ތިމަރަފުށްޓާއި ކިިިނބިދޫ ތ. އަތޮޅު ފައިނަލަށް، ކާށިދޫ ކ. އަތޮޅު ސެމީ އަށް

Feb 21, 2023, 10:38 PM
ވޭމަންޑޫގެ އަދުހަމް (ވ) ކައިރިން ތިމަރަފުށީގެ އަސްވަދު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވޭމަންޑޫގެ އަދުހަމް (ވ) ކައިރިން ތިމަރަފުށީގެ އަސްވަދު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ތ. އަތޮޅު ފައިނަލުން ތިމަރަފުށްޓާއި ކިނބިދޫ ފުރުސަތު ހޯދިއިރު، ކ. އަތޮޅު ސެމީ ފައިނަލުގެ ފަހު ޖާގަ ކާށިދޫ އިން ހޯދައިފި އެވެ.

ތ. އަތޮޅު ސެމީގައި ކިނބިދޫ ވަނީ ފަހަތުން އަރައި އެންމެ ފަހުގެ ރަނަރަޕް އޮމަދޫ އަތުން 2-1 އިން މޮޅުވެފަ އެވެ. ދެ ވަނަ ސެމީގައި އެންމެ ފަހުގެ އަތޮޅު، ޗެމްޕިއަން، ތިމަރަފުށިން ވަނީ ވޭމަންޑޫ އަތުން މޮޅުވެފަ އެވެ. ކ. އަތޮޅު ދެ ވަނަ ގްރޫޕްގެ ފަހު މެޗުގައި މިރޭ 4-2 އިން ހިންމަފުށި ބަލިކޮށްފަ އެވެ.

މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ގދ. އަތޮޅުގައި ވާދޫއާ ދެކޮޅަށް ކުޅެން އޮތް މެޗު ތިނަދޫ ޓީމަށް ހާޒިރުވެވެން ނެތުމުން ވާދޫ އަށް ވަނީ މެޗު ލިބިފަ އެވެ. ގދ. އަތޮޅުގެ އަނެއް މެޗުން ގައްދޫން ވަނީ މަޑަވެލި އަތުން 3-2 އިން މޮޅުވެފަ އެވެ. މިރޭ, ކުޅުނު، ޅ. އަތޮޅުގެ މެޗުން ކުރެންދޫން ވަނީ ހިންނަވަރު އަތުން 1-0 އިން މޮޅުވެފަ އެވެ.

ލ އަތޮޅުގެ ފައިނަލުން ފުރުސަތު ހޯދާފައިވާ އިސްދޫ އާއި ގަން މިރޭ ކުޅުނު ލީގު ބުރު މެޗުން ގަން މޮޅުވީ 4-0 އިންނެވެ. އަދި ލ. މާމެންދޫ ކުޅުނު މެޗުން ވަނީ 3-1 އިން ކަލައިދޫ ބަލިކޮށްފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތ އަތޮޅު ސެމީގައި އޮމަދޫ އާއި ކިނބިދޫ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ އަހުމަދު ނަޝްވާން ފުރަތަމަ ހާފުގައި އޭރިއާތެރެއިން ގޯލުގެ ކައިރީ ކަނަށް ޖެހި ގޯލުން އޮމަދޫން ވަނީ ލީޑުނަގައިފަ އެވެ. ކިނބިދޫ ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. ކިނބިދޫ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ މުހައްމަދު ސަހާއު (ބޭލް) ދިން ބޯޅައަކުން އަހުމަދު ހަމްދާން އެވެ. އަދި ކިނބިދޫ މޮޅުވީ ސަހާއު ޖެހި ބޯޅައެއް ހުއްޓުވަން އުޅުމުގެ ތެރޭގައި އޮމަދޫގެ މުހައްމަދު އަލާއު އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

ވޭމަންޑޫ އަތުން ތިމަރަފުށި މޮޅުވިއިރު، ކޮންމެ ހާފެއްގައި ތިމަރަފުށީގެ ގޯލެއް ފެނުނެވެ. އެ ގޮތުން ފުރަތަމަ ހާފުގައި ތިމަރަފުށިން ލީޑުނެގީ އިބްރާހިމް އަސްވަދު (ގަބޭ) ހިލޭ ޖެހުމަކުން ޖެހި ބޯޅައެއް ގޯލަށް ފޮނުވާލައިގެން އަބްދުﷲ ޒިޔާން (ޖަންކީ) ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އަރައި ތިމަރަފުށީގެ ދެ ވަނަ ގޯލު ޖެހީ އިސްމާއިލް މުނީޒް، އޭރިއާބޭރުންނެވެ.

ހިންމަފުށްޓާއި ކާށިދޫ ބައްދަލުކުރި މެޗު މެދުކަނޑާލަން ޖެހުނެވެ. އެއީ ދަނޑުގެ ލައިޓަށް ދިމާވި މައްސަލަ ހައްލުކުރުމަށެވެ. މި މެޗުގައި ކާށިދޫގެ ގޯލުތައް ޖެހީ ކެޕްޓަން، އަބްދުﷲ ސުޒޭރު، އިބްރާހިމް ހަލީމް، އިލްވާން މުހައްމަދު އަދި އަބާން މުހައްމަދު އެވެ. ހިންމަފުށީގެ ގޯލުތައް ޖެހީ ހުސެއިން ނާފިޒް އާއި އަތުޝާން އިބްރާހިމް އެވެ.

ކ. އަތޮޅު އެއް ސެމީގައި ބައްދަލުކުރާނީ ގާފަރާއި ހިންމަފުށްޓެވެ. އަނެއް ސެމީގައި ދިއްފުށިން ބައްދަލުކުރާނީ މަާފުށްޓާ އެވެ.

އިސްދޫ ކުޅުންތެރިއަކު ކައިރިން ގަމުގެ ޒައިދާން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގަމުން މިރޭގެ މެޗުގައި އިސްދޫ ކޮޅަށް ގޯލު ޖެހީ އަލީ ޝާމިސް (ތޮއްޕޭ) ދެ ގޯލާއި އަބްދުﷲ ޖުނައިދު (ޖެންނޭ) އާއި ހުސެއިން ނާޝިދު (ނާއްޓޯ) ގޯލެކެވެ. މާމެންދޫގެ ހުސެއިން އަޒުމަތު ދެ ގޯލު ޖެހިއިރު، އެ ޓީމުގެ އަނެއް ގޯލު ޖެހީ އިބްރާހިމް ޔަމާން އެވެ.

ޅ. އަތޮޅުން ބައިވެެރިވީ ދެ ޓީމު ކަމަށްވާތީ ދެ ޓީމުގެ މެދުގައި ކުޅޭނީ ދެ ލެގަށް ފައިނަލެކެެވެ. އެ ގޮތުން ފުރަތަމަ ލެގުގައި މިރޭ ކުރެންދޫން ވަނީ ހިންވަރު ބަލިކޮށްފަ އެވެ. ކުރެންދޫގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގައި އަބްދުލް ވާހިދު (ވާޑު) ދިން ބޯޅައަކުން އަހުމަދު މާދިހު އެވެ.

މަޑަވެލި ކޮޅަށް ގައްދޫގެ ގޯލުތައް ޖެހީ އާލިމް އަބްދުލް އަޒީޒް އާއި ޝާރިގް އިބްރާހިމް ރަޝީދު އަދި މިރާސް މުހައްމަދު ޒުހެއިރު އެވެ. މަޑަވެލީގެ ދެ ގޯލު ޖެހީ އަހުމަދު ސިނު މަހުމޫދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox