އުރީދޫގެ 8 ވަނަ އަހަރީ އާންމު ޖަލްސާ އަންނަ ބުދަ ދުވަހު ބާއްވަނީ

Feb 23, 2023, 12:36 PM
އުރީދޫގެ 8 ވަނަ އަހަރީ އާންމު ޖަލްސާ އަންނަ ބުދަ ދުވަހު ބާއްވަނީ

އުރީދޫ މޯލްޑިވްސްގެ އަށްވަނަ އަހަރީ އާންމު ޖަލްސާ އަންނަ ބުދަ ދުވަހު ބާއްވަން އެ ކުންފުނިން ނިންމައިފި އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓު ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޖަލްސާ އޮންނާނީ އެރޭ 8:30 ގަ އެވެ. އެ ޖަލްސާގައި ބައިވެރިވޭނީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫގެ ހިއްސާދާރުންގެ ގޮތުގައި ތިބި ފަރާތްތަކުގެ ތެރެއިން ޖަލްސާގައި ބައިވެރިވުމަށް އެދި ރެޖިސްޓާ ކުރާ ފަރާތްތަކަށް އެކަންޏެވެ.

މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން ޖަލްސާގައި ބައިވެރިވުމަށް "ޕްރީ ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ، "ޕްރޮކްސީ ފޯމު" ފުރުމަށްފަހު ހުށަހަޅަން ޖެހޭނެ އެވެ. އަދި ހުށަހަޅާފައިވާ ޕްރޮކްސީ ބާތިލުކުރަން ބޭނުންވާނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުމަށްފަހު ހުށަހެޅުމަށް އުރީދޫއިން އެދެ އެވެ.

ރަޖިސްޓާ ކުރުމަށް އެމްއެސްޑީގެ އޮންލައިން ސިސްޓަމް، އިންފިނިޓީ މެދުވެރިކޮށް ފޯމު ހުށަހަޅައިގެން ވެސް ރަޖިސްޓާ ކުރެވޭނެ އެވެ.

ފޯމުތައް ފުރުމަށްފަހު އަންނަ މަހުގެ ހަވަނަ ދުވަހުގެ ރޭގަނޑު 8:30 ގެ ކުރިން investor.relations@ooredoo.mv އަށް އީމެއިލް ކޮށްގެން ނޫނީ އުރީދޫ މޯލްޑިވްސް އޮފީސް، 6 ވަނަ ފަންގިފިލާ، ހ. ސަލްލީޓް، އަށް ފޯމު ހުށަހަޅަން ޖެހޭނެ އެވެ.

ޕްރީ-ރެޖިސްޓެރޭޝަން ފޯމާއި ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު އުރީދޫގެ ވެބްސައިޓުން ލިބޭނެ އެވެ.

އުރީދޫގެ އަހަރީ ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާން އެދޭ ފަރާތްތަކަށް "ފަހި ވޯޓު" މެދުވެރިކޮށް ބައިވެރިވެވޭނެ އިންތިޒާމު އެ ކުންފުނިން ވަނީ ހަމަޖައްސަައިފަ އެވެ. ޖަލްސާ ބާއްވާ ތަނަށް ހާޒިރުވެގެން ބައިވެރިވެވޭނީ ހިއްސާދާރުންގެ ތެރެއިން 120 މީހުންނަށެވެ.

ޖަލްސާގައި ބައިވެރިވުމަށް އެދި ނަން ނޯޓު ކުރާ ފަރާތްތަކުގެ ތެރެއިން އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކާއި ޖަލްސާއަށް ހާޒިރުވެގެން ބައިވެރިވާ ފަރާތްތަކުގެ މައުލޫމާތު މާޗު 7 ގައި ހިއްސާދާރުންނަށް އުރީދޫއިން އަންގާނެ އެވެ.

ޖަލްސާ އޮންނަ ދުވަހު، މާލެއިން ކްރޮސްރޯޑްސްއަށް ދިއުމަށް ދަތުރު ހަމަޖެހިފައިވާ ގަޑިތަކަކީ ރޭގަނޑު 7:15 އަދި 7:30 އެވެ. ޖަލްސާއަށް ހާޒިރުވެ ބައިވެރިވާ ފަރާތްތަކުން އެރޭގެ 7:30 އާއި 8.30 އާ ދެމެދު ކްރޮސް ރޯޑްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ރަޖިސްޓާ ކުރަން ޖެހޭނެ އެވެ.

ރެޖިސްޓާ ކުރަން ހާޒިރުވާން ޖެހޭނީ ދިވެއްސެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓު ހިފައިގެންނެވެ. ޖަލްސާ ފެށުމުގެ ކުރިން ރެޖިސްޓާ ނުކުރާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިނުވެވޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.

އެ ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާ އޮންނަ ރޭގެ 8.15 އާއި 8.30 އާ ދެމެދު، ލިބިފައިވާ ލޮގިން މައުލޫމާތު ބޭނުންކޮށްގެން ފަހިވޯޓު ސިސްޓަމަށް ލޮގިން ކުރަން ޖެހޭނެ އެވެ.

ޖަލްސާގެ އެޖެންޑާއާ ގުޅޭ ތަފުސީލު އެ ކުންފުނީގެ ވެބްސައިޓުން ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox