޗުގައި ކުޑަހުވަދޫ އަތުން މޮޅުވެފަ އެވެ. މިރޭ، 21:00 ދެން ކުޅޭނީ އައްޑޫ ސިޓީ ފައިނަލްގެ ދެ ވަނަ ލެގެވެ. ފުރަތަމަ މެޗުން ފޭދޫ ވަނީ މަރަދޫފޭދޫ އަތުން މޮޅުވެފަ އެވެ. މިރޭ، 22:00 ގައި ފަށާނީ އެއް ފައިނަލެވެ. ކ. އަތޮޅު ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ގާފަރު ކުޅޭނީ ދިއްފުށްޓާ އެވެ. ގާފަރުން ވަނީ ގްރޫޕް ސްޓޭޖުގައި ފަސޭހަކަމާ އެކު ދިއްފުށި އަތުން މޮޅުވެފަ އެވެ.

ފައިނަލް މެޗުތައް ކުޅޭ ގަނޑިތައް:

16:00 - ރ. އިނގުރައިދޫ/ ރ. ދުވާފަރު

16:00 - ފ. ނިލަންދޫ/ ފ. މަގޫދޫ

20:00 - ބ. އޭދަފުށި/ ބ. ފެހެންދޫ

20:00 - މ. ނާލާފުށި/ މ. ދިއްގަރު

21:00 - ދ. މާއެނބޫދޫ/ ދ. ކުޑަހުވަދޫ

21:00 - ސ. ފޭދޫ/ ސ.މަރަދޫފޭދޫ

22:00 - ކ. ގާފަރު/ ކ. ދިއްފުށި

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox