ޒިޔަދަމްގެ ވާރިސުން އެދެނީ މަރަށް މަރު، ހުކުމް ކުރުން އަންނަ އާދީއްތަ ދުވަހު

އަލީ ޒިޔަދަމް؛ ޒިޔަދަމްގެ ވާރިސުން ވަނީ މަރަށް މަރުގެ އަދަބު ގާތިލަށް ދިނުމަށް އެދިފައި

އަލީ ޒިޔަދަމް؛ ޒިޔަދަމްގެ ވާރިސުން ވަނީ މަރަށް މަރުގެ އަދަބު ގާތިލަށް ދިނުމަށް އެދިފައި

މީގެ ހަތް އަހަރު ކުރިން، 20 މާޗް 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ހިނގާފައި ދަނިކޮށް ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލާގައި އޭނާގެ ގާތިލަށް މަރަށް މަރުގެ އަދަބު ދިނުމަށް، އޭނާގެ ހުރިހާ ވާރިސުން މިއަދު ޝަރީއަތުގެ އަޑުއެހުމުގައި އެދިއްޖެ އެވެ.

ޒިޔަދަމަށް މަސް ކަނޑާ ވަޅިއަކުން ހަމަލާ ދިން ދެ މީހުންނަކީ އެ ރަށަށް ނިސްބަތްވާ އަލީ ސިފާމްއާއި މުހައްމަދު ޝަނޫން ކަމަށް ކޯޓަށް ހުށަހެޅި މައްސަލާގައިވެ އެވެ. އޭގެ ތެރެއިން ޝަނޫންގެ މައްޗަށް ޒިޔަދަމް މަރާލުމުގެ ކުށް ސާބިތުވި އިރު، ސިފާމްގެ މައްޗަށް މަރާލުމުގައި ބައިވެރިވުމުގެ ކުށް ވަނީ ސާބިތުވެފަ އެވެ.

އަލީ ސިފާމްގެ މައްޗަށް ޒިޔަދަމް މަރާލުމުގެ ކުށް ސާބިތުވެފައިވާތީ އަދަބު ކަނޑައެޅުމުގެ ކުރިއަށް ޒިޔަދަމްގެ ވާރިސުންގެ ބަސް މިއަދު ވަނީ ނަގައިފަ އެވެ. ވާރިސުން މަރަށް މަރު ހިފަން ބޭނުންވާނަމަ، އެ ގޮތަށް އަދަބު ކަނޑައަޅަން ޖެހޭތީ އެވެ. އަދި ވާރިސުންގެ ތެރެއިން އެކަކު ވެސް އެ ގޮތް ބޭނުން ނުވާނަމަ، މަރުގެ އަދަބު ދޭން ހުކުމް ނުކުރެވޭނެ އެވެ.

ޒިޔަދަމްގެ ބައްޕަ މުހައްމަދު ނިޒާރު، ކޮއްކޮ ޔޫސުފް ހައިޝަމް، ދައްތަ އާމިނަތު ޖީޒާ، ކޮއްކޮ ހަލީމަތު ނިހާޔަތު، ކޮއްކޮ ހައްވާ ނޫރަލްނަހާރު، ކޮއްކޮ އައިޝަތު ނާއިރާ، ކޮއްކޮ ފާތިމަތު ޝެހެނާޒު، އެއްބަފާ ކޮއްކޮ އަހުމަދު ނިޒާރު އަދި އެއްބަފާ އަބްދުލްޚާލިދު ނިޒާރު ވަނީ މިއަދު އެ މީހުން ބޭނުންވާ ގޮތް ބުނެފަ އެވެ.

ޒިޔަދަމްގެ ވާރިސުންގެ ތެރެއިން ދުނިޔޭގައި މި ވަގުތު ތިބި މި ނުވަ ވާރިސުން ވެސް މަރަށް މަރު ހިފަން މިއަދު ޝަރީއަތުގައި އެދުނުއިރު، ޒިޔަދަމްގެ މަންމަ މަރިޔަމް މޫސާ ދުނިޔޭގައި ހުރި އިރު ފުލުހުންނަށް ދީފައިވާ ބަޔާނުގައި ވަނީ އޭނާ ވެސް އެދެނީ މަރަށް މަރު ހިފަން ކަމަށް ބުނެފަ އެވެ. ޒިޔަދަމް މަރާލިއިރު އޭނާގެ މަންމަ ދުނިޔޭގައި ހުރި ނަމަވެސް މިހާރު ވަނީ މަރުވެފަ އެވެ.

މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ މި މައްސަލާގައި އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށާއި، ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކުރުމަށް ނިންމާފައިވަނީ އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި ކަމަށެވެ.

މައްސަލަ ހިނގައި ދިޔަ ގޮތް;

މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި އަޑުއެހުމުގައި، ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިއެއް ބުނާ ގޮތުން ޒިޔަދަމް މަރާލުމުގެ ކުރިން ހޫނު ގަދަ ޒުވާބެއް ހިނގި ކަމަށް ވެއެވެ. އަދި އެ ޒުވާބު ހިނގާ ދިޔައީ ސިފާމްގެ ކޮއްކޮ އާއި ޒިޔަދަމާ ދެމެދު ހިނގި ކަންތައްތަކެއްގެ ސަބަބުންކަން އެނގޭ ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.

އޭނާ ބުނާ ގޮތުން ޒިޔަދަމް މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނުގެ ގޭގެ ބަދިގެ ތެރެއިންނެވެ.

އެ ގޭގެ ބަދިގެއިން އޭނާގެ ހަށިގަނޑު ނަގައިގެން ސިއްހީ މަރުކަޒާ ހަމައަށް ގެންދިޔައިރު ވެސް ހެކިވެރިޔާ ހުރި ކަމަށާއި ސިއްހީ މަރުކަޒު ކައިރިން މައްސަލައިގައި ތުހުމަތު ކުރެވޭ ޝަނޫނު ފެނުނު ކަމަށާއި އޭނާ އެތަނުގައި ވަރަށް އަޑުގަދަކުރި ކަމަށް ހެކިބަސް ދެމުން އޭނާ ކިޔައިދިނެވެ. އަދި ޝަނޫނުގެ ސޯޓުގައި އާއި އަތުގައި އެވަގުތު ލޭ ހުރިތަން ފެނުނު ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

ހާދިސާ ހިނގި ކަމަށް ބުނާ ތަނުން ޒިޔަދަ މްއާއި ޝަނޫންގެ ލޭ ވެސް ފެނިފައިވެ އެވެ. ޒިޔަދަމަށް ހަމަލާ ދިނީ ޝަނޫން ކަމަށާއި، ޝަނޫނަށް އެ ކަމަށް އެއްބާރުލުން ދިނުމުގައި ސިފާމް ބައިވެރިވާ ކަން ސާބިތުވާ ކަމަށް މިއަދުގެ އަޑުއެހުމުގައި ގާޒީ ޝަފީއު ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox