އީމެއިލް އާއި އިންޓަނެޓް ބޭންކިންގެ ޕާސްވޯޑް ބަދަލުކޮށް ސަމާލުވުމަށް ފުލުހުން ގޮވާލައިފި

 އީމެއިލް އާއި އިންޓަނެޓް ބޭންކިންގެ ޕާސްވޯޑް ބަދަލުކޮށް ސަމާލުވުމަށް ފުލުހުން ގޮވާލައިފި

މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަތަކުގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ގިނަ އީމެއިލްތަކެއް ކޮމްޕޮމައިޒްވެފައި ހުރިކަން ފާހަގަ ކުރެވޭތީ އީމެއިލް ޕާސްވޯޑާއި އިންޓަނެޓް ބޭންކިން ޕާސްވޯޑް ބަދަލުކުރުމަށް ފުލުހުން ގޮވާލައިފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި އިތުރަށް ބުނެފައިވަނީ މިގޮތަށް ފައިސާ ހޯދާ ފަރާތްތަކުން އިންޓަނެޓު ބޭންކިންގެ ޔޫޒާ ނޭމާއި ޕާސްވޯޑު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން، މިފަދައިން ހޯދާ މައުލޫމާތު ބޭނުންކޮށްގެން އެ ފަރާތްތަކުން އެކައުންޓުގައި ހުންނަ ފައިސާ އެހެން އެކައުންޓުތަކަށް ޓްރާންސްފާ ކުރަމާއި އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެން އެކި ފިހާރަތަކުން ކިއު.އާރު ސްކޭން މެދުވެރިކޮށް މޯބައިލް ފޯނާއި އިލެކްޓްރޯނިކް ޑިވައިސް އާއި ތަފާތު މުދާ ގަނެފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

މީގެއިތުރުން ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތަކަށް ބަލާއިރު ލޮގިން ކްރެޑެންޝިއަލްސް ކޮމްޕްރޮމައިޒްވެފައި ހުންނަ މައިގަނޑު ގޮތަކީ އެކި މުއައްސަސާތަކާއި ޖަމުއިއްޔާތަކުގެ ނަމުގައި އޮޅުވާލައިގެން ފޮނުވާ ލިންކުތަކަށް ވަދެ ލޮގިން މައުލޫމާތު ހިއްސާކުރަން އެދިގެން ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި މި ލިންކުތަށް ބޭނުންކޮށްގެން އީމެއިލް ކޮމްޕްރޮމައިޒް ކޮށްލާކަންވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

މިފަދަ ލިންކުތައް ކުށްވެރިން ހަދަނީ އާންމުން ދަންނަ މުއައްސަސާތަކުގެ ނަމުގައިކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

"މިސާލަކަށް، އެޗްޑީސީގެ ފަރާތުން ޕޯޓަލްއަޕްޑޭޓް ކުރުމަށް ނުވަތަ އެނޫންވެސް ސަބަބަކާހުރެ ކަމަށްބުނެ ފޮނުވާ ލިންކަށް ފިތާލުމުން، އެ ލިންކު ހުޅުވައިލާއިރު އެއީ އެޗްޑީސީގެ ވެބްސައިޓުކަމަށް ގަބޫލުކުރެވޭ ގޮތަށް ފަރުމާކޮށްފައިހުރެއެވެ. އަދި ލިންކަށް ފިތާލުމުން ހުޅުވޭ ވެބްސައިޓަކީ ސައްހަނޫން ސައިޓެއްކަން ދެނެގަންނާނެ ގޮތް ގިނަ މީހުންނަށް ނޭނގި އަދި އެ ވެބްސައިޓަކީ ސައްހަ ވެބްސައިޓެއްކަމަށް އިތުބާރުކޮށް ލޮގްއިން ކުރަން ބޭނުންކުރާ މައުލޫމާތުދެވިފައި ހުންނަކަން ފާހަގަކުރެވިފައިވެއެވެ." ފުލުހުން ބުނެފައިވެ އެވެ.

މީގެއިތުރުން އިންޓަނެޓު ބޭންކިންގައި ބޭނުންކުރާ އީމެއިލް އެޑްރެހަކީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ބޭނުންކުރާ އީމެއިލްއަށްވުން އެއީ ވެސް އީމެއިލް ކޮމްޕްރޮމައިޒް ވުމަށް ދިމާވާ ސަބަބެއް ކަމުގައި ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން، ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގެ (ފޭސްބުކް ޓުވިޓަ، އިންސްޓަގްރާމް) ޑޭޓާ ބްރީޗްތަކުގައި ވެސް ރާއްޖޭގެ އެތައް ބައެއްގެ ޑޭޓާ (ލޮގްއިން ކްރެޑެންޝަލްސް) މިހާރު ވެސް އިންޓަނެޓްގައި ލީކުވެފައިވާކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ޕްލެޓްފޯމްތަކުގެ ޕާސްވޯޑު ވެސް ބަދަލުކުރުމަކީ ރައްކާތެރި ގޮތްކަން ވަނީ ފާހަގަ ކޮށްފަ އެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މެއިލް އެކައުންޓުގެ ޕާސްވޯޑް މެނޭޖާގައި އިންޓަނެޓް ބޭންކިން ޔޫސާ ނޭމާއި ޕާސްވޯޑް ސޭވްކޮށްފައި ހުންނަކަމަށާއި، އީމެއިލް ކޮމްޕްރޮމައިޒް ވުމުން މި މައުލޫމާތު ސްކޭމް ހިންގާ ފަރާތްތަކަށް ލިބޭ ކަަމަށެވެ. އަދި އަދި އަމިއްލަ ޑިވައިސް ނޫން އެހެން ޑިވައިސްތަކުން އިންޓަނެޓް ބޭންކިން އަދި އީމެއިލް ސާވިސްތަކަށް އެކްސެސްވެ އެފަދަ ޑިވައިސްތަކުގެ ބްރޯޒާގައި ޕާސްވޯޑް ސޭވްކުރެވިފައި ހުންނަކަން ވެސް ފާހަގަވެފައިވާ ކަަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

"އެހެންކަމުން އިންޓަނެޓް ހިދުމަތްތައް ހޯދައި ލިބިގަތުމުގައި ބޭނުންކުރާ އީމެއިލް އެޑްރެސް އަދި ޕާސްވޯޑުތަކަށް މިހާރަށް ވުރެ ބޮޑަށް ސަމާލުވެ، ޓޫ ފެކްޓާ އޮތެންޓިކޭޝަން ފީޗާސްތައް ބޭނުންކުރުމާއި، ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކުރުމާއި އެއް ޕާސްވޯޑެއް ގިނަ އެކައުންޓްތަކުގައި ބޭނުން ނުކުރުމަށް މި ފުރުސަތުގައި އިލްތިމާސްކުރަން," ފުލުހުން ބުނެފައިވެ އެވެ.

ދިވެހިންގެ ބޭންކިން ކޮމްޕްރޮމައިޒްވެ ގިނަ ބައެއްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން އާންމުންގެ ގިނަ ބަޔަކު ދަނީ މި މައްސަލަތަކުގައި ބޭންކް އޮފް މޯލްޑިވްސްއާ ދެކޮޅަށް ނުރުހުން ފާޅުކޮށް އަޑުއުފުލަމުންނެވެ. ބީއެމްއެލްއިން ތަކުރާރުކޮށް ބުނަމުންދަނީ ހިނގަމުންދާ ސްކޭމްތަކުގައި އެ ބޭންކުގެ ބައިވެރިވުމެއް ނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox