އިންޑިއާ މިނިސްޓަރު ގަޑި ޖެހުމުން ޓެނިސް ލެޖެންޑް ބޯގް ހަފުލާ ދޫކޮށް ހިނގައްޖެ

ބްޔޯން ބޯގް ރިޓަޔާ ކުރީ 1983 ވަނަ އަހަރުގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ބްޔޯން ބޯގް ރިޓަޔާ ކުރީ 1983 ވަނަ އަހަރުގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޓެނިސް ލެޖެންޑް ބްޔޯން ބޯގްގެ ޝަރަފުގައި އިންޑިއާގެ ބެންގަލޫރު ސިޓީގައި ބޭއްވި ހަފުލާއަކަށް މިނިސްޓަރު ގަޑި ޖެހުމުން، ބޯގް އެ ހަފުލާ ދޫކޮށް ހިނގައްޖެ އެވެ.

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގެ ބެންގަލޫރު ސިޓީގައި ބޯގްގެ ޝަރަފުގައި ހަފުލާއެއް ބޭއްވީ އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ބަސްވަރާޖް ބޮންމާއީ އެވެ.

އަންގާރަ ދުވަހު އޮތް ހަފުލާއަށް ބޮންމާއީ ވަޑައިގެންނެވީ ދެ ގަޑިއިރު ލަހުންނެވެ. ހެނދުނު 09:30 ގައި ހަފުލާ ފެށުމަަށް ތާވަލުކޮށްފައި އޮތް ނަމަވެސް، ބޮންމާއީ ވަޑައިގެންނެވީ 11:15 ގެ ފަހުންނެވެ.

Advertisement

ބޮންމާއީ ހަފުލާއަށް ވަޑައިގެންނެވި އިރު، ބޯގް ވަނީ އެ ތަން ދޫކޮށް ގޮސްފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާ ދިޔައީ އޭނާގެ ދަރިފުޅު ލިއޯގެ ޓެނިސް މެޗެއް ބެލުމަށެވެ.

ހަފުލާ އިންތިޒާމް ކުރި ކޮމިޓީގެ އޮފިޝަލަކު ޑެކަން ހެރަލްޑް ނޫހަށް ބުނީ މިނިސްޓަރު ގަޑި ޖެހުނީ ބައެއް އެހެން ކަންކަމަށް ވަގުތު ހުސްކުރަން ޖެހުމުން ކަމަށެވެ.

އިންޑިއާގެ އިވެންޓުތަކަށް ސިޔާސީ ފަރާތްތަކާއި ސެލެބްރިޓީއިން ގަޑި ޖެހިގެން ދިޔުމަކީ ވަރަށް އާއްމު ކަމެކެވެ. ބައެއް ފަހަރު އެތައް ގަޑިއިރެއް ފަހުން ވެސް އެ މީހުން އިވެންޓުތަކަށް ދެއެވެ.

ބޯގްގެ ޝަރަފުގައި ބޭއްވި ހަފުލާ ފަހުން ވަނީ ކެންސަލްކޮށްފަ އެވެ. ބޯގްގެ އިތުރުން އިންޑިއާގެ ކުރީގެ ޓެނިސް ތަރި ވިޖޭ އަމްރިތުރާޖުގެ އަގުވަޒަން ކުރުމަށް ވެސް އޮތީ ރާވައިފަ އެވެ.

އޮފިޝަލަކު ބުނީ އެ ހަފުލާ ކެންސަލް ކުރުމަށް ފަހު، ބޯގް އާއި އަމްރިތްރާޖަށް ޝަރަފުގެ އެވޯޑު ދިނުމުގެ އިވެންޓް އޮންނާނީ މި ހަފުތާގެ ދުވަހެއްގައި ޗީފް މިނިސްޓަރު އޮފީހުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox