މެކްބުކްތަކުގައި ވިންޑޯސް ބޭނުންކުރަން މައިކްރޯސޮފްޓް އިން ހުއްދަ ދީފި

ފޮޓޯ: ޕީސީ މެގް

ފޮޓޯ: ޕީސީ މެގް

އެޕަލްގެ އެމް 1 އަދި އެމް 2 މެކްބުކްތަކުގައި ވިންޑޯސް އިލެވެން ބޭނުންކުރުމުގެ ހުއްދަ މައިކްރޯސޮފްޓުން ދީފި އެވެ.

މައިކްރޯސޮފްޓުން މި ހުއްދަ ދީފައިވަނީ މެކްއަށް ހާއްސަ ސޮފްޓްވެއާއެއް ކަމަށްވާ ޕެރެލެލްސް ޑެސްކްޓޮޕަށެވެ. މިއީ ވާޗުއަލްކޮށް މިކަން ކުރެވޭނެ ނިޒާމު ގާއިމުކޮށްދޭ ސޮފްޓްވެއާއެކެވެ.

މައިކްރޯސޮފްޓް އިން ޝާއިއުކޮށްފައިވާ ސަޕޯޓް އާޓިކަލްއެއްގައި ބުނެފައިވަނީ ޕެރެލެލްސް ޑެސްކްޓޮޕް 18 އަށް ވަނީ ވިންޑޯސް އިލެވެން ރަން ކުރުމުގެ އޮތަރައިޒޭޝަން ދީފައި ކަމަށެވެ.

Advertisement

އެޕަލްގެ މެކްބުކްތަކުގައި ބޫޓް ކޭމްޕް ނުކުރެވުމުގެ ސަބަބުން ހަމައެކަނި ވިންޑޯސް ބޭނުންކުރެވޭނެ މަގެއް މެކްބުކުގައި ނެތެވެ. ނަމަވެސް ޕެރެލެލްސް ފަދަ ވާޗުއަލް މެޝިނެއްގައި ވެސް އެކުންފުނީގެ އޯއެސް ބޭނުންކުރެވޭނެ މަގު ތަނަވަސްކޮށްދެވުމުން މައިކްރޯސޮފްޓުން ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.

ވާޗުއަލް މެޝިނެއްކަމުން މެކްބުކްގައި ވިންޑޯސް ބޭނުންކުރުމުގައި ބައެއް ގޮންޖެހުންތައް އެބަ ހުއްޓެވެ. އެގޮތުން 32 ބިޓްގެ އާމް އެޕްތައް ރަން ނުކުރެވުމާއި، ވިންޑޯސް އިލެވެން ގެ އާމް ޑްރައިވާސް ނެތް ނަމަ ބައެއް ޑިވައިސަސް މަސައްކަތް ނުކުރުމުގެ އިތުރުން ވިންޑޯސް ސޭންޑްބޮކްސް ބޭނުންނުކުރެވޭނެ އެވެ.

ޕެރެލެލެސް ޑެސްކްޓޮޕް 16.5 ފެށިގެން އެ ޕްލެޓްފޯމްގައި ވިންޑޯސް ބޭނުންކުރެވޭ ނަމަވެސް މިހާރު މައިކްރޯސޮފްޓްގެ ހުއްދައާ އެކު ފަސޭހަކަމާ އެކު ވިންޑޯސް އިލެވެން ޑައުންލޯޑްކޮށް އިންސްޓޯލްކޮށްލެވޭނެ އެވެ.

ޕެރެލެލްސްގެ އިތުރުން މައިކްރޯސޮފްޓް ވަނީ އެ ކުންފުނީގެ "365 ކްލައުޑް ޕީސީސް" ބޭނުންކޮށްގެން ވެސް މެކްބުކް ގެންގުޅޭ ފަރާތްތަކަށް ވިންޑޯސް ބޭނުންކުރެވިދާނެ ކަމަށް ބުނެފަ އެވެ. މިއީ ކްލައުޑް ޓޭކްނޮލޮޖީ ބޭނުންކޮށްގެން އެޕްލިކޭޝަންތައް ބޭނުންކުރެވޭނެ ނިޒާމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރުން ކޯޓުން ދަމަހައްޓައިފި

ކޯޓުން ނިންމީ އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް. ނަމަވެސް ޓެލެގްރާމުން ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުކިޔާފައި.

Newsletter

Get the latest news delivered straight to your inbox