މާމިގިއްޔާއި މަހިބަދޫ އދ އަތޮޅުގެ ފައިނަލަށް

Feb 20, 2023, 8:20 AM
މާމިގިލި ޓީމުގެ ހިސާމް ސަލީމް (ކޮކީ) ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާމިގިލި ޓީމުގެ ހިސާމް ސަލީމް (ކޮކީ) ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި އދ. އަތޮޅުގެ ސެމީ ފައިނަލް މެޗުތަކުން މޮޅުވެ، މަހިބަދޫ އާއި މާމިގިލިން އެ އަތޮޅުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މާމިގިއްޔަކީ އެންމެ ފަހުން މި އަތޮޅުގެ ޗެމްޕިއަނުންނެވެ. އަނެއްކޮޅުން، މިއީ މަހިބަދޫން މުބާރާތުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ސެމީ ފައިނަލުގައި މާމިގިލިން ވަނީ ފެންފުށި އަތުން 8-0 އިން މޮޅުވެފަ އެވެ. އަދި އަނެއް ސެމީ ފައިނަލުގައި، މަހިބަދޫން ވަނީ ހަންޏާމީދޫގެ މައްޗަށް 2-0 އިން ކުރިހޯދައިފަ އެވެ.

ރެެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި މަހިބަދޫ އަށް ލަނޑުތައް ޖަހައިދިނީ އާދަމް ފަހުމާން އާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބިޗަޑް އެވެ. މާމިގިލިން ފެންފުށި ކޮޅަށް ޖެހި ލަނޑުތަކަށް ބަލާއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މާމިގިލީގެ ހިސާމް ސަލީމް (ކޮކީ) ހަތަރު ގޯލު ޖެހި އެވެ. އަނެއް ލަނޑުތައް ޖެހީ އިބްރާހިމް ރިޒުހާން (ރިޒްކޯ) ދެ ގޯލާއި ހައިޝަމް އަރީފް އަދި ޓީމުގެ ކެޕްޓަން އިބްރާހިމް މައިސާން ގޯލެކެވެ.

މަހިބަދޫގެ ކުޅުންތެރިން ރޭގެ މެޗަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އއ. އަތޮޅުގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، ރަސްދޫ ވަނީ، އަބްދުﷲ އިބްރާހިމް ޖެހި ހަމައެކަނި ގޯލުން، އެންމެ ފަހުގެ ޗެމްޕިއަން މަތިވެރި އަތުން، 1-0 އިން މޮޅުވެފަ އެވެ. އަދި ފެރިދޫ އަތުން ބޮޑުފޮޅުދޫ ވަނީ 3-0 އިން ކުރިހޯދައިފަ އެވެ. ބޮޑުފޮޅުދޫގެ ގޯލުތައް ޖެހީ ރުކުޝާން ޖަމީލް ދެ ގޯލާއި ޖާދުﷲ ޖަމީލް ގޯލެކެވެ.

މ. އަތޮޅުގައި ދިއްގަރު އަތުން ނާލާފުށި ވަނީ 2-1 އިން މޮޅުވެފަ އެވެ. މި ދެ ޓީމަށް ވެސް ވަނީ އަތޮޅު ސެމީން ފުރުސަތު ލިބިފަ އެވެ.

މ. އަތޮޅު އަނެއް ގްރޫޕްގެ މެޗުން މުލި އަތުން މަޑުއްވަރީ މޮޅުވީ 2-0 އިންނެވެ. މި ނަތީޖާއާ އެކު މި ދެ ޓީމަށް ވެސް ވަނީ އަތޮޅު ސެމީގެ ޖާގަ ލިބިފަ އެވެ.

ނާލާފުށިން ފުރަތަމަ މެޗުގައި މުލަކު ބަލިކުރިއިރު، ދެއްކި ހިތްވަރު ރޭ ދިއްގަރު ކައިރީގައި ވެސް ވަނީ ތަކުރާރުކޮށްފަ އެވެ. ނާލާފުށީގެ ގޯލުތައް ޖެހީ އަހުމަދު ރަފާހު އާއި މޫސާ ނައިސާން އެވެ. ދިއްގަރުގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު މިދުހަތު މަހުމޫދު އެވެ. މުލި ކޮޅަށް މަޑުއްވަރީގެ ލަނޑުތައް ޖެހީ އިސްމާއިލް ނާޝިދު އާއި ހުސެއިން ނާއިމް އެވެ.

ރޭ ކުޅުނު ކ. އަތޮޅުގެ ގްރޫޕް ދޭއްގެ މެޗުން މާފުށިން ވަނީ އިސްމާއިލް ނަޒީހުގެ ގޯލުން 1-0 އިން ކާށިދޫ ބަލިކޮށްފަ އެވެ. މާފުށްޓަށް މި ގްރޫޕްގެ އެއް ވަނަ ގޮތުގައި އަތޮޅު ސެމީން ފުރުސަތު ލިބިފައިވާއިރު، ގްރޫޕްގެ ދެ ވަނަ ކަނޑައެޅޭނީ ހިންމަފުށްޓާއި ކާށިދޫ ކުޅޭ މެޗުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox