ލ، ހއ، އަދި ހދ އަތޮޅު ފައިނަލަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

Feb 18, 2023, 2:05 AM
ލ. އަތޮޅުން އިއްޔެގެ މެޗުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް.އެމްވީ

ލ. އަތޮޅުން އިއްޔެގެ މެޗުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ އެންމެ ފަހުގެ މެޗުތަކަށް ފަހު، ލ، ހއ، އަދި ހދ. އަތޮޅު ފައިނަލުގައި ވާދަކުރާ ޓީމުތައް ކަށަވަރުވެއްޖެ އެވެ.

އެ ގޮތުން، ހއގެ ފައިނަލުން މުޅިން އަލަށް ފުރުސަތު ހޯދީ އުތީމާއި ފިއްލަދޫ އެވެ. އުތީމުން ވަނީ ސެމީ ފައިނަލުގައި 1-1 އިން ވަށަފަރާ އެއްވަރުވިއިރު، ޕެނަލްޓީގައި 4-3 އިން މޮޅުވެފަ އެވެ. އަނެއް ސެމީގައި ފިއްލަދޫން ވަނީ 2-1 އިން މުރައިދޫ އަތުން މޮޅުވެފަ އެވެ. ހދ. ގެ ފައިނަލުގައި ކުޅޭނީ އެއް ގްރޫޕެއްގައި ހިމެނުނު ނައިވާދޫ އާއި ނޭކުރެންދޫ އެވެ. އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން، ނައިވާދޫން ފައިނަލަށް ދިޔައީ ސެމީގައި 3-1 އިން ކުމުންދޫ ބަލިކޮށްގެންނެވެ. ނޭކުރެންދޫ ވަނީ އަނެއް ސެމީގައި ނެއްލައިދޫ އަތުން 2-1 އިން މޮޅުވެފަ އެވެ. ނައިވާދޫން ވަނީ ގްރޫޕް މެޗުގައި ނޭކުރެންދޫ އަތުން މޮޅުވެފަ އެވެ.

ހއގެ ސެމީގައި ފިއްލަދޫން މުރައިދޫ ކޮޅަށް ގޯލުތައް ޖެހީ އަހުމަދު ހުސާމް އާއި އިބްރާހިމް ފަޒީލް އެވެ. މުރައިދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އިޔާން އަހުމަދު ރަޝީދު އެވެ. އުތީމުގެ އަހުމަދު ނަބީލް އާއި ވަށަފަރުގެ އަހުމަދު ސިނާންގެ ގޯލުން މެޗު އެއްވަރުވެ، ޕެނަލްޓީ ޖަހަން ޖެހުނުއިރު، ޕެނަލްޓީގައި އުތީމުން ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެވެ. އެއީ އަހުމަދު އައިހަމް، ރިޝްވާން އިބްރާހިމް ރަޝީދު، ނަބީލް އަދި މުހައްމަދު ރިފާއު (އަސްކާ) އެވެ. ވަށަފަރަށް ކާމިޔާބުވީ އަހުމަދު މަހުތޫމް މުސްތަފާ، ސިނާން އަދި ސާޖިދު ރަޝީދު (ސާޖީ)ގެ ޕެނަލްޓީ އެވެ.

ހދ.ގެ ސެމީގައި ކުމުންދޫ ކޮޅަށް ނައިވާދޫގެ ގޯލުތައް ޖެހީ މުހައްމަދު އަސްލަމް ދެ ގޯލާއި އަބްދުﷲ ޝާފިއު (ޝާއްޕެ) ގޯލެކެވެ. ކުމުންދޫގެ ގޯލު ޖެހީ އަބްދުﷲ ހަަސަން އެވެ. ނެއްލައިދޫގެ އަހުމަދު ރީހާން ގޯލު ޖެހި މެޗުގައި ނޭކުރެންދޫގެ އަލީ އިފާޒް އާއި މުހައްމަދު ވިލްފް ވަނީ ލަނޑު ޖަހައިފަ އެވެ.

ލ. އަތޮޅުގެ ލީގު ބުރެއް ކުޅޭއިރު، ގަމާއި އިސްދޫ ފައިނަލަށް ދިޔައީ އިއްޔެ ހަވީރު ކުޅުނު މެޗުތަކުން މޮޅުވެގެންނެވެ. ލީގު ބުރުން ކުޅޭ ލ. އަތޮޅުގެ މެޗުތަކުގައި އިސްދޫ އާއި ގަން ވަނީ ފުރަތަމަ ތިން މެޗުން މޮޅުވެފަ އެވެ. އިއްޔެ ހަވީރު، މާބައިދޫ އަތުން ގަން މޮޅުވީ 2-0 އިންނެވެ. އަދި އިސްދޫން ވަނީ 6-2 އިން މާމެންދޫ ބަލިކޮށްފަ އެވެ.

ގަމަށް އިއްޔެގެ މެޗުގައި ގޯލުތައް ޖަހައިދިނީ ހުސެއިން ޝަރީފް (އޮންލީ) އާއި އަލީ ޝާމިސް (ތޮއްޕޭ) އެވެ. އިސްދޫން މާމެންދޫ ކޮޅަށް ޖެހި ގޯލުތަކުގެ ތެރެއިން، އަލީ ހުމޭޒް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އިސްދޫގެ އަނެއް ތިން ގޯލު ޖެހީ ހުސެއިން އަފްހާން ދެ ގޯލާއި އަލީ މީސާގް އީސާ ގޯލެކެވެ. މާމެންދޫގެ ލަނޑުތައް ޖެހީ ހުސެއިން އަޒުމަތު އާއި އަހުމަދު ނަޝާތު އެވެ.

ކ. އަތޮޅުގެ ގްރޫޕްގެ ފަހު މެޗުގައި އިއްޔެ ދިއްފުށި އަތުން ގާފަރު ވަނީ 5-0 އިން މޮޅުވެފަ އެވެ. މި މެޗަށް ނުކުތްއިރު ވެސް މި ދެ ޓީމަށް ވަނީ ސެމީގެ ޖާގަ ޔަގީންވެފަ އެވެ. ގާފަރުގެ ގޯލުތައް ޖެހީ ޝާމިން މުހައްމަދު ނަސީރު ދެ ގޯލާއި އަލީ މާއިސް (މައްޓު)، ނާއިހު މުފީދު (ނާހު) އަދި އިބްރާހީމް ރިމާހް (ރިމޭ) އެވެ. އެ ގްރޫޕްގެ އަނެއް މެޗުގައި ގުރައިދޫ އާއި ތުލުސްދޫ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. މި މެޗުގައި ގުރައިދޫގެ ގޯލުތައް ޖެހީ އާލިމް އަބްދުލް ގައްޔޫމް އާއި މުހައްމަދު މާއިލް އަރީފް އެވެ. ތުލުސްދޫގެ ގޯލުތައް ކާމިޔާބުކުރީ އަހުމަދު ޝާއިން ހަސަން އާއި މުހައްމަދު ނައުފަލް އަލީ އެވެ.

މަހިބަދޫ އާއި ހަންޏާމީދޫ އަދި ދިއްގަރު އަތޮޅު ސެމީ އަށް

އދ. އަތޮޅުގައި ރޭ ކުޅުނު މެޗުން މަހިބަދޫ ވަނީ އދ. އޮމަދޫއާ 2-2 އިން އެއްވަރުވެފަ އެވެ. އދ. އަތޮޅު އަނެއް މެޗުން ހަންޏާމީދޫ އާއި މާމިގިލި ބައްދަލުކުރި މެޗު ނިމުނީ ވެސް 2-2 އިން އެއްވަރުވެގެންނެވެ. މ. އަތޮޅުގައި ދިއްގަރުން ވަނީ 1-0 އިން މުލައް ބަލިކޮށްފަ އެވެ. އެ އަތޮޅުގެ އަނެއް ގްރޫޕްގެ މެޗުން މުލިން ވަނީ 5-2 އިން ކޮޅުފުށި ބަލިކޮށްފަ އެވެ.

މަހިބަދޫން ރޭގެ މެޗުގައި އާދަމް ފަހުމާން އާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ގޯލު ޖެހިއިރު، އޮމަދޫން ލަނޑުތައް ޖެހީ މޫސާ އަރީފް އާއި އަހުމަދު އަހުސަން އެވެ. މަހިބަދޫ ސެމީ އަށް ދިޔައީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނައިގެ ގޮތުގަ އެވެ. ގްރޫޕްގެ ދެ ވަނަ ލިބުނީ ތިން ޕޮއިންޓް ހޯދި ފެންފުއްޓަށެވެ. އޮމަދޫ އަށް މުބާރާތް ނިމުނީ އެއް ޕޮއިންޓާ އެކު އެވެ.

މާމިގިލިން ރޭހެ މެޗުގައި ލަނޑު ޖެހީ އިބްރާހިމް ރިޒުހާން (ރިޒްކޯ) އާއި އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. ހަންޏާމީދޫގެ ދެ ގޯލު ޖެހީ މުހައްމަދު ޖައިލަމް (އޮގީ) އެވެ. މާމިގިލިން ގްރޫޕްގެ އެއް ވަނަ ހޯދީ ހަތަރު ޕޮއިންޓާ އެކު އެވެ. ހަންޏާމީދޫ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔައީ ދެ މެޗުން އެއްވަރުކޮށްގެންނެވެ. އެ ގްރޫޕްގައި ވާދަކުރި ދަނގެތި ކެޓީ އެއް ޕޮއިންޓާ އެކު އެވެ.

ފުރަތަމަ މެޗުން ނާލާފުށި އަތުން ބަލިވި މުލަކު އަތުން ރޭ ދިއްގަރު މޮޅުވި މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލު ޖެހީ ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ. މުލަކު ކުޅުނު ދެ މެޗުން ވެސް ބަލިވުމާ އެކު، އެ ގްރޫޕުން ސެމީގެ ދެ ޖާގަ ހޯދީ ދިއްގަރާއި ނާލާފުށްޓެވެ.

މ. އަތޮޅު އަނެއް ގްރޫޕްގައި ފުރަތަމަ މެޗުން މަޑުއްވަރީ އަތުން މޮޅުވި ކޮޅުފުށި އަތުން މުލިން ކާމިޔާބު ހޯދި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ ސާހު އަހުމަދު ދެ ގޯލާއި، މުހައްމަދު އިދާން، ހަސަން ސަމްހާން އަދި ހަސަން އަޝްރަފް އެވެ. ކޮޅުފުށިން ލަނޑު ޖެހީ މޫސާ ޒާހިރު އާއި އަބްދުﷲ ސުޖާއު (ސުޖާ) އެވެ. މި ގްރޫޕްގެ ސެމީގެ ޖާގަތައް ޔަގީންވާނީ މާދަމާރޭ މުއްޔާއި މަޑުއްވަރީ ކުޅޭ މެޗަށް ފަހު އެވެ.

މުބާރާތުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ ވެސް އަށް މެޗު ކުޅޭނެ އެވެ.

މިއަދާއި މިރޭގެ މެޗު ޝެޑިއުލް:

16:00 - ގދ. ހޯޑެއްދޫ/ ގދ. ގައްދޫ

16:00 - ގދ.ވާދޫ/ ގދ. މަޑަވެލި

17:00 - ށ. ކަނޑިތީމު/ ށ. ފީވަށް

17:00 - ށ. ފޯކައިދޫ/ ށ. ބިލެތްފަހި

20:00 - ރ. އިންނަމާދޫ/ ރ. މީދު

20:00 - ރ. ދުވާފަރު/ ރ. އަލިފުށި

21:00 - ފ. މަގޫދޫ/ ފ. ދަނރަބޫދޫ

21:00 - ފ. ނިލަންދޫ/ ފ. ބިލެތްދޫ

22:00 - ތ. ގާދިއްފުށި/ ތ. ހިރިލަންދޫ

22:00 - ތ. ވޭމަންޑޫ/ ތ. އޮމަދޫ

23:00 - ތ. ކިނބިދޫ/ ތ. ބުރުނި

23:00 - ދ. މާއެބޫނދޫ/ ދ. ކުޑަހުވަދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox