މައްސަލަ ޖެހުނު ރެފްރީ ލީ މޭސަން އިނގިރޭސި ފުޓްބޯޅަ ދޫކޮށްލައިފި

Feb 18, 2023, 7:17 AM
މައްސަލަ ޖެހުނު ރެފްރީ ލީ މޭސަން އިނގިރޭސި ފުޓްބޯޅަ ދޫކޮށްލައިފި

ލަންޑަން (ފެބްރުއަރީ 18) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ބްރެންޓްފޯޑް އެއްވަރުވި މެޗުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)އާ ހަވާލުވެ ހުރި ރެފްރީ ލީ މޭސަން އަށް އަމާޒުވި ފާޑުކިޔުންތަކާއި ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން އޭނާގެ މައްސަލަ ބެލުމާ އެކު، އޭނާ އިނގިރޭސި ފުޓްބޯޅައިގައި ރެފްރީކަން ކުރުން ހުއްޓާލައިފި އެވެ.

އިނގިރޭސި ފުޓްބޯޅައިގެ ރެފްރީންގެ ކަންކަން ބަލަހައްޓާ، ޕީޖީއެމްއޯއެލްއާ 1998 ވަނަ އަހަރު ގުޅުނު ލީ މޭސަން، 51، ވަނީ 500 އަށް ވުރެ ގިނަ ރަސްމީ މެޗުތަކުގައި މެޗު އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.

ލީ މޭސަން އަށް މި ފަހުން ފާޑުކިޔުން އަމާޒުވީ މި ފަހުން އާސެނަލް ދަނޑުގައި ބްރެންޓްފޯޑުން 1-1 އިން އެއްވަރުވިއިރު، ބްރެންޓްފޯޑުން ނަތީޖާ ހަމަހަމަކުރަން އެ ޓީމުގެ ފޯވާޑް އައިވާން ޓޯނޭ ޖެހި ގޯލު އޮފްސައިޑްތޯ ބަލަން އެކަށީގެންވާ ވަރަށް ވީއޭއާރް ބޭނުން ކޮށްފައިނުވާތީ އެވެ.

ޕީޖީއެމްއޯއެލްއާ ހަވާލުވެ ހުރި ކުރީގެ ރެފްރީ، ހޮވާޑް ވެބް ވަނީ ލީ މޭސަން އަތުން މި ހެދުނީ ގޯހެއް ކަމަށް އެއްބަސްވެ، އާސެނަލްގެ އޮފިޝަލުންނަށް ގުޅައި، އެކަން ހިނގައިދިޔަގޮތް އޮޅުން ފިލުވައިދީފަ އެވެ. މި މައްސަލައިގައި ލީ މޭސަންގެ ހިތްހަމަނުޖެހުންތަކެއް ހުރުމުން އޭނާ ނިންމީ ޕީޖީއެމްއޯއެލް ދޫކޮށްލައި، އިނގިރޭސި ފުޓްބޯޅައިގައި ރެފްރީކަން ކުރުން ހުއްޓާލައިފަ އެވެ.

ބޯލްޓަން އަށް އުފަން ލީ މޭސަން ވަނީ ޕްރިމިއާ ލީގުގައި 15 އަހަރު މަސައްކަތްކުރިއިރު، 287 މެޗުގެ ރެފްރީ އަކަށް މަސައްކަތް ކޮށްފަ އެވެ.

މީގެ ދެ އަހަރު ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީ އަތުން ވުލްވްސް ބަލިވި މެޗެއްގައި ރެފްރީ އަކަށް ހުރީ ލީ މޭސަން އެވެ. އެ މެޗުގައި އޭނާ އަތުން ހެދުނު ގިނަ ގޯސްތަކެއްގެ ސަބަބުން ވުލްވްސް އެ މެޗުން ބަލިވި އެވެ. އެ މެޗަށް ފަހު އޭރު ވުލްވްސް ކޯޗަކަށް ހުރި ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަނީ ލީ މޭސަން އަކީ ޕްރިމިއާ ލީގުގެ މެޗެއްގައި ރެފްރީކަން ކުރެވޭ ފެންވަރުގެ ރެފްރީއެއް ނޫން ކަމަށް ބުނެފަ އެވެ. އެހާ ފާޅުކަން ބޮޑުގޮތެއްގައި ނޫނޯ ރެފްރީ އަށް ފާޑުކިޔާފައިވާތީ، އިނގިރޭސި އެފްއޭ އިން ވަނީ އެ މައްސަލަ ބަލައި، ނޫނޯ، 34،000 ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ.

ވެސްޓް ބްރޮމް އާއި ބްރައިޓަން، ލީގުގައި 2021 ވަނަ އަހަރު ފެބްރުއަރީ މަހު ބައްދަލުކުރި މެޗެއްގައި ވީއޭއާރް އިން ބަލާފައި، ލީ މޭސަން ވަނީ އެއް ނިންމުމެއް ދެ ފަހަރު ދެ ގޮތަށް ބަދަލުކޮށްފަ އެވެ. އެ ގޮތުން ބްރައިޓަން އިން ހިލޭ ޖެހުމެއްގައި އަވަސް ކުޅުމަކަށް ފަހު ޖެހި ގޯލެއް ބަލައިނުގަންނަން، ލީ މޭސަން ފުރަތަމަ ނިންމި ނަމަވެސް ފަހުން، އެ ގޯލު ބަލައިގަންނަން ނިންމާފައި، އަނެއްކާ ވެސް ނިންމުން ބަދަލުކޮށް ގޯލު ނުލަން ނިންމީ ވީއޭއާރް އިން ބަލައިފަ އެވެ. އެ މެޗަށް ފަހު ޕީޖީއެމްއޯއެލް އިން ބުނީ އެ ގޯލު ބަލައިނުގަންނަން ލީ މޭސަން ނިންމީ ދެ ފަހަރު ކަށިގަނޑު ފުމެވިފައިވާތީ އެވެ. އެއީ ބްރައިޓަންގެ ލެވިސް ޑަންކް ފުރަތަމަ ހިލޭ ޖެހުން ފޮނުވާލިއިރު، ލީ މޭސަން ކަށިގަނޑު ފުމުނު ނަމަވެސް އެ ބޯޅަ ގޯލަށް ވަނުމުގެ ކުރިން ދެ ވަނަ ފަހަރަށް ކަށިގަނޑު ފުމެވިފައިވާކަން ވީއޭއާރް އިން އެނގެން އޮންނާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox