މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުންދާ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް މީގެ ކުޑަ އިރުކޮޅެއް ކުރިން ފެނިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އޭނާ ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓުކުރީ ޖެހިގެން އައި ދުވަހު އެވެ.
އާސިރު ހޯދުމަށް ކުރި މަސައްކަތާ ގުޅިގެން ފުލުހުން ނެރުނު ބަޔާން ރީޓްވީޓު ކުރައްވައި، ހޯމް މިނިސްޓަރު މިރޭ ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން އާސިރު ފެނިފައިވާ ކަމަށެވެ.
"އާސިރު ހޯދުމަށް ޕޮލިހުން ކުރެއްވި ބުރަ މަސައްކަތަށް ނިހާޔަތަށް ޝުކުރު ދަންނަވަން،" އިމްރާން ވިދާޅުވެފައިވެ އެވެ.
އެހެންނަމަވެސް އޭނާ ފެނިފައިވަނީ ކޮންތާކު ހުއްޓާ ކަމެއް އިމްރާން ހާމަ ކުރައްވައިފައިނުވެ އެވެ.













