ލ. މާބައިދޫގައި އައިސްޕްލާންޓެއްް ތަރައްގީކުރުމާއި، ބެލެހެއްޓުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.
ފެނަކައިން ބުނީ އައިސްޕްލާންޓެއް ތަރައްގީކުރުމާއި، އެތަން ބެލެހެއްޓުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަަށާއި، މި މަޝްރުއޫގެ މަގްސަދަކީ އެ ސަރަހައްދުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ފަަސޭހައިން އައިސް ލިބޭނެ އިންތިޒާމު ފަހިކޮށްދިނުން ކަމަށެވެ.
މި އައިސްޕްލާންޓުގެ ކެޕޭސިޓީއަކީ 25 މެޓްރިކް ޓަނެވެ. ސްޓޯރޭޖް ކެޕޭސިޓީއަކީ 50 މެޓްރިކް ޓަނު ކަމަށް ފެނަކައިން ބުނެފައި ވެއެވެ.
މި އަައިސްޕްލާންޓު ތަރައްގީކުރުމަށް ހޭދަވާނެ ކަމަށް އަންދާޒާކޮށްފަައި ވަނީ ގާތްގަނޑަކަށް 4.8 މިލިއަން ރުފިޔާ އެވެ.
ލ. އަތޮޅަކީ މަަސްވެރި އަތޮޅަކަށް ވާއިރު، އެ އަަތޮޅުން މަސްވެރިންނަށް މިހާރު އައިސް ލިބެނީ ހަމައެކަަނި ހޮރައިޒަން ފިޝަރީޒްއިން މާންދޫގައި ހިންގަަމުން އަންނަ އައިސް ޕްލާންޓުންނެވެ. މަަސްވެރިކަން ތިޔާގި ދުވަސްވަރު އައިސް ލިބުން ދަތިވެ، އައިސް ހޯދުމަށް ދިގު ދަތުރުތައް ކުރަން ޖެހުމަކީ އެ އަތޮޅު މަސްވެރިންގެ ޝަކުވާ އެކެވެ.

ފެނަކައިން ބުނީ މި މަޝްރުއޫގެ ސަބަބުން މާބައިދޫއަށް އުމްރާނީ ތަރައްގީ ލިބުމުގެ އިތުރުން އެ ކުންފުންޏަށް މާލީ ގޮތުން ނަފާވާާނެ ކަމަށެވެ.












