ނިއު ދިއްލީގައި ސައިކަލު ޓެކްސީ ކުރުން މަނާކޮށްފި

ނިއު ދިއްލީގައި ސައިކަލު ޓެކްސީ ކުރާ ގިނަ ކުންފުނިތަކެއް އުޅޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ނިއު ދިއްލީގައި ސައިކަލު ޓެކްސީ ކުރާ ގިނަ ކުންފުނިތަކެއް އުޅޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ސައިކަލު ޓެކްސީ ކުރުން މަނާކުރުމާ އެކު އޫބާ، އޯލާ އަދި ރެޕިޑޯ ފަދަ ކުންފުނިތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވެއްޖެ އެވެ.

ސަރުކާރުން ނެރުނު އެންގުމެއްގައި ބުނީ ޕަސެންޖަރުން އުފުލުމަށް ދެ ފުރޮޅުލީ އުޅަނދު ބޭނުން ކުރުމަކީ އިންޑިއާގެ ގާނޫނުން މަނާކުރާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން އެފަދަ ހިދުމަތްތައް މަގުފަހިކޮށްދޭ "ޑިޖިޓަލް ޕްރޮވައިޑަރުން 1،208 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ" ކަމަށް އެ އެންގުމުގައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ކުންފުނިތަކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އިންޑިއާގައި އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ސައިކަލު ޓެކްސީގެ ހިދުމަތް ބޭނުން ކުރަނީ އަގުހެޔޮ ކުރުމުގެ އިތުރުން ކާރުގައި ދަތުރު ކުރާއިރު ޓްރެފިކް ބާރު ބޮޑުވާތީ އެވެ.

އޭގެ އިތުރުން ސައިކަލު ޓެކްސީގެ ހިދުމަަތުގެ ސަބަބުން އެތައް ހާސް ބަޔަކަށް ވަޒީފާ ވެސް ލިބެ އެވެ. ގިނަ ބަޔަކު ޕްރައިވެޓް އުޅަނދުގައި ހިދުމަތް ދެނީ ޑިޖިޓަލް ކުންފުންޏަކާ ގުޅިގެންނެވެ.

އެހެން ނަމަވެސް އިންޑިއާގެ މޮޓޯ ވެހިކަލް ގާނޫނު ބުނާ ގޮތުން ކޮމާޝަލް އެއްވެސް ބޭނުމަކަށް ޕްރައިވެޓް އުޅަނދު ބޭނުންކުރުން މަނާ ވާނެ އެވެ.

އެލައިޑް މާކެޓް ރިސާޗުން މިދިޔަ އަހަރު ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން އިންޑިއާގެ ސައިކަލް ޓެކްސީގެ ސިނާއަތުގެ އަގު 50.05 މިލިއަން ޑޮލަރަށް އަރަ އެވެ. އަދި 2030 ގެ ކުރިން އެ އަގު 1.5 ބިލިއަން ޑޮލަރަށް އުފުލޭނެ ކަމަށް ލަފާކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުން މަނާކޮށްފި

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުމާއި ބެޓްކުރުން މަނާކުރުމަށް އެ ގައުމުގެ ރައީސް ލޫލާ ދަ ސިލްވާ ވަގުތީ އަމުރެއް ނެރުއްވައިފިއެވެ. މި ފިޔަވަޅު އެޅުއްވީ ޖުވާގެ ސަބަބުން އާއިލާތަކުގެ އާމްދަނީއަށް ގެއްލުންވެ، އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާތީ ގައުމު ސަލާމަތްކުރުމުގެ މަގުސަދުގައެވެ. އިންތިޚާބާ ގާތްވެފައިވަނިކޮށް ނިންމެވި މި ނިންމެވުން ދާއިމީ ކުރުމަށް ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި ކޮންގްރެސްގެ ހުއްދަ ހޯދަންޖެހޭނެއެވެ.

ޓްރަމްޕްގެ އެއާ ފޯސް ވަންގައި ސީއެންއެން ދަތުރުކުރުން މަނާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓެނެސީއަށް ކުރައްވާ ދަތުރުފުޅުގައި، ރަސްމީ މަތިންދާބޯޓު "އެއާ ފޯސް ވަން" ގައި ސީއެންއެން ދަތުރުކުރުން ވައިޓް ހައުސްއިން މަނާކޮށްފިއެވެ. މިއީ ޓްރަމްޕްގެ ސަރުކާރާއި މީޑިއާތަކާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށްވާއިރު، މީގެ ކުރިންވެސް ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން ވަނީ މަނާކޮށްފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަށް ބުނެ މީޑިއާ އިދާރާތަކުން މި ނިންމުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

ހޯރްމޫޒް ހުޅުވާލުމަށް އީރާނުން އެމެރިކާއަށް ހުށަހެޅުމެއް

ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި ވަކި ޝަރުތުތަކަކާއެކު އީރާނުން އެމެރިކާއަށް ހުށަހެޅުމެއް ފޮނުވާފައިވާއިރު، މިކަމުގައި ގޮތެއް ނިންމުމުގެ އިޚުތިޔާރު މިހާރު އޮތީ އެމެރިކާއަށެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕް ވަނީ އީރާނުގެ މި ހުށަހެޅުން ބޭރުކޮށްލައްވައި، އެ ގައުމަށް އަސްކަރީ ހަމަލާތަކެއް ދިނުމުގެ އިޝާރާތެއް ކުރައްވާފައެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ބެންކޮކްގައި ފެންބޮޑުވުމުން ކުއްލި ނުރައްކާ އިއުލާންކޮށްފި

ބެންކޮކަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މި ވިއްސާރައިގައި ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވާރޭވެހި ކޯރުތައް ބަންޑުންވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އިތިއޯޕިއާ-ޖިބޫޓީ ތެޔޮ ހޮޅިއަށް 660 މިލިއަން ޑޮލަރު ދެނީ

ނައިޖީރިއާގެ މަހުޖަނު އަލީކޯ ޑަންގޯޓޭގެ 660 މިލިއަން ޑޮލަރުގެ ފަންޑާއެކު، ޖިބޫޓީ އާއި އިތިއޯޕިއާ ދެމެދު 120 ކިލޯމީޓަރުގެ ތެޔޮ ހޮޅިއެއް އެޅުމުގެ މަޝްރޫއެއް ވަނީ ފަށާފައެވެ. ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިމޭނެ މި މަޝްރޫއުގެ ސަބަބުން، އިތިއޯޕިއާއަށް ތެޔޮ އުފުލުމަށް ހޭދަވާ ވަގުތު ފަސް ދުވަހުން އެއް ދުވަހަށް ކުޑަވެ، އެ ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ވަރުގަދަވެގެންދާނެއެވެ.

މަޖުބޫރު އަސްކަރީ ހިދުމަތާ ދެކޮޅަށް ޖަރުމަނުގައި މުޒާހަރާ ކުރަނީ

ޖަރުމަނުވިލާތުގައި އަސްކަރީ ހިދުމަތް އަލުން މަޖުބޫރުކޮށްފާނެތީ، އެކަމާ ދެކޮޅަށް އެ ގައުމުގެ ކިޔަވާ ކުދިން ކްލާސްތަކަށް ނުގޮސް މުޒާހަރާކުރަން ފަށައިފި އެވެ. މި މުޒާހަރާތަކުގެ ބައިވެރިން ގޮވާލަމުންދަނީ ސަރުކާރުން ގެންގުޅޭ އަސްކަރިއްޔާ ވަރުގަދަކުރުމުގެ ސިޔާސަތުގެ ދަށުން ޒުވާނުން ހަނގުރާމައަށް ފޮނުވުމުގެ ވިސްނުން ދޫކޮށްލުމަށެވެ.

Newsletter

Get the latest news delivered straight to your inbox