މޭރީގެ މަރު: ހެކިވެރިޔަކު ބުނީ ލަމްހާ ހުރީ ހިތްހަމަޖެހިފަ ކަމަށް

މޭރީ މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވާ ލަމްހާ؛ މޭރީ މަރުވުމުން ލަމްހާ ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށް ލަމްހާ ބުނި

މޭރީ މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވާ ލަމްހާ؛ މޭރީ މަރުވުމުން ލަމްހާ ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށް ލަމްހާ ބުނި

އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރުވުމުން، އެ މައްސަލާގައި ދައުވާ އުފުލާފައިވާ ލަމްހާ އަބްދުލްރަހްމާން ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ކަމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސް ދިން ހެކިވެރިޔަކު ބުނެފި އެވެ.

މޭރީ ގްރޭސް ދަންޖެހިފައި ހުއްޓައި ފެނުނު ކަމަށް އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ރިޕޯޓް ކުރި ނަމަވެސް އޭނާ މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ. އޭނާ މަރާލުމުގެ ދައުވާ ފިރިމީހާ މާވިންގެ މައްޗަށް އުފުލާފައިވާއިރު، މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ލަމްހާއަކީ މާވިންގެ ލޯބިވެރިޔާ އެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި މިއަދު ހަމަޖެހިފައި އޮތީ ތިން މީހެއްގެ ހެކިބަސް ނެގުމެވެ. އޭގެ ތެރޭގައި ހިމެނެނީ ތަހުގީގުގައި ބައިވެރިވި ދެ އޮފިސަރެއްގެ ހެކިބަހާއި ލަމްހާގެ އެކުވެރިއެއްގެ ހެކިބަހެވެ.

ހެކިބަސް ނެގި ތިން މީހުން

  • މުހައްމަދު މުބީން (ލަމްހާގެ އެކުވެރިއެއް، ފުލުހެއް)
  • މަރިޔަމް ލައުޒާ (އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރެއް)
  • އާދަމް މުހައްމަދު (ވީޑިއޯ އިމޭޖް އެނަލިސިސް ރިޕޯޓް ތައްޔާރުކުރި އޮފިސަރެއް)

ލަމްހާގެ އެކުވެރިޔާގެ ބަސް: މޭރީ މަރުވުމުން ލަމްހާ ހުރީ ހިތްހަމަޖެހިފައި

ލަމްހާގެ އެކުވެރިޔާ މުބީނަކީ ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. މި ދުވަސްވަރު އޭނާ ހުރީ ވެސް ދ. ވާނީ ޕޮލިސް އެކަޑަމީ ޓްރެއިނިންއެއްގަ އެވެ. ހެކިބަސް އަދާކުރީ ވެސް ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގައި ހުރެ އޮންލައިންކޮށް ބައިވެރިވެގެނެވެ.

މުބީން ހެކިބަސް ދިން ގޮތުގައި ލަމްހާ ދިޔައީ އޭނާ އާއި މާވިން ދެމެދު އޮތް ގުޅުމުުގެ ވާހަކަތައް ހިއްސާކުރަމުންނެވެ. މާވިން ކައިވެންޏެއްގެ މަތީގައި ހުރި ކަމާއި ލަމްހާ އާއި މާވިން އަދި މާވިންގެ އަނބިމީހާ މޭރީ ވެސް މަސައްކަތް ކުރަމުން ދިޔައީ އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާގައި ކަން މުބީނަށް އެނގެ އެވެ.

އަދި މާވިން އާއި ލަމްހާއާ ދެމެދު ދައްކާފައި ހުރި ވާހަކަތަކުގެ ޗެޓް ލޮގްތައް މާވިންގެ ފޯނުން ފެނިގެން މޭރީއަށް އެ ސިއްރު ގުޅުން އެނގިގެން ދިޔަ ކަން ވެސް ލަމްހާ ހިއްސާކުރި ކަމަށް މުބީން ބުންޏެވެ. އަދި މޭރީ ސުލްހަ ކޮށްދިނުމުގައި އެހީތެރިވުމަށް ލަމްހާ އެދުނު ކަމަށް ވެސް އޭނާ ބުންޏެވެ.

ލަމްހާގެ އެދުމުގެ މަތިން މޭރީއާ ބައްދަލުކުރި ކަމަށް ވެސް ފުލުސް މީހާ ބުންޏެވެ. އަދި މާވިން އާއި ލަމްހާގެ ޗެޓްލޮގްތަކާއި ލަމްހާ އާއި މޭރީގެ ޗެޓްލޮގްތައް ޕްރިންޓްކޮށްގެން ގެނައި ކަމަށާއި އެ ތަކެތި ލަމްހާ އޭނާއަށް ދިން ކަމަށް ވެސް މުބީން ބުންޏެވެ. އެތަކެތި ފަހުން ފުލުހުންގެ ތަހުގީގަށް ހަވާލުކުރި ކަމަށް ވެސް އޭނާ ބުންޏެވެ.

ލަމްހާ އާއި މޭރީ ސުލްހަކުރުމުގެ ގޮތުން ދެ މީހުންނަށް ވެސް ގިނައިން ގުޅައި މެސެޖްކުރަން ޖެހުނު ކަމަށް މުބީން ބުންޏެވެ. އަދި މާވިނާ އެކު އޮތް ގުޅުން އިތުރަށް ކުރިއަށް ނުގެންދަން ލަމްހާ އެއްބަސްވި ކަމަށް ވެސް މުބީން ބުންޏެވެ.

އޭގެ ފަހުން މޭރީ މަރުވި ދުވަހު ލަމްހާ ގުޅާފައި މޭރީ އަމިއްލަ ނަފުސަށް ގެއްލުން ދީފައި މާވިން ޑިޕޯޓްކުރަން މަސައްކަތް ކުރަން އުޅޭ ކަމަށް ބުނި ކަމަށް މުބީން ބުންޏެވެ. އަދި ފަހުން ގުޅާފައި މޭރީ މަރުވެއްޖެ ކަމުގެ ހަބަރު ވެސް ދިން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ދިޔައިން އައިޖީއެމްއެޗަށް. އަދި ލަމްހާއަށް ގުޅުމުން އޭނަ ވެސް އެ ތަނަށް އައި. މޫނު މަތިން އެއްވެސް ވަރަކަށް ދެރަވުމުގެ އިހުސާސެއް ނެތް. ވަރަށް އެކްސައިޓްވެފައި ހުރި ގޮތަކަށް، ވަރަށް ހިތްހަމަޖެހިލައިގެން ހިނިތުން ވެފައި ހުރީ،" ލަމްހާގެ މޫނުމަތީގެ ހަރަކާތްތައް ކިޔައިދޭން ދައުލަތުން އެދުމުން އެ ސުވާލުގެ ޖަވާބުގައި މުބީން ބުންޏެވެ.

އޭގެ ފަހުން އެކި ފަހަރު މަތިން ލަމްހާ ގުޅާފައި "މައްސަލައަށް ވާނީ ކިިހިނެއްހޭ" ސުވާލުކުުރަމުން ދިޔަ ކަމަށް މުބީން ބުންޏެވެ. މީގެ ކުރިން ވެސް ފުލުހުގައި މަސައްކަތް ކުރި ބައެއް މީހުން ވަނީ އެ މީހުންނަށް ގުޅާފައި ލަމްހާ އެކަން ސާފުކުރުމަށް މަސައްކަތް ކުރި ކަމަށް ބުނެ ހެކިބަސް ދީފަ އެވެ.

ލަމްހާގެ ވަކީލުން މައިގަނޑު ގޮތެއްގައި ސުވާލުކުރަމުން ދިޔައީ މޭރީ އާއި މުބީނާ ދެމެދު ގުޅުމެއް އޮތްތޯ ސާފުކުރުމަށެވެ. މުބީން ބުނަމުން ދިޔައީ އޭނާ މޭރީއާ ކުރިހާ ވެސް މުއާމަލާތަކީ ލަމްހާ އެދިގެން ސުލްހަކުރަން ކުރި މުއާމަލާތާއި މޭރީ އެދިގެން މާވިން އިސްލާމް ވެއްޖެތޯ ބެލުމަށް ކުރި މުއާމަލާތް ކަމަށެވެ. އޭގެ އިތުރަށް މޭރީއާ އެކު އެއްވެސް ވާހަކައެއް ދައްކާފައިނުވާނެ ކަމަށް އޭނާ ބުންޏެވެ.

މައްސަލައިގެ ފަސްފަހަތް

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު، ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.

އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. އޭގެ ފަހުން ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

މި ދައުވާތަކަށް ލަމްހާއާއި މާވިން އިންކާރު ކުރުމުން، ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. ދިފާއުގައި މާވިން އަދި ލަމްހާ ވެސް ހެކިތަކެއް ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox