ގަން، ކިނބިދޫ، ވާދޫ އަދި ކުރެންދޫ އަށް އަތޮޅު ޗެމްޕިއަންކަން

Feb 25, 2023, 8:41 AM
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ލ އަތޮޅު ޗެމްޕިއަންކަން ހޯދި ގަން ޓީމުގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ލ އަތޮޅު ޗެމްޕިއަންކަން ހޯދި ގަން ޓީމުގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ގަމާއި ކިނބިދޫ، ވާދޫ އަދި ކުރެންދޫ އެ އަތޮޅުތަކުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ގަމުން ލ. އަތޮޅު ފައިނަލުގައި އިސްދޫ އަތުން މޮޅުވީ 4-0 އިންނެވެ. އެންމެ ފަހުގެ ޗެމްޕިއަން، ތިމަރަފުށި އަތުން ތ. އަތޮޅުގެ ފައިނަލުގައި ކިނބިދޫ މޮޅުވީ 3-2 އިންނެވެ. ވާދޫން ގދ.ގެ ފައިނަލުގައި ގައްދޫ ބަލިކުރީ ފޯރިގަދަ މެޗަކަށް ފަހު 2-0 އިންނެވެ. ޅ. އަތޮޅުގެ ދެ ޓީމުގެ މެދުގައި ކުޅުނު ދެ ވަނަ ލެގު 1-1 އިން އެއްވަރުވުމުން، ކުރެންދޫން ޗެމްޕިއަންކަން ހޯދީ އެގްރިގޭޓަށް ބަލާއިރު، 2-1 އިން ކުރިހޯދައިގެންނެވެ.

ރެެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ލ.ގެ ފައިނަލުގައި އިސްދޫ ކޮޅަށް ގަމުގެ ހަަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، ގަމުގެ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ) އެވެ. އަނެއް ދެ ގޯލު ޖެހީ އަބްދުﷲ ޖުނައިދު (ޖެންނޭ) އާއި ލ. އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަލީ ޝާމިސް (ތޮއްޕޭ) އެވެ. މިއީ ގަމުން އަތޮޅު ތަށި ހޯދި ފަސް ވަނަ ފަހަރެވެ. ލ އަތޮޅުން އެންމެ ގިނަ ގޯލު ޖެހީ އިސްދޫ ޓީމުގެ ހުމޭޒް އެވެ.

ކިނބިދޫ ޓީމުގެ ސަހާއު (ކ) ތިމަރަފުށްޓާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ތެރެއިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތިމަރަފުށި ކައިރީގައި ރަނގަޅު ކުޅުމެއް ދައްކައި ކިނބިދޫން ލީޑުނެގީ އަލީ ފަލާހު، 13 ވަނަ މިނިޓްގައި އޭރިއާތެރެއިން ޖެހި ގޯލަކުންނެވެ. އޭގެ ތިން މިނިޓް ފަހުން އަލީ ޝިފާއު (ރޮނާ) އޭރިއާބޭރުން ގޯލެއް ޖަހައި އެއްވަރުކުރި އެވެ. ކިނބިދޫން މޮޅުވީ ފަހު ވަގުތު ކައުންޓަ އެޓޭކުގައި ދެ ގޯލު ޖަހައިގެންނެވެ. މިއީ ކިނބިދޫގެ މުހައްމަދު ސަހާއު (ބޭލް)ގެ މޮޅު ކުޅުމާ އެކު ތަނަވަސްކުރި ފުރުސަތުތަކުން މުހައްމަދު ޝާފިއު އާއި އަހުމަދު ހަމްދާން ހުސެއިން ޖެހި ގޯލުތަކެކެވެ. މެޗުގެ ފަހު މިނިޓްގައި، ތިމަރަފުށީގެ ކެޕްޓަން، އިބްރާހިމް ސިނާހު (ސިނާ) ހިލޭ ޖެހުމަކުން ލަނޑެއް ޖެހި ނަމަވެސް، އިތުރަށް ވަގުތެއް ނުލިބި މެޗުން ބަލިވީ އެވެ. ތ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޓްރޮފީ ހޯދީ ތިމަރަފުށީގެ އިބްރާހިމް ހަމްދާން އެވެ.

ހަތަރު ރަތް ކާޑު ފެނިގެންދިޔަ ގދގެ ފައިނަލުގައި ރޭ ވާދޫން ދެ ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ އިބްރާހިމް ޝައުފް މުހައްމަދާއި މުސައްނިފު މުހައްމަދު އެވެ. ވާދޫން މި ވަނީ ޖެހިޖެހިގެން ދެ ފަހަރަށް އަތޮޅު ޗެމްޕިއަންކަން ހޯދައިފަ އެވެ.

ވާދޫ ޓީމުގެ ކެޕްޓަން، އަޔާޒް (ކ) ރޭ ގައްދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޅ. އަތޮޅުގެ މެޗުގައި ރޭ މެޗު ފަށައިގެން 15 ސިކުންތު ތެރޭގައި ހިންނަވަރުގެ އަހުމަދު އަބްދުﷲ (ލިލީ) ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ދެ ވަނަ ހާފުގައި ބަދަލަކަށް އެރި އަހުމަދު އިކްރާމް ވަނީ ކައުންޓަ އެޓޭކުގައި ކުރެންދޫ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މި މެޗު އެއްވަރުވެގެން ނިމުނުއިރު، ފުރަތަމަ ލެގުން ކުރެންދޫ މޮޅުވެފައި އޮތުމުން އެ ޓީމަށް އަތޮޅު ޗެމްޕިއަންކަން ލިބުނީ އެވެ.

މާލެ ޒޯނުގެ ދެ މެޗު ވެސް އެއްވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އިއްޔެ ވަނީ ޒޯން މެޗުތައް ވެސް ފަށައިފަ އެވެ. އެ ގޮތުން އިއްޔެ ހަވީރު ޒޯން އެކެއްގެ ދެ މެޗު ކުޅުނުއިރު، ރޭ ވަނީ މާލޭގެ ޓީމުތައް ހިމެނޭ ޒޯން އަށެއްގެ ދެ މެޗު ވެސް ކުޅެފަ އެވެ. ހުޅުމާލެ އާއި ވިލިމާލެ މެޗު 3-3 އިން އެއްވަރުވިއިރު، މައްޗަންގޯޅި އާއި މާފަންނުގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ހުޅުމާލެ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ ޝަނީއު ދެ ގޯލާއި މުސްތަފާ ގޯލެކެވެ. ވިލިމާލެ ޓީމުގެ ގޯލުތައް ޖެހީ އަބްދުﷲ ޝައްފާން (ޝާކާ)، އަލީ ޝިޔާހު (ޝިޔަޅޭ) އަދި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox