ކްރޯމް ބޭނުންކޮށްގެން ދެން ޗާޖު ހުހެއް ނުވާނެ

ކްރޯމް އަކީ ސިސްޓަމަށް "ބާރުބޮޑުވާ" ޕްރޮގްރާމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭއިރު މި ފީޗާތަކުގެ ސަބަބުން ވިންޑޯސް އަކި މެކްއޯއެސް ބޭނުންކުރާ ލެޕްޓޮޕްތަކަށް ވަރަށް ބޮޑު ލުއިކަމެއް ގެނެސްދޭނެ

ކްރޯމް އަކީ ސިސްޓަމަށް "ބާރުބޮޑުވާ" ޕްރޮގްރާމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭއިރު މި ފީޗާތަކުގެ ސަބަބުން ވިންޑޯސް އަކި މެކްއޯއެސް ބޭނުންކުރާ ލެޕްޓޮޕްތަކަށް ވަރަށް ބޮޑު ލުއިކަމެއް ގެނެސްދޭނެ

ކްރޯމް ބޭނުންކުރަމުންދާއިރު ސިސްޓަމްގެ ޕާފޯމެންސް އިތުރަށް ދަށް ވިޔަ ނުދިނުމަށް ގޫގުލް އިން މުޅިން އައު ދެ ފީޗާއެއް ތައާރަފު ކޮށްފި އެވެ.

އެންމެ ފަހުގެ ކްރޯމް އަޕްޑޭޓް އަށް ގޫގުލް އިން ތައާރަފު ކޮށްފައިވާ ދެ ފީޗާ އަކީ "މެމޮރީ ސޭވާ" އަދި "ބެޓެރީ ސޭވާ" އެވެ. މި ދެ ފީޗާގެ ސަބަބުން ކްރޯމް ބޭނުންކުރާ ވަގުތު އް ޕްރޮގްރާމް އިން ބޭނުންކުރާ ރިސޯސަސް މަދުވެގެން ދާނެކަމަށް ގޫގުލް އިން ބުނެ އެވެ.

އޭގެ ތެރެއިން މެމޮރީ ސޭވާ އަކީ ކްރޯމް އިން ކޭޗް ކުރާ ޑޭޓާ މަދުކޮށް، ސިސްޓަމްގެ ރެމްއަށް ލުއިކަމެއް ގެނެސްދޭނެ ފީޗާއެކެވެ. އެގޮތުން، މި ފީޗާ އޮންވެފަ އިންނަ ވަގުތުތަކުގައި ބޭނުންނުކުރާ ޓެބްތަކުގެ ޑޭޓާ ކްރޯމް އިން އަންލޯޑް ކޮށްލާނެ އެވެ. އަދި އަލުން އެ ޓެބަކަށް ދިޔުމުން އެ ޑޭޓާ ރީލޯޑްކޮށްލާނެ އެވެ.

ދެވަނަ ފީޗާ ކަމަށްވާ ބެޓެރީ ސޭވިން އޮން ވެފަ އިންނަ ވަގުތު ކްރޯމްގެ ބެކްރައުންޑް އެކްޓިވިޓީސް އަދި ވިޝުއަލް އިފެކްޓްސް މަދުކޮށްލަ އެވެ.

އޭގެ އިތުރުން ސައިޓްތަކުގައި ހުންނަ ބައެއް ވީޑިއޯ ނުވަތަ އެނިމޭޝަންގެ އިތުރުން ސްކްރޯލް ކުރުމުގެ ފްރޭމް ރޭޓް އެކަށޭނެ މިންވަރަކަށް ތިރިކޮށްލަ އެވެ. ނަމަވެސް އެނާޖީ ސޭވާ އޮން ވާނީ ލެޕްޓޮޕްގެ ޗާޖް 20 އިންސައްތަ އަށް ދިޔުމުންނެވެ.

ކްރޯމް އަކީ ސިސްޓަމަށް "ބާރުބޮޑުވާ" ޕްރޮގްރާމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭއިރު މި ފީޗާ ތަކުގެ ސަބަބުން ވިންޑޯސް އަދި މެކްއޯއެސް ބޭނުންކުރާ ލެޕްޓޮޕްތަކަށް ވަރަށް ބޮޑު ލުއިކަމެއް ގެނެސްދޭނެ ކަމަށް ގޫގުލް އިން ބުނެ އެވެ.

މެމޮރީ ސޭވާ އަދި އެނާޖީ ސޭވާ ފީޗާ ގޫގުލް އިން ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެންމެ ފަހުގެ އަޕްޑޭޓުގައި މި ފީޗާތައް އިންނާނީ އޮޓޮމެޓިކަލީ އޮންވެފައެވެ. ނަމަވެސް ބޭނުން ނަމަ ކްރޯމްގެ ސެޓިންއަށް ގޮސް، ވާތް ފަރާތުގައި އިންނަ ލިސްޓްއިން ޕާފޯމަންސް ބަޔަށް ދިޔުމުން މި ފީޗާތައް އޮފްކޮށްލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox