މަގޫދޫ، ނިލަންދޫ، ބޮޑުފޮޅުދޫ، އޭދަފުށި އަދި ފެހެންދޫ އަތޮޅު ފައިނަލަށް

Feb 22, 2023, 8:44 PM
ތުޅާދޫ ދެ ކުޅުންތެރިން ކައިރިން އޭދަފުށީގެ ސައްޓު (މ) ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތުޅާދޫ ދެ ކުޅުންތެރިން ކައިރިން އޭދަފުށީގެ ސައްޓު (މ) ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ އަތޮޅު ފައިނަލްތަކުން ފ. މަގޫދޫ، ފ. ނިލަންދޫ، އއ. ބޮޑުފޮޅުދޫ، ބ. އޭދަފުށި އަދި ބ. ފެެހެންދޫން ޖާގަ ހޯދައިފި އެވެ.

މަގޫދޫން ވަނީ ނިލަންދޫ އަތުން މިރޭ 1-0 އިން މޮޅުވެފަ އެވެ. ފ. އަތޮޅު އަނެއް މެޗުން ބިލެތްދޫން ވަނީ 2-1 އިން ދަރަނބޫދޫ އަތުން މޮޅުވެފަ އެވެ. ފ. ފައިނަލުގައި މަގޫދޫ ކުޅޭނީ ނިލަންދޫއާ އެވެ.

އއ. ބޮޑުފޮޅުދޫ އަށް އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވެން އޮތްއިރު، އެ ޓީމުން ވަނީ ފޯރިގަދަ މެޗަކަށް ފަހު، 3-2 އިން ރަސްދޫ ބަލިކޮށްފަ އެވެ. އެ އަތޮޅު އަނެއް މެޗުން މިރޭ ތޮއްޑޫން ވަނީ ފެރިދޫ އަތުން 6-1 އިން މޮޅުވެފަ އެވެ. އއ. ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، މަތިވެރިން ބައްދަލުކުރާނީ ބޮޑުފޮޅުދޫއާ އެވެ.

ބ. އަތޮޅުގައި މިރޭ ފޯރިގަދަ މެޗަކަށް ފަހު، ހަމްދާން އަބްދުއްސައްތާރުގެ ހަމައެކަނި ގޯލުން އޭދަފުށި ވަނީ 1-0 އިން ތުޅާދޫ ބަލިކޮށްފަ އެވެ. އެ އަތޮޅުގެ އަނެއް މެޗުން ކެންދޫއާ ކުޅެގެން ފެހެންދޫ ވަނީ 0-0 އިން އެއްވަރުވެފަ އެވެ. ބ. އަތޮޅު ފައިނަލުގައި ކުޅޭނީ ފެހެންދޫ އާއި އޭދަފުށްޓެވެ. ލީގު ބުރުގައި މި ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ.

އިނގުރައިދޫގެ އަލީ ހާފިޒް (ކ) ދުވާފަެރުގެ ޖުމާން މުހައްމަދު ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރ. އަތޮޅު ފައިނަލުން ފުރުސަތު ހޯދާފައިވާ އިނގުރައިދޫ އާއި ދުވާފަރުގެ މެޗުން އިނގުރައިދޫ ވަނީ ތަފާތު ބޮޑުކޮށް، 5-1 އިން މޮޅުވެފަ އެވެ. އެ އަތޮޅު އަނެއް މެޗުން އަލިފުށިން ވަނީ 5-1 އިން ރ. މީދޫ ބަލިކޮށްފަ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ނިލަންދޫ ކޮޅަށް މަގޫދުން ޖެހި ހަމައެކަނި ގޯލު މެޗުގެ ދެ ވަނަ ހާފުގައި ކާމިޔާބުކުރީ މޫސާ އައްސަދު އަންވަރު އެވެ. ހުސްކޮށް އެރި ބޯޅައެއް އޭނާ ވަނީ ރަނގަޅަށް ނިންމައިލައިފަ އެވެ.

ބިލެތްދޫގެ މުހައްމަދު ޒީދާން ޒުހުރީ ވަނީ ދަރަނބޫދޫ ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. ދަރަނބޫދޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ރިފާއު އެވެ.

އިނގުރައިދޫން ދުވާފަރު ކޮޅަށް ގޯލުތައް ޖެހީ އަހުމަދު އައިހަމް (އައިހު) ދެ ގޯލާއި މުހައްމަދު މަމްދޫހު، އަލީ ހާފިޒް އަދި އަހުމަދު މަޝީދު ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ. ދުވާފަރުގެ ހަމައެކަނި ގޯލު މުހައްމަދު ޖުމާން އަހުމަދު ޖެހިއިރު، އޭނާ ފޮނުވާލި ޕެނަލްޓީއެއް އިނގުރައިދޫ ކީޕަރު އަހުމަދު އިހުސާން ވަނީ މަތަކޮށްފަ އެވެ.

ނިލަންދޫގެ ކެޕްޓަން ފާރޫގު (ވ) މަގޫދޫ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަލިފުށިން މީދޫ ބަލިކުރިިއިރު، އަލިފުށީގެ ލަނޑުތައް ޖެހީ އަހުމަދު ހުސާމް ހެޓްރިކަކާއި އަހުމަދު އިމްރާން ލައިޒަނަން މުހައްމަދު އެވެ. މީދޫގެ ހަމަައެކަނި ލަނޑު ޖެހީ ރަޝާދު އަބްދުލް މަތީން އެވެ.

މިރޭ ފެރިދޫ ކޮޅަށް ތޮއްޑޫން ލަނޑުތައް ޖެހީ އަލީ މަނާލް މުސްތަފާ ދެ ގޯލާއި އިބްރާހިމް ސުހާން މުހައްމަދު، އަހުމަދު ޝަމީމް، އާދަމް ހުފާފު، މުހައްމަދު ޝަފީއު ނަސްރުﷲ ގޯލެކެވެ. ފެރިދޫގެ ހަމައެކަނި ގޯލު ޖެހީ ހުސެއިން ހިޝާމް އަބްދުﷲ އެވެ. ބޮޑުފޮޅުދޫން ގޯލުތައް ޖެހީ ޓީމުގެ ކެޕްޓަން، އަހުމަދު ރިޔުޝާން އާއި އަލީ ޝަނީޒްގެ އިތުރުން ރަސްދޫ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox